Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ އަސްކަރިއްޔާ އިން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާއިރު، މަޗާޑޯ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ހިތްވަރާއި، ލީޑާޝިޕް އަށް ޝުކުރު އަދާ ކުރައްވާފައި. އަދި އޭނާ ވިދާޅުވީ މަދޫރޯގެ ބައިވެރިންނަށް އިންތިޤާލީ ސަރުކާރު ހިންގުމުގެ އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 12:53
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ | ރޮއިޓަސް

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އޭނާ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޯބެލް ސުލްޙައިގެ އިނާމު ވެސް ލިބިވަޑައިގެންފައިވާ މަޗާޑޯ މިހެން ވިދާޅުވެފައި ވަނީ، ވެނެޒުއެލާގެ ސިޔާސީ މުސްތަޤުބަލަށް ބޮޑު ސުވާލެއް ކުރިމަތިވެފައި ވަނިކޮށެވެ. އެގޮތުން އެމެރިކާ އިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ. 

ބީބީސީއާ ވާހަކަ ދައްކަވަމުން މަޗާޑޯ ވިދާޅުވެފައި ވަނީ، އޭނާގެ ޓީމުން އޮތީ ވެނެޒުއެލާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އެކަން ކުރުމުގެ ފުރިހަމަ މެންޑޭޓް އެ މީހުންގެ ކިބައިގައި އޮތް ކަމަށް ވެސް މަޗާޑޯ ވަނީ ވިދާޅުވެފަ އެވެ. މިއީ މަދޫރޯ ހައްޔަރު ކުރި ފަހުން މަޗާޑޯ މި ފަދަ ވާހަކައެއް ދައްކަވާފައިވާ ފުރަތަމަ ފަހަރެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ އަސްކަރިއްޔާ އިން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާއިރު، މަޗާޑޯ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ހިތްވަރާއި، ލީޑާޝިޕް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އޭނާ ވިދާޅުވީ މަދޫރޯގެ ބައިވެރިންނަށް އިންތިޤާލީ ސަރުކާރު ހިންގުމުގެ އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށެވެ. 

މަޗާޑޯ އާއި އޭނާގެ ބައިވެރިން ބުނަމުން ގެންދަނީ، 2024 ވަނަ އަހަރު އޮތް ވެނެޒުއެލާގެ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އެ މީހުން ކަމަށެވެ. ނަމަވެސް، އެކަމަށް ޓްރަމްޕް ތާއީދު ކުރައްވާފައި ނުވެ އެވެ. ޓްރަމްޕް ވިދާޅުވަމުން ގެންގޮސްފައި ވަނީ، މަޗާޑޯ އަކީ ވެނެޒުއެލާގެ ރައްޔިތުންްގެ ތާއީދު އޮތް ފަރާތެއް ނޫން ކަމަށެވެ. 

މީގެ ކުރިން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މަޗާޑޯ ވިދާޅުވެފައި ވަނީ، މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ވެނެޒުއެލާގައި އެމެރިކާ އިން އަޅާފައިވާ ފިޔަވަޅު ތަކަކީ، ޤައުމުގެ ކުރިއެރުމާއި، ވެރިކަން އަދި ޑިމޮކްރަސީ އަލުން ޤާއިމު ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. 

މަޗާޑޯ ވިދާޅުވެފައި ވަނީ މިއަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް އާ، އޭނާ ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މަދޫރޯ ހައްޔަރުކޮށް، ވެނެޒުއެލާގެ ވެރިކަމުން އޭނާ ދުރު ކުރި ކަމަށްޓަކައި ޓްރަމްޕް އަށް ޝުކުރު އަދާ ކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. 

ޓްރަމްޕް އަށް ތާއީދު ކުރައްވާ މޭރުމުން މަޗާޑޯ ވާހަކަ ދައްކަވާފައި ވީ ނަމަވެސް، ޓްރަމްޕް ވިދާޅުވެފައި ވަނީ މަޗާޑޯ އަކީ މަދޫރޯގެ ފަހަތުން އެ ވެނެޒުއެލާ ހިންގަން އެކަށީގެންވާ ލީޑަރެއް ނޫން ކަމަށެވެ. މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއެލާ ލީޑު ކުރަން މަޗާޑޯ އަށް ވަރަށް އުނދަގޫ ވާނެ ކަމަށާއި، ވެނެޒުއެލާގަައި އޭނާ އަށް ތާއީދު އަދި އިޙުތިރާމު ނެތް ކަމަށެވެ. 

މަދޫރޯގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑެލްސީ ރޮޑްރީގޭޒް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ. އެހެން ނަމަވެސް، މަޗާޑޯ ވިދާޅުވެފައި ވަނީ ޑެލްސީ ރޮޑްރިގޭޒް އަކީ އިތުބާރު ކުރެވޭ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ވެނެޒުއެލާގައި ބިރު ދެއްކުމުގެ ސިޔާސަތުތައް ރާވާފައިވާ މައިގަނޑު ފަރާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޗާޑޯ ވިދާޅުވީ ޑެލްސީ ރޮޑްރިގޭޒް އަކީ، އަނިޔާވެރި އަދި ކޮރަޕްޓް މީހެއް ކަމަށެވެ. 

ވެނެޒުއޭލާމަރީއާ ކޮރީނާ މަޗާޑޯނިކޮލަސް މަދޫރޯޑެލްސީ ރޮޑްރިގޭޒްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026
ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގައުމުތަކަށް އަސްކަރީ ހަމަލާތައް ދޭތީ، ރައީސް ޓްރަމްޕްގެ ބާރުތައް ހިފެހެއްޓުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅަނީ!

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު