Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

އޭނާ ބާސެލޯނާ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން. ނަމަވެސް، ބާސެލޯނާ އިން ބޭނުންވާ ނަމަ ލޯނު އެއްބަސްވުން ހަމަވުމުން ރަޝްފޯޑުގެ އެއްބަސްވުން ދާއިމޫ ކުރެވޭނެ. އެގޮތުން 30.3 މިލިއަން ޕައުންޑު ދެއްކުމަށް ފަހު، ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރެވޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2025 | ބުރާސްފަތި 05:39
ބާސެލޯނާ އަށް ކުޅެމުން އަންނަ ރަޝްފޯޑު

ބާސެލޯނާ އަށް ކުޅެމުން އަންނަ ރަޝްފޯޑު

އޭނާ ބޭނުން ވަނީ މުސްތަޤުބަލުގައި ވެސް ބާސެލޯނާގައި ހުންނަން ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ މާކަސް ރަޝްފޯޑު ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭނާ ބާސެލޯނާ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ބާސެލޯނާ އިން ބޭނުންވާ ނަމަ ލޯނު އެއްބަސްވުން ހަމަވުމުން ރަޝްފޯޑުގެ އެއްބަސްވުން ދާއިމޫ ކުރެވޭނެ އެވެ. އެގޮތުން 30.3 މިލިއަން ޕައުންޑު ދެއްކުމަށް ފަހު، ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.

ބާސެލޯނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަޝްފޯޑު ބުނެފައި ވަނީ، އޭނާ ބާސެލޯނާގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. އެގޮތުން އޭނާ ބޭނުން ވަނީ ބާސެލޯނާގައި ހުންނަން ކަމަށާއި، އޭނާ ގެ މުސްތަޤުބަލުގައި ބޭނުން ވަނީ ވެސް ބާސެލޯނާ އަށް ކުޅެން ކަމަށް ރަޝްފޯޑު ބުންޏެވެ. އެކަން ފާހަގަ ކުރަމުން ރަޝްފޯޑު ބުނީ، އޭނާ ގެ އެންމެ ބޮޑު އަމާޒަކީ ވެސް އެއީ ކަމަށެވެ.

ބާސެލޯނާ އަކީ ވަރަށް ބޮޑު ޓީމެއް ކަމަށާއި، އެއީ ވަރަށް މޮޅު ޓީމެއްކަން ފާހަގަކޮށް ރަޝްފޯޑު ބުނީ، ބާސެލޯނާ އަކީ މޮޅުވުމާއި ތަށިތައް ކާމިޔާބު ކުރުމުގެ ޓީމެއް ކަމަށެވެ. އެހެންކަމުން އޭނާ ވެސް ބޭނުން ވަނީ ބާސެލޯނާ އާއެކު ކާމިޔާބީތައް ހޯދައި، މޮޅުވާން ކަމަށް ރަޝްފޯޑު ބުންޏެވެ. އެކަން ހާސިލު ކުރުމަށް ބާސެލޯނާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝްފޯޑު ބުންޏެވެ. 

ރަޝްފޯޑު ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 24 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގައި ރަޝްފޯޑު ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ވެސް އަންނަނީ ރަޝްފޯޑަށް ފުރުސަތު ދެމުންނެވެ. މީގެ ކުރިން ފްލިކް ބުނެފައި ވަނީ، ރަޝްފޯޑަކީ ބާސެލޯނާގެ ވައްޓަފާޅިއާ ގުޅޭ ކުޅުންތެރިޔެއް ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސީނިއާ ކެރިއަރު ފެށި ރަޝްފޯޑު ވަނީ، ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ވެސް ކުޅެފަ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ދޫކޮށްލަން ޔުނައިޓެޑުން ނިންމީ، އޭނާ އަށް އެ ކުލަބުގައި އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ނުދެއްކޭތީ އެވެ.

ބާސެލޯނާމާކަސް ރެޝްފޯޑް

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު