Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަންގާރަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ވިދާޅުވީ، މި ތެޔޮތައް ސްޓޯރޭޖް އުޅަނދުތަކުގައި ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެންދެވޭނެ ކަމަށް.

ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 02:14
ރައީސް ޑޮނަލްޑް ޓްރަމްޕް

ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ވެނެޒުއޭލާގެ 30 މިލިއަނާއި 50 މިލިއަނާ ދެމެދުގެ އަދަދެއްގެ ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ތެޔޮ ވިއްކާނީ ބާޒާރުގެ އަގުގައެވެ. އަދި އެއިން ލިބޭ އާމްދަނީ ބޭނުންކުރާނީ ވެނެޒުއޭލާގެ ރައްޔިތުންނާއި އެމެރިކާގެ މަންފާއަށް ކަން ކަށަވަރުކުރުމަށްޓަކައި، އެ ފައިސާގެ ކޮންޓްރޯލް އޭނާ ނަންގަވާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން، މި މަޝްރޫޢު "ވަގުތުން" ތަންފީޛުކުރުމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓަށް އަންގަވާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ވިދާޅުވީ، މި ތެޔޮތައް ސްޓޯރޭޖް އުޅަނދުތަކުގައި ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެންދެވޭނެ ކަމަށެވެ.

ޓްރަމްޕްގެ މި ނިންމެވުން އިއުލާނު ކުރެއްވި އިރު، ވެނެޒުއޭލާގެ ތެލުގެ ރިޒާވް "އަތުލައިގަނެ"، އެ ޤައުމުގެ ހީނަރުވެފައިވާ ހަކަތައިގެ ސިނާޢަތް އަލުން އާރާސްތުކުރާނެ ކަމަށް ކުރިން ވަނީ ވިދާޅުވެފަ އެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ ބާވެފައިވާ އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށްޓަކައި އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބިލިއަނުން ޑޮލަރު އިންވެސްޓްކުރުމަށް ތިބީ ތައްޔާރަށެވެ.

އެމެރިކާގެ އެންމެ ބޮޑު ތިން ތެޔޮ ކުންފުނި ކަމަށްވާ ޝެވްރޮން، އެކްސަން މޮބިލް އަދި ކޮނޮކޯފިލިޕްސް އިން މިކަމާ ގުޅޭގޮތުން ސީދާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ކުންފުނިތަކުގެ މަންދޫބުން ވެނެޒުއޭލާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ ހުކުރު ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިއުސްޓަންގެ ބޭކާ އިންސްޓިޓިއުޓްގެ ހަކަތައާ ބެހޭ މާހިރެއް ކަމަށްވާ މާކް ފިންލީ ވިދާޅުވީ، އިތުރު ތަފްޞީލެއް ނެތި ޓްރަމްޕްގެ މި އިޢުލާނުގެ މުހިންމުކަން ވަޒަންކުރަން ދަތި ކަމަށެވެ.

"30 އާއި 50 މިލިއަން ފީފާ ތެޔޮ މި ގެންނަނީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟ އެއީ މިކަމުގެ އަސަރު ވަޒަންކުރުމަށް އެނގެންޖެހޭ އެންމެ މުހިންމު ނުކުތާ،" ފިންލީ އަލްޖަޒީރާ އަށް ވިދާޅުވި އެވެ. "އެއް މަސްދުވަހުގެ ތެރޭގައި ނަމަ، އެއީ ވެނެޒުއޭލާގެ މުޅި އުފެއްދުންތެރިކަން. އެކަމަކު އެއް އަހަރު ދުވަހުގެ ތެރޭގައި ނަމަ، އެއީ ވަރަށް ކުޑަ މިންވަރެއް."

މާހިރުން ވިދާޅުވާ ގޮތުގައި 1990 ގެ އަހަރުތަކުގައި ވެނެޒުއޭލާ އިން ދުވާލަކު އުފެއްދި 3 މިލިއަން ފީފާގެ މިންވަރާ ގާތަށް އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާނެ ކަމަށާއި، އެކަމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.

ނޯވޭގެ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ރައިސްޓޭޑް އެނާޖީގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ދުވާލަކު 2 މިލިއަން ފީފާ އުފެއްދޭ މިންވަރަށް ވެނެޒުއޭލާގެ ތެލުގެ ސިނާޢަތް ކުރިއެރުވުމަށް ގާތްގަނޑަކަށް 110 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވެ އެވެ.

ބާޒާރު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ދައުރުގައި ކުންފުނިތަކުގެ މުދާ ދައުލަތަށް އަތުލާފައިވާތީ އާއި، ދުނިޔޭގެ ބާޒާރުގައި ތެޔޮ އިތުރުވެފައިވުމުގެ ސަބަބުން، އެމެރިކާގެ ކުންފުނިތަކުން ވެނެޒުއޭލާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަކީ ނާދިރު ކަމެކެވެ.

2007 ވަނަ އަހަރު ޗާވޭޒްގެ ސަރުކާރުން އަމިއްލަ ފަރާތްތަކުން ހިންގަމުންދިޔަ ތެލުގެ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގުމާ ގުޅިގެން، ބައިނަލްއަޤްވާމީ އާބިޓްރޭޝަނުން ވަނީ އެކްސަން މޮބިލްއަށް 1.6 ބިލިއަން ޑޮލަރު އަދި ކޮނޮކޯފިލިޕްސް އަށް 8.7 ބިލިއަން ޑޮލަރު ދިނުމަށް ޙުކުމްކޮށްފަ އެވެ. ނަމަވެސް، ވެނެޒުއޭލާ ސަރުކާރުން އެއިން އެއްވެސް ފައިސާ އެއް ދައްކާފަ އެއް ނުވެ އެވެ.

މިހާރު ވެނެޒުއޭލާގައި މަސައްކަތްކުރާ އެމެރިކާގެ ހަމައެކަނި ބޮޑު ތެޔޮ ކުންފުންޏަކީ ޝެވްރޮން އެވެ. އެ ކުންފުނިން ދުވާލަކު އުފައްދަނީ ގާތްގަނޑަކަށް 150,000 ފީފާ ތެލެވެ.

ކުރިން ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމުތަކުގެ ތެރޭގައި ވެނެޒުއޭލާ ހިމެނުނު ނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ގިނަ އަހަރުތަކެއް ވަންދެން އިންވެސްޓް ނުކުރުމާއި، މަދޫރޯ އާއި ޗާވޭޒްގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަނާއި އިދާރީ އިހުމާލުގެ ސަބަބުން އެ ސިނާޢަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ވެނެޒުއޭލާ ގައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ނަމަވެސް، މިހާރު އެ ޤައުމުން އުފައްދާ ތެލުގެ މިންވަރަކީ ދުނިޔޭގެ މުޅި ސަޕްލައިގެ 1 އިންސައްތަ އަށް ވުރެ ކުޑަ މިންވަރެކެވެ.

ވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު