Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ ޑެލް ރޭ

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ރަނގަޅަށް ކުޅެފައިވާ ކަމަށާއި، ލަނޑު ޖަހަން ލިބުނު ފުރުސަތު ނިންމާނުލެވުނީ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2025 | ބުދަ 04:47
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ކޮޕަ ޑެލް ރޭގައި ގުއަޑަލަޖަރާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، ލަމީން ޔަމާލް އާއި ފާމިން ލޮޕޭޒް އަށް ވެސް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. 

ބާސެލޯނާ އިން މެޗުގައި ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 76 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޑްރިއަސް ކްރިސްޓެންސަން އެވެ. އޭގެ ފަހުން މެޗުގެ ފަހު ވަގުތުގައި މާކަސް ރަޝްފޯޑު ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ރަނގަޅަށް ކުޅެފައިވާ ކަމަށާއި، ލަނޑު ޖަހަން ލިބުނު ފުރުސަތު ނިންމާނުލެވުނީ ކަމަށެވެ. 

އެއާ ޚިލާފަށް ދެ ވަނަ ހާފުގައި ބާސެލޯނާ އިން އިތުރު ހިތްވަރެއްކޮށް ދެ ލަނޑު ޖެހިކަން އޭނާ ފާހަގަ ކުރި އެވެ. އެއާ އެކު ފްލިކް ވަނީ، މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހި ކްރިސްޓެންސަން އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ފްލިކް ބުނީ މެޗުގައި ކްރިސްޓެންސަން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ޑިފެންސްގައި އޭނާ ވަނީ ތަފާތު ހިތްވަރެއް ދައްކާފައި ކަމަށެވެ.

މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކްރިސްޓެންސަން ޖެހި ފަހުން، އެ ޓީމަށް އިތުރު ރޫޙެއް އައި ކަަމަށް ފްލިކް ފާހަގަ ކުރި އެވެ. އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް، އެ ކުޅުންތެރިޔެއްގެ އެންމެ ރަނގަޅު ކުޅުން ދައްކައި، އެންމެ ފުރިހަމަ މަސައްކަތް ކުރުމަށް އަމާޒު ކޮށްފައިވާ ކަމަށެވެ. 

އެކަން ފާހަގަކޮށް ފްލިކް ބުނީ ބާސެލޯނާ ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި، ހަރުފަތަކުން ހަރުފަތަކުން ކަންކަން ރަނގަޅު ވާނެ ކަމަށެވެ. އަދި ބާސެލޯނާގައި އެ ހިތްވަރާއި، ފެންވަރު ހުންނާނެކަން ފާހަގަކޮށް ފްލިކް ބުނީ، ޓީމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

ކޮޕަ ޑެލް ރޭބާސެލޯނާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު