Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ސުޕަ ކަޕް

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

މުބާރާތުގެ ފައިނަލްގައި ބާސެލޯނާ ވާދަ ކުރަން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް. އެންމެ ފަހުން ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރީ ރެއާލް ބަލިކޮށްގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 04:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފެރާން ޓޮރޭސް އެވެ. އެއީ ފާމިން ލޮޕޭޒް ތަަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ އަށް މިނެޓު ފަހުން ލޮޕޭޒް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ރޫނީ ބާދްގީ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ރަފީނިއާ ޖެހީ ބާގްދީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހައި ބާސެލޯނާ އަަށް ފަސް ލަނޑުގެ މޮޅެއް ހޯދައިދީފަ އެވެ. އެ ލަނޑު ޖަހަން ވެސް ރަފީނިއާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބާގްދީ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗުގައި ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ޓީމު ވޯކެއް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މެޗުގެ ނަތީޖާއާ މެދު މާ ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ބާސެލޯނާ އިން ފައިނަލް އަށް ދިޔުމާ އެކު، ފައިނަލަށް ނިކުންނާނީ އިތުރު ހިތްވަރާ އެކު ކަމަށް ފްލިކް ބުންޏެވެ.

މުބާރާތުގެ ފައިނަލްގައި ބާސެލޯނާ ވާދަ ކުރަން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެންމެ ފަހުން ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރީ ރެއާލް ބަލިކޮށްގެންނެވެ. ބާސެލޯނާ އިން 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ބާސެލޯނާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ސްޕެނިޝް ސުޕަ ކަޕްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު