Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ޙިލާލް

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކަންސޭލޯ ހޯދުމުގެ ޝައުޤުވެރިކަން ބާސެލޯނާ އާއި އިންޓަރ އިން ގެންގުޅޭ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބާސެލޯނާ އާއި އިންޓަރ އިން ވެސް ވަނީ، ކަންސޭލޯގެ އެޖެންޓާ ވާހަކަ ދައްކައި މަޝްވަރާ ކޮށްފައި ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:08
އަލް ޙިލާާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކަންސޭލޯ

އަލް ޙިލާާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކަންސޭލޯ

ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ހޯދުމުގެ މަސައްކަތް، ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަރ މިލާން އިން ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަލް ޙިލާލް އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އަލް ޙިލާލް ދޫކޮށްލަން މިހާރު ކަންސޭލޯ ވަނީ ނިންމައިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކަންސޭލޯ ހޯދުމުގެ ޝައުޤުވެރިކަން ބާސެލޯނާ އާއި އިންޓަރ އިން ގެންގުޅެ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބާސެލޯނާ އާއި އިންޓަރ އިން ވެސް ވަނީ، ކަންސޭލޯގެ އެޖެންޓާ ވާހަކަ ދައްކައި މަޝްވަރާ ކޮށްފައި ކަމަށް ބުނެފައިވެ އެވެ. 

އެގޮތުން އިންޓަރ އިން ކަންސޭލޯ ހޯދުމަށް ވަރަށް ބޮޑަށް ބޭނުންވާއިރު، ބާސެލޯނާ އިން އެ ކުލަބުގެ ތެރޭގައި ވެސް މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ކަންސޭލޯ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެސް އިންޓަރ އާއި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. ބާސެލޯނާގެ ލޯނު އެއްބަސްވުން ހަމަވުމުން ދެން އޭނާ ބަދަލުވީ އަލް ޙިލާލް އަށެވެ. 

އެކި އެކި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް ޙިލާލް ދޫކޮށްލަން ކަންސޭލޯ ބޭނުން ވަނީ، އެ ޓީމުގެ ކޯޗު ސިމޯން އިންގާޒީއާ ދެމެދު އޮތް ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އެގޮތުން ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ލިމިޓުގެ ހަނި ކަމުގެ ސަބަބުން، ކަންސޭލޯ ރަޖިސްޓްރީ ނުކުރަން އިންޒާގީ ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން، ކަންސޭލޯ ބޭނުން ވަނީ އަނެއްކާ ވެސް ޔޫރަޕުގެ ފުޓުބޯޅަ އަށް އެނބުރި އަންނަން ކަމަށް ވެސް ބުނެފައިވެ އެެވެ. 

ބެންފީކާ އިން ސީނިއާ ކެރިއަރު ފެށި ކަންސޭލޯ ވަނީ، ވެލެންސިއާ، އިންޓަރ މިލާން، ޔުވެންޓަސް، މެންޗެސްޓަރ ސިޓީ، ބަޔާން މިއުނިކްގެ އިތުރުން ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އަލް ޙިލާާލް އަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 45 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. 

މީގެ އިތުރުން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، އަލުން އެނބުރި ޔޫރަޕުގެ ފުޓުބޯޅަ އަށް އަންނަން ކަންސޭލޯ ބޭނުން ވަނީ ޤައުމީ ޓީމުގެ ޖާގަ ކަށަވަރު ކުރުމަށެވެ. އެގޮތުން މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް އެކުލަވާލައި ޕޯޗުގަލްގެ ސްކޮޑުން ޖާގަ ހޯދުމަށް ކަންސޭލޯ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭއިރު، އޭނާ އަށް ފުރުސަތު ބޮޑީ ޔޫރަޕުގައި ކުޅެގެން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ބާސެލޯނާއިންޓަރ މިލާންއަލް ހިލާލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

އެޓަލަންޓާ ބަލިކޮށް، އިންޓަރ އެއް ވަނައިގައި

29 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު