Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕުޓިން-މަދޫރޯ

އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

6 ޖެނުއަރީ 2026 | އަންގާރަ 18:55

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރުކުރުމުން ރަޝިޔާގެ ރައީސް ޕުޓިން ހަނު ހުންނެވުމުން، މިއީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކޭ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 18:55
މޮސްކޯގައި އޮކްޓޯބަރު 4، 2017 ގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާ ބައްދަލު ކުރައްވަނީ

މޮސްކޯގައި އޮކްޓޯބަރު 4، 2017 ގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާ ބައްދަލު ކުރައްވަނީ | ގެޓީ އިމޭޖަސް

ވެނެޒުއޭލާ ގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔަ ހާދިސާ އާ ގުޅިގެން ރަޝިޔާ ގެ ރައީސް ވުލަޑިމިއަރ ޕުޓިން ހަނު ހުންނަވަނީ ކީއްވެގެންތޯ ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ރަޝިޔާގެ ސޯޝަލް މީޑިއާ ގައި ވަރުގަދަ މީމް އެއް ވަނީ އާންމުވެފަ އެވެ. އެ މީމް ގައި ވަނީ "އަހަރެމެންގެ މީހުން އަހަރެމެން ދޫކޮށްލާކަށް ނެތީމެވެ" މި ޢިބާރާތާ އެކު، ފެންނަނީ ޕުޓިން މީގެ ކުރިން "އެންމެ ގާތް އެކުވެރިން" ގެ ގޮތުގައި ސިފަކުރެއްވި ލީޑަރުންގެ ފޮޓޯތަކެވެ.

އޭގެ ތެރޭގައި 2011 ވަނަ އަހަރު މަގާމުން ދުރުކޮށް އަވަހާރަކޮށްލި ލީބިޔާގެ މުއައްމަރުލް ގައްޒާފީ އާއި، 2024 ވަނަ އަހަރު ވެރިކަން ވެއްޓުމުން ރަޝިޔާ އަށް ފިލައިގެން ދިޔަ ސޫރިޔާގެ ބައްޝާރުލް އަސަދާއި، 2014 ވަނަ އަހަރު މަގާމުން ދުރުކުރުމުން މޮސްކޯ އިން ހިމާޔަތް ހޯދި ޔޫކްރެއިން ގެ ކުރީގެ ރައީސް ވިކްޓަރ ޔަނުކޮވިޗް ހިމެނެ އެވެ. އަދި އޭގެ އިތުރުން ހިމެނެނީ ހޮނިހިރު ދުވަހު އެމެރިކާގެ ޑެލްޓާ ފޯސް ކޮމާންޑޯ އިން، އަވަހާރަފުޅުލައްޕަވަން އޮންނަވަނިކޮށް ހައްޔަރުކޮށް، މިހާރު މަސްތުވާތަކެތީގެ މައްސަލައެއް ގައި ނިއުޔޯކު ގައި ޝަރީއަތައް އިންތިޒާރުކުރަމުންދާ މަދޫރޯގެ ފޮޓޯ އެވެ.

Advertisement - worldAdvertisement

މަދޫރޯ ހައްޔަރުކުރުމުގެ ކުރިން، އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ރަޝިޔާ އިން ވެނެޒުއޭލާ އަށް ފޯރުކޮށްދީފައިވާ ވައިގެ ދިފާއީ ނިޒާމުތަކާއި ރާޑާރުތައް ހަލާކުކޮށްލާފަ އެވެ. ނަމަވެސް، ރަޝިޔާ އާއި ވެނެޒުއޭލާ އާ ދެމެދުގައި އޮތް އަސްކަރީ އެއްބަސްވުމުގައި، ބޭރުގެ ހަމަލާ އެއް ކުރިމަތިވާ ހިނދު ވަގުތުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމުކޮށްފަ އެއް ނުވެ އެވެ. ރަޝިޔާގެ ޚާރިޖިއްޔާ އިން މި ހާދިސާ ކުށްވެރިކުރި ނަމަވެސް، ޕުޓިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ.

ދުނިޔޭގެ ކުރިމަތީގައި ޕުޓިންގެ ގަދަރު ކުޑަވެއްޖެ

މި ހާދިސާގެ ސަބަބުން ރަޝިޔާ އަށް ކުރިމަތިވާނެ ނަތީޖާތަކާ ގުޅޭގޮތުން އަލްޖަޒީރާ އާ ވާހަކަދެއްކި މާހިރުން ބުނާ ގޮތުގައި، މިއީ ބައިނަލް އަގުވާމީ މައިދާނުގައި ރަޝިޔާގެ އަގުވެއްޓުމަކަށް ވީ ނަމަވެސް، ޔޫކްރެއިން އަދި މެދުތެރޭ އޭޝިއާގެ ސަރަހައްދުގައި ރަޝިޔާގެ ބާރު ދެމެހެއްޓުމަށްޓަކައި ޕުޓިން ދުރު ރާސްތާއެއް ގައި މަންފާ ހޯދުމުގެ ބޭނުމުގައި މިކަމުގެ ތެރެއަށް ފުންކޮށް ނުވެންނެވީ ކަމަށް ވެދާނެ އެވެ.

ލަންޑަންގެ 'ސެންޓްރަލް އޭޝިއާ ޑިއު ޑިލިޖަންސް' ގެ ވެރިޔާ އެލީޝާ އިލްޚަމޯވް ވިދާޅުވި ގޮތުގައި، ގާތް އެކުވެރިޔަކަށް ސަމާލުކަން ދިނުމަށް ވުރެ ޕުޓިން އަށް މުހިންމީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާއިމު ކުރަމުންދާ ދުނިޔޭގެ އައު ނިޒާމު ދެނެގަތުމެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ވުރެ ބާރުގެ ބޭނުން ކުރުމަށް އިސްކަންދޭ ނިޒާމެކެވެ. ކުރިން ބައިނަލް އަގްވާމީ އިންތިޒާމުތައް ތަރުތީބު ވެފައި އޮންނަނީ ގާނޫނުގެ މައްޗަށެވެ. އެއާ ޚިލާފަށް ޓްރަމްޕް ގެ އައު ނިޒާމުގައި ގާނޫނަށް ވުރެ މަތީގައި ވަނީ ބާރެވެ.

އެއް ނަޒަރިއްޔާއަކުން ބަލާއިރު، މަދޫރޯ އާ މެދުވެސް ރަޝިޔާ އިން ކަންކުރީ ސީރިއާގެ އަސަދު އާ މެދުވެސް ކަން ކުރި ގޮތަށެވެ. ސީރިއާ އަށް އިދިކޮޅު ހަނގުރާމަވެރިން އަތްގަދަ ކުރި އިރުވެސް ރަޝިޔާ އިން އަސްކަރީ ފިޔަވަޅެއް އަޅާފަ އެއް ނުވެ އެވެ. އަނެއް ވިސްނުމަކީ، ޓްރަމްޕާއި ޕުޓިން އެލަސްކާގައި ބޭއްވި ބައްދަލުވުމުގައި މަދޫރޯ އާ މެދު ގޮތްތަކެއް ނިންމާފައިވުން އެކަށީގެންވެ އެވެ. ބައެއް ދިރާސާވެރިން ބުނާ ގޮތުގައި، މިއީ ޔޫކްރެއިންގެ މައްސަލައިގައި ޓްރަމްޕް ޕުޓިން އަށް ދޫދިނުމުގެ ބަދަލުގައި، އެމެރިކާ އިން ގްރީންލޭންޑާއި އެހެނިހެން ސަރަހައްދުތަކުގެ މައްޗަށް ބާރުވެރިކަން ހޯދުމަށް ރަޝިޔާ އިން އެއްބަސްވީ އެއްބަސްވުމެއްގެ ބައެއް ކަމަށް ވެދާނެ އެވެ.

ޕުޓިން އާއި ޓްރަމްޕްގެ ގުޅުން ބަދަހިވެގެން ނުދާނެ

އެހެން މާހިރަކު ވިދާޅުވާ ގޮތުގައި، މަދޫރޯ ގެއްލިގެން ދިއުމަކުން ޕުޓިން އަށް ޓްރަމްޕް އާ ގުޅުން ވަގުތުން ރަނގަޅުކުރެވިދާނެ ކަމެއް ކަމަކަށް ނުފެނެ އެވެ.

އޭގެ ބަދަލުގައި މި ވަގުތު ޕުޓިން އެންމެ ބޮޑަށް ބިރުގަންނަނީ މަދޫރޯގެ ގާތް މީހުންގެ ތެރެއިން ބަޔަކު އެމެރިކާ އަށް މައުލޫމާތު ދިން ފަދައިން، އޭނާ ގެ ވަށައިގެން ތިބި މީހުންގެ ފަރާތުން ވެސް އެފަދަ ކަމެއް ހިނގައިދާނެތީ އެވެ. މި ހާދިސާގެ ސަބަބުން ޕުޓިން އޭނާގެ އަމިއްލަ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބެލެވެ އެވެ. ހަމަ އެއާއެކު ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހައްޔަރު ކުރުމުގެ ވިސްނުން ޕުޓިން އަށް އަތުވެދާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

2000 ގެ ކުރީކޮޅު ޕޫޓިންގެ ވެރިކަމުގެ ފެށުނު ހިސާބުގައި، ރަޝިޔާގެ ސިޔާސީ މިސްރާބު ކަނާތު ފިޔައިގެ ގައުމީ ފިކުރަކަށް ބަދަލުވަމުން ދިޔަ ނަމަވެސް، މަދޫރޯގެ ކުރިން ވެރިކަމުގައި ހުންނެވި ހޫގޯ ޗާވޭޒް އާއެކު ގާތް ގުޅުމެއް ބަދަހި ކުރެއްވި އެވެ.

ޗާވޭޒް ގެ ވެރިކަމުގައި ރަޝިޔާގައި އުފައްދާފައިވާ ޓޭންކު، ހެލިކޮޕްޓަރު، ހަނގުރާމަމަތީ މަތިންދާބޯޓު އަދި މިސައިލް ފަދަ ހަތިޔާރުތައް ގަތުމަށް ބިލިއަނުން ޚަރަދުކުރި އެވެ. އަދި ރަޝިޔާ އިން ވަނީ AK-47 މަރުކާގެ ބަޑި އުފައްދާ ކާރުޚާނާ އެއް ވެސް ވެނެޒުއޭލާގައި ހުޅުވާފައެވެ.

ވެނެޒުއޭލާގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ، ބިމުގެ އަޑިން ނެގުމަށް އުނދަގޫ އަދި ބަރު ސާފުނުކުރާ ތެޔޮ އުފެއްދުމުގެ މަސައްކަތުގައި ރަޝިޔާގެ މާހިރުން މުހިންމު ދައުރެއް އަދާކުރި އެވެ. ނަމަވެސް، ރަޝިޔާގެ ބާވެފައިވާ ޓެކްނޮލޮޖީގެ ސަބަބުން ވެނެޒުއޭލާގެ ތެޔޮ އުފެއްދުން ދަށަށް ދިއުން ހުއްޓުވޭ ގޮތެއް ނުވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެތައް އަހަރަކަށް ދެމިގެން ދިޔަ އިގްތިސާދީ ބޮޑު އަޑިގަނޑަކާ ކުރިމަތިވެ، ތަކެތީގެ އަގު އިންތިހާ އަށް އުފުލި، ތެލާ ބެހޭ ދިރާސާކުރާ މާހިރުންނާއި އިންޖިނޭރުން ފަދަ ތެލުގެ ދާއިރާގެ ގާބިލް މީހުން ގައުމު ދޫކޮށް ދާންޖެހުނެވެ.

2013 ވަނަ އަހަރު މަދޫރޯ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޕުޓިންއާ އެކު ދިހަވަރަކަށް ފަހަރު ބައްދަލުކުރެއްވި އެވެ. މޮސްކޯ އަށް އޭނާ ކުރެއްވި ކޮންމެ ދަތުރުފުޅަކީ ވެސް ރަތް ދޫލައިގެ މަރުހަބާއަކާ އެކު، ދެ ގައުމުގެ ދެމެދުގައި އޮތް "ދާއިމީ އެކުވެރިކަން" ރަމްޒުކޮށްދޭ ފަދަ ކުލަގަދަ ރަސްމިއްޔާތުތަކެއް ހިމެނޭ ދަތުރުފުޅުތަކެކެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު މަދޫރޯ ވަނީ ޕުޓިންގެ ކިބައިން އަސްކަރީ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރަޝިޔާ އިން ފޯރުކޮށްދީފައިވާ S-300 އެއާ ޑިފެންސް ސިސްޓަމްތަކަށް ބޭނުންވާ މިސައިލް ފޮނުވުމަށާއި، ރަޝިޔާގައި އުފައްދާފައިވާ ސުޚޯއީ Su-30 މަރުކާގެ ޖެޓްތައް މަރާމާތުކޮށްދިނުމަށާއި، ރާޑަރު ސިސްޓަމްތަކުގެ އިތުރުން އެހެނިހެން ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން، މާލީ އެހީތެރިކަމުގެ ޕްލޭނަކަށް ވެސް އޭނާ އެދިވަޑައިގެންފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. ނަމަވެސް، މޮސްކޯ އިން މި ހުށަހެޅުންތަކަށް ޖަވާބެއް ދީފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މިދަނޑިވަޅުގައި، ކްރެމްލިން އަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މަދޫރޯގެ ވެރިކަން ވެއްޓުމަކީ މޮސްކޯއާ ދެކޮޅަށް ރޭވިފައިވާ ރޭވުމެއްގެ ބައެއް ކަމަށާއި، އެ ރޭވުން ޔަގީނުން ވެސް ނާކާމިޔާބު ވާނެ ކަމަށެވެ.

ނިކޮލަސް މަދޫރޯވްލަޑިމިއަރ ޕުޓިންވެނެޒުއޭލާރަޝިޔާއެމެރިކާ-ވެނެޒުއެލާ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް

28 އޮކްޓޯބަރު 2026
ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް
28 އޮކްޓޯބަރު 2026

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

28 އޮކްޓޯބަރު 2026
ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި
27 އޮކްޓޯބަރު 2026

ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި

27 އޮކްޓޯބަރު 2026
ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި
27 އޮކްޓޯބަރު 2026

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026
ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ
26 އޮކްޓޯބަރު 2026

ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ

26 އޮކްޓޯބަރު 2026
ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ
26 އޮކްޓޯބަރު 2026

ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!

26 އޮކްޓޯބަރު 2026
ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!
26 އޮކްޓޯބަރު 2026

އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި

26 އޮކްޓޯބަރު 2026
އެމެރިކާގެ އެންގުންތަކަށް ފަސްޖެހުމެއްނެތި މަޗާދޯ ސިއްރިއްޔާތުގައި ވެނެޒުއެލާއަށް އެނބުރި ވަޑައިގަންނަވައިފި
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
24 އޮކްޓޯބަރު 2026

މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި

24 އޮކްޓޯބަރު 2026
މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި
24 އޮކްޓޯބަރު 2026

ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން

24 އޮކްޓޯބަރު 2026
ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް