Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

މޮޅާއެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 17 މެޗުން ބާސެލޯނާ އަށް ލިބެނީ 43 ޕޮއިންޓެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 36 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 06:20
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ބާސެލޯނާގެ ފެރާން ޓޮރޭސް ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ އޮފްސައިޑުގައި ހުރި ކަމަށް ނިންމައިގެންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރީ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހައި ބާސެލޯނާގެ ލީޑު ފުޅާ ކޮށްފަ އެވެ.

މޮޅާއެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 17 މެޗުން ބާސެލޯނާ އަށް ލިބެނީ 43 ޕޮއިންޓެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 36 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، ބާސެލޯނާ އިން އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، މިހާރު އެ ޓީމު ކުޅެމުން އަންނަނީ ރަނގަޅު ފެންވަރެއްގައި ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާ އިން އެ މެޗު ވަރަށް ރަނގަޅަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި، ޑިފެންސްގައި ވެސް ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާ އަށް އެންމެ މުހިންމީ އެ ޓީމުގެ ކުޅުން ދަމަހައްޓައި، ފެންވަރު ދެމެހެއްޓުން ކަމަށެވެ. ޚާއްސަކޮށް ލީގުގައި ބާކީ އޮތް ތަނުގައި އިތުރު ޗެލެންޖުތައް ކުރިމަތި ވާނެ ކަމަށާއި، އެކަންކަމާ ކުރިމަތިލާން ޖެހޭނީ ހިތްވަރާ އެކު ކަމަށް ފްލިކް ބުންޏެވެ. އިތުރަށް ފްލިކް ބުނީ، ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އަލުން ކުޅެން ފަށާފައިވާއިރު، އެކަމަށް އިޝާރާތް ކުރަމުން ފްލިކް ބުނީ އެކަމަކީ ޓީމުގެ ކުޅުންތެރިން އަދި އެންމެހާ ސަޕޯޓަރުންނަށް ވެސް އިތުރު ހިނިތުންވުމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

ސްޕެނިޝް ލީގުބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު