Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެރިނޭރާ ތެޔޮ ޓޭންކަރު

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

7 ޖެނުއަރީ 2026 | ބުދަ 14:41

ކުރިން ބެލާ 1 ގެ ނަމުން ނަންދެވިފައިވާ މި އުޅަނދަކީ ގަވާއިދާ ހިލާފަށް ތެޔޮ އުފުލުމުގައި ބޭނުންކުރާ ޝެޑޯ ފްލީޓް އެއްގައި ހިމެނޭ އުޅަނދެއް ކަމަށް އެމެރިކާ އިން ބުނޭ. އެޓްލާންޓިކް ކަނޑުގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު ފަހަތުން ދަތުރުކުރުމަށްފަހު އެމެރިކާގެ ސިފައިން މި އުޅަނދަށް އެރީ ބުދަ ދުވަހު.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 14:41
އެމެރިކާގެ ފެޑެރަލް ކޯޓަކުން ނެރުނު އަމުރެއްގެ ދަށުން އެމްވީ ބެލާ 1 އުޅަނދު އުތުރު އެޓްލާންޓިކް ކަނޑުން ވަނީ އަތުލައިގަނެފައި

އެމެރިކާގެ ފެޑެރަލް ކޯޓަކުން ނެރުނު އަމުރެއްގެ ދަށުން އެމްވީ ބެލާ 1 އުޅަނދު އުތުރު އެޓްލާންޓިކް ކަނޑުން ވަނީ އަތުލައިގަނެފައި | ޔޫއެސް ޔޫރަޕިއަން ކޮމާންޑް

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި އެވެ.

އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދަތުރުކުރަނިކޮށް، ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ތެޔޮ ޓޭންކަރެއް އެމެރިކާގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ.

ކުރިން "ބެލާ 1" ގެ ނަމުން ނަންދެވިފައިވާ މި އުޅަނދަކީ، ގަވާއިދާ ހިލާފަށް ތެޔޮ އުފުލުމުގައި ބޭނުންކުރާ "ޝެޑޯ ފްލީޓް" އެއްގައި ހިމެނޭ އުޅަނދެއް ކަމަށް ބުނެ، 2024 ވަނަ އަހަރު އެމެރިކާ އިން ވަނީ މި އުޅަނދަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ބޯޓުގެ ނަން މެރިނޭރާ އަށް ފަހުން ވަނީ ބަދަލު ކޮށްފަ އެވެ.

މި އުޅަނދު ހިފެހެއްޓި ޚަބަރު ބުދަ ދުވަހު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ރޮއިޓާސް ނޫހުންނެވެ. އެ ނޫހުން ދެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައި ވަނީ އެމެރިކާގެ ކޯސްޓްގާޑާއި އަސްކަރިއްޔާ ގުޅިގެންނެވެ.

ނިމިދިޔަ މަހު ވެސް ވެނެޒުއޭލާ ކައިރިން މި ޓޭންކަރު ހިފެހެއްޓުމަށް އެމެރިކާގެ ކޯސްޓްގާޑުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ފަހަރު ޓޭންކަރުގެ މިސްރާބު ބަދަލުކޮށް ފިލުމުގެ ސަބަބުން، އުޅަނދަށް އެރުމަށް އެމެރިކާގެ ސިފައިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުން ބުނީ ބޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ، އާރް.ޓީ އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރީ ބާރުތަކުން ދަނީ ވެނެޒުއޭލާއާ ގުޅުން އޮތް "މެރިނޭރާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އަރަން މަސައްކަތް ކުރަމުންނެވެ.

އަދި އެ އުޅަނދުގެ މަތީގައި ހެލިކޮޕްޓަރެއް އުދުހެމުންދާ މަންޒަރު ފެންނަ މަންޒަރު ވެސް އެ މީޑިއާ އިން ވަނީ އާންމުކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދިން ގޮތުގައި، އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހު އެމެރިކާގެ ސިފައިން ވަނީ ޓޭންކަރުގެ ފަހަތުން ދަތުރު ކޮށްފަ އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެފައި ވަނީ، މިހާރު ރަޝިޔާގެ ދިދަ ނަގާފައިވާ އެ އުޅަނދު ދަތުރުކުރަމުން ދަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށާއި، އެ އުޅަނދުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ހުޅަނގުގެ ގައުމުތަކަށް ރަޝިޔާ އިން ވަނީ ގޮވާލާފައެވެ.

ވެނެޒުއޭލާރަޝިއާއެމެރިކާއެޓްލާންޓިކް ކަނޑުޝެޑޯ ފްލީޓްކޯސްޓް ގާޑްއެމްވީ ބެލާ 1މެރިނޭރާހޫނު ހަބަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި

07 ޖެނުއަރީ 2026
ބިލްތަކަށް ފައިސާ ނުދެއްކި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި
07 ޖެނުއަރީ 2026

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ
07 ޖެނުއަރީ 2026

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި
07 ޖެނުއަރީ 2026

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް
07 ޖެނުއަރީ 2026

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ޖެނުއަރީ 2026

އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

06 ޖެނުއަރީ 2026
އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟
06 ޖެނުއަރީ 2026

އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރަހުމަތްތެރިންނާއި ދުޝްމަނުން ވެސް ކުށްވެރި ކޮށްފި

06 ޖެނުއަރީ 2026
އެމެރިކާގެ ބާރުގެ ދަށަށް މަދޫރޯ ގެންދިޔަ ހާދިސާ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ރަހުމަތްތެރިންނާއި ދުޝްމަނުން ވެސް ކުށްވެރި ކޮށްފި
06 ޖެނުއަރީ 2026

އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި

06 ޖެނުއަރީ 2026
އެމެރިކާގެ ކުޑަކުދިންނަށް ދޭ ވެކްސިން ގެ ސިޔާސަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ދޭން ޖެހޭ ވެކްސިން ގެ އަދަދު ދަށްކޮށްފި
06 ޖެނުއަރީ 2026

ޑެލްސީ އަކީ އަނިޔާވެރި އަދި ކޮރަޕްޓް މީހެއް، ޤައުމަށް ވަރަށް އަވަހަށް ދާނަން: މަޗާޑޯ

06 ޖެނުއަރީ 2026
ޑެލްސީ އަކީ އަނިޔާވެރި އަދި ކޮރަޕްޓް މީހެއް، ޤައުމަށް ވަރަށް އަވަހަށް ދާނަން: މަޗާޑޯ
06 ޖެނުއަރީ 2026

މަދޫރޯ ހައްޔަރު ކުރި ފަހުން ލައިގެން ހުންނެވި ނައިކީ ޓްރެކްސޫޓަށް ޑިމާންޑް ބޮޑުވެ ބައެއް ފިހާރަތަކުން އެ ބާވަތުގެ ސޫޓް ހުސްވެއްޖެ

06 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ލައިގެން ހުންނެވި ނައިކީ ޓްރެކްސޫޓަށް ޑިމާންޑް ބޮޑުވެ ބައެއް ފިހާރަތަކުން އެ ބާވަތުގެ ސޫޓް ހުސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް