Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިކޮލަސް މަދޫރޯ

މަދޫރޯ ހައްޔަރު ކުރި ފަހުން ލައިގެން ހުންނެވި ނައިކީ ޓްރެކްސޫޓަށް ޑިމާންޑް ބޮޑުވެ ބައެއް ފިހާރަތަކުން އެ ބާވަތުގެ ސޫޓް ހުސްވެއްޖެ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާ އިން ހައްޔަރުކުރުމަށްފަހު އާންމުވި ފޮޓޯގައި އޭނާ ލައިގެން ހުރި އަޅިކުލައިގެ ނައިކީ ޓެކް ޓްރެކްސޫޓަށް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގިނަ ފިހާރަތަކުން މި ބާވަތުގެ ހެދުން ހުސްވި.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 08:33
ޖެނުއަރީ 3، 2026 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރޫތް ސޯޝަލް އެކައުންޓްގައި ޝާއިއުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ އަސްކަރިއްޔާއިން އޭނާ އަތުލައިގަނެފައިވާ މަންޒަރު

ޖެނުއަރީ 3، 2026 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރޫތް ސޯޝަލް އެކައުންޓްގައި ޝާއިއުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ އަސްކަރިއްޔާއިން އޭނާ އަތުލައިގަނެފައިވާ މަންޒަރު | ޓްރުތް ސޯޝަލް

އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރި ފަހުން، އޭނާ "ނައިކީ ޓެކް" ޓްރެކްސޫޓެއް ލައިގެން ހުއްޓާ ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، އެ ބާވަތުގެ ހެދުމަށް އޮތް ޑިމާންޑް އިންތިހާ އަށް އިތުރުވެފައިވާ ކަމަށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކުން ރިޕޯޓުކޮށްފި އެވެ. އަދި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގިނަ ފިހާރަތަކުން މިބާވަތުގެ ހެދުން މުޅިން ހުސްވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަދޫރޯ ކަނުބަދެ، އުޅަނދެއްގެ މަތީގައި ބަންދުކޮށްފައި ހުއްޓާ ފެންނަ ފޮޓޯއެއް އާންމުކުރައްވާފަ އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި އޭނާ ހުންނެވީ އަޅިކުލައިގެ "ނައިކީ ޓެކް" ހެދުމެއްގަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މަދޫރޯ ހައްޔަރު ކުރީ ފަތިސް ވަގުތެއްގައި އޭނާ ނިދާފައި އޮއްވާ ކުއްލި ގޮތަކަށް ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި ހައްޔަރުކުރި ވަގުތު އެންމެ ފުރަތަމަ އޭނާ ފެނުނީ އާދައިގެ ހެދުމެއްގަ އެވެ.

މަދޫރޯ ހައްޔަރުކުރުމާއި އެމެރިކާ އިން ދިން ހަމަލާއާ ގުޅިގެން ވެނެޒުއޭލާގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި އެކި ކަހަލަ ޚިޔާލުތައް ހުރި ނަމަވެސް، އޭނާ ލައިގެން ހުންނެވި ހެދުން ޓިކްޓޮކް އާއި އިންސްޓަގްރާމް ފަދަ މަންސަތަކުގައި "މީމް" ތަކާއި ވީޑިއޯތަކުގެ މައިގަނޑު މައުޟޫއު އަށް ވެގެންދިޔަ އެވެ.

ގޫގުލް ޓްރެންޑްސް އިން ދައްކާ ގޮތުގައި، މި ފޮޓޯތައް އާންމުވުމާ އެކު "ނައިކީ ޓެކް" ސާޗްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވި އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ގައި މި ހެދުމުގެ ސްކްރީންޝޮޓްތަކާއި ލިންކުތައް ވަނީ ހަލުވިކަމާ އެކު ފެތުރިފަ އެވެ.

މަދޫރޯ ލައިގެން ހުންނެވި އަޅިކުލައިގެ "ނައިކީ ޓެކް ފްލީސް" ޓްރެކްސޫޓަކީ، ބާޒާރުގައި އާންމުކޮށް 240 އާއި 270 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކާ ހެދުމެކެވެ. 

ނިކޮލަސް މަދޫރޯވެނެޒުއޭލާނައިކީ ޓެކްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު