Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަދޫރޯ-ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

ނެށުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، އަނބިކަނބަލުން މެލާނިއާ އޭނާ ނެށުމާ ހިތްޕުޅާނުވާކަމަށާއި، އެއީ ރައީސަކާ އެކަށީގެންވާ ކަމެއް ނޫންކަމަށް ވިދާޅުވާކަން ހާމަކުރެއްވަމުން ޓްރަމްޕް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 03:30
ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި ނިކޮލަސް މަދޫރޯ ވަނީ އޭނާގެ ނެށުމުގެ ހަރަކާތްތައް ނަކަލުކޮށްފައި

ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި ނިކޮލަސް މަދޫރޯ ވަނީ އޭނާގެ ނެށުމުގެ ހަރަކާތްތައް ނަކަލުކޮށްފައި | ރޮއިޓަސް

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ، ޓްރަމްޕްގެ ނެށުން ކޮޕީކޮށް މަލާމާތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް އެކަމާ ނުރުހުން ފާޅުކުރެއްވައިފި އެވެ. އަދި މަދޫރޯގެ މިފަދަ މަލާމާތްތަކުގެ ސަބަބުން، އޭނާ ހައްޔަރު ކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް އިތުރު ބާރެއް ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންގާރަ ދުވަހު ވޮޝިންގޓަން ޑީސީ ގައި ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަދޫރޯ އަކީ އަނިޔާވެރި މީހެއް ކަމަށާއި، އޭނާ މަސައްކަތް ކުރަނީ އޭނާގެ ނެށުން ކޮޕީ ކޮށްގެން އެއަށް މަލާމާތް ކުރަން ކަމަށެވެ.

"އޭނާ އަހަރެންގެ ނެށުން ކޮޕީކުރަން ކުޑަކޮށް މަސައްކަތް ކުރޭ، އެކަމަކު އޭނާ އަކީ އަނިޔާވެރި މީހެއް. އޭނާ ވަނީ އެތައް މިލިއަން ބަޔަކު މަރާފައި." 

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް މަދޫރޯ އާންމު ތަންތަނުގައި ނެށުމާއި، އެމެރިކާގެ އިންޒާރުތަކަށް ފަރުވާކުޑަ ކުރަމުން ދިއުމުގެ ސަބަބުން، އޭނާ އަކީ އެމެރިކާ ސަރުކާރުގެ ނިންމުންތަކަށް ސީރިއަސްކޮށް ބަލާ މީހެއް ނޫންކަން ސަރުކާރަށް ވިސްނުނު ކަމަށެވެ. މިއީ އޭނާ ހައްޔަރުކުރުމުގެ ނިންމުމަށް މަގުފަހިވި އެއް ސަބަބު ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

މިދިޔަ މަހު ވެނެޒުއޭލާގެ އުތުރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓްރަމްޕްގެ އަތްމުށްކެވުމުގެ ހަރަކާތްތައް މާދޫރޯ ކޮޕީ ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

މާދޫރޯ ވަނީ އޭނާގެ އަމިއްލަ ތަޤުރީރެއްގެ އިލެކްޓްރޯނިކް ރީމިކްސް އެއް ކަމަށްވާ "ނޯ ވޯ، ޔެސް ޕީސް" އަށް އަނބިކަނބަލުންނާ އެކު ނަށާފަ އެވެ. މި ލަވައިގެ ލިރިކްސް ގައި ދެ ޤައުމުގެ ދެމެދުގައި ސުލްޙަވެރިކަމަށް ގޮވާލާފައިވެ އެވެ. އަދި ނޮވެމްބަރު މަހު ޖޯން ލެނަންގެ "އިމޭޖިން" ލަވަ މާދޫރޯ ކިޔުމުން، ވައިޓް ހައުސް އިން އެކަން މާނަ ކުރީ ޓްރަމްޕަށް މަލާމާތްކޮށް، ޓްރަމްޕް ދެއްވާ އިންޒާރުތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއްގެ ގޮތުގައި ދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ކަމަށެވެ.

ނެށުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ އޭނާ ނެށުމާ ހިތްޕުޅާ ނުވާކަމަށާއި، އެއީ ރައީސަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވާ ކަމަށް ޓްރަމްޕް ހާމަކުރެއްވި އެވެ.

 "އަހަރެން ނަށާތީ އޭނާ (މެލޭނިއާ) ވަރަށް ފޫހިވޭ." 

ނަމަވެސް ޓްރަމްޕް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، އޭނާ ނަށަން ފެށުމުން އެއްވެފައި ތިބޭ މީހުން އުފަލުން ފޮޅޭ ކަމަށެވެ.

މަސްތުވާ ތަކެއްޗާއި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުތަކުގައި ހޯމަ ދުވަހު ފުރަތަމަ ފަހަރަށް މެންހަޓަންގެ ކޯޓަށް ހާޒިރުކުރެވުނު މާދޫރޯ، އެމެރިކާ އަށް ގެނެވުމަށް ފަހު ވެސް މާ ބޮޑު ހާސްކަމެއް ނެތް ކަން ދެއްކެވުމަށް އޭނާ މަސައްކަތް ކުރައްވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) ގެ އެޖެންޓުންނަށް އާ އަހަރުގެ ތަހުނިޔާ ކިޔާފަ އެވެ. ބްރޫކްލިންގެ ޖަލަށް ގެންދިއުމަށް މަޑުކޮށްގެން އިންނެވި އިރު ހިނިތުންވުމާއެކު އިންނެވިކަން ނޫސްވެރިންގެ ސަމާލު ކަމަށް އައިސްފައިވެ އެވެ.

މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން ފްލޮރޭސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެ ދެމަފިރިން ވަނީ އިންކާރުކޮށްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އެ ދެމަފިރިން ބަންދުކޮށްފައި ވަނީ ޙާލަތު ވަރަށް ގޯސް ޖަލެއްގަ އެވެ. އެމީހުންގެ މައްޗަށް ކުރެވޭ ދަޢުވާތަކުގެ ތެރޭގައި ނާކޯ-ޓެރަރިޒަމާއި، އެމެރިކާ އަށް ކޮކެއިން އެތެރެކުރުމުގެ ރޭވުންތައް ހިމެނެ އެވެ.

ދެމަފިރިން ކޯޓަށް ހާޒިރުވިއިރު ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުރި އިރު، ފްލޮރޭސްގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ވަގަށް ނެގި ވަގުތު ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މާދޫރޯގެ ދެން އޮންނަ ކޯޓު އަޑުއެހުން އޮންނާނީ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

މަދޫރޯ ހައްޔަރުކުރުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ތެރޭގައި ތަފާތު މަގުސަދުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނަނީ މިއީ ކުރިން ކުރެވިފައިވާ ދައުވާތަކާ ގުޅިގެން ކުރި ކަމެއް ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން ވެނެޒުއޭލާގެ މައްޗަށް ބާރު ހިންގައި، އެ ގައުމުގެ މުއްސަނދި ތެލުގެ ވަސީލަތްތަކުގެ ކޮންޓްރޯލް ހޯދާނެ ކަމަށެވެ.

ނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު