Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިކޮލަސް މަދޫރޯ

މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަން ގައި އެމެރިކާގެ 200 އެއްހާ ސިފައިން ކަރާކަސް އަށް ވަތް

މި އޮޕަރޭޝަންގައި 150 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްފައިވޭ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 07:50
އެމެރިކާގެ ސިފައިން މަދޫރޯ ހައްޔަރު ކުރުމަށް ފަހު ޑްރަގް އެންފޯސްމަންޓް އެޖޭންސީގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައި

އެމެރިކާގެ ސިފައިން މަދޫރޯ ހައްޔަރު ކުރުމަށް ފަހު ޑްރަގް އެންފޯސްމަންޓް އެޖޭންސީގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައި | އެކްސް

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި އެމެރިކާގެ 200 އެއްހާ ސިފައިން އެ ގައުމުގެ ވެރިރަށް ކަރާކަސް އަށް ވަދެފައިވާކަމަށް، ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ ސިފައިން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާއިރު، މިއާއެކު މަދޫރޯގެ 12 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. މަދޫރޯ އަކީ މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގަވާ ބޭފުޅެއްގެ ގޮތުގައި އެމެރިކާ އިން ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށްދިން ފަރާތަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް ވެސް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް މަދޫރޯ ތަކުރާރު ކޮށްް މި ތުހުމަތުތައް ދޮގު ކުރައްވާފައިވެ އެވެ.

"އެމެރިކާގެ އެންމެ ހުނަރުވެރި 200 އެއްހާ ސިފައިން ކަރާކަސްގެ މެދުތެރެ އަށް ވަދެ، އެމެރިކާގެ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ބޭނުންވެފައިވާ ކުށްވެރިޔަކު ވަނީ ހައްޔަރުކޮށްފައި. މި އޮޕަރޭޝަން ގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރުވެފައެއް ނުވޭ،" ވަރޖިނިއާގައި އެމެރިކާގެ ކަނޑުގެ ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވިއެވެ.

މިއީ ހެލިކޮޕްޓަރު މެދުވެރިކޮށް ކަރާކަސް އަށް ފޭބި އެމެރިކާ ސިފައިންގެ އަދަދު އެމެރިކާގެ އިސް އޮފިޝަލަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. މި ވަރުގަދަ އޮޕަރޭޝަން ގައި 150ށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު އެކި ދައުރުތަކުގައި ބޭނުންކޮށްފައިވާއިރު، މި އޮޕަރޭޝަން ގެ ތެރޭގައި ވެނެޒުއޭލާގެ ދިފާއީ ނިޒާމުތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރޭސް ވަނީ ހޯމަ ދުވަހު ނިއުޔޯކުގެ ކޯޓެއްގައި އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނިކޮލަސް މަދޫރޯވެނެޒުއޭލާޕީޓް ހެގްސެތުއެމެރިކާ-ވެނެޒުއެލާ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2026

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި
07 ޖެނުއަރީ 2026

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ
07 ޖެނުއަރީ 2026

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި
07 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި
07 ޖެނުއަރީ 2026

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު