Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ޑެލްސީ ރޮޑްރިގޭޒް ކުރައްވައިފި

އުމުރުފުޅުން 56 އަހަރުގެ ޑެލްސީ ރޮޑްރިގޭޒް އަކީ ޤާނޫނީ ވަކީލެއް. އެކަމަނާ އަކީ ވެނެޒުއެލާގެ ޕްރައިވެޓް ސެކްޓާއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހަކަށް ވާއިރު، ވެރިކަން ކުރާ ޔުނައިޓެޑު ސޯޝަލިސްޓް ޕާޓީ އަށް ވެސް ވަރަށް ވަފާތެރި ފަރާތެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 05:53
ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ، ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކުރެއްވުމުގެ ތެރެއިން

ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ، ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކުރެއްވުމުގެ ތެރެއިން | ރޮއިޓަސް

ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ، އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކުރައްވައިފި އެވެ. 

ހޯމަ ދުވަހު ޑެލްސީ ރޮޑްރިގޭޒް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ ވެެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފަ އެވެ. އެއާ އެކު، ވެނެޒުއެލާގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ، އެ ޤައުމުގެ ވަގުތީ ރައީސް އަކީ ޑެލްސީ ރޮޑްރިގޭޒް ކަމަށެވެ. 

އުމުރުފުޅުން 56 އަހަރުގެ ޑެލްސީ ރޮޑްރިގޭޒް އަކީ ޤާނޫނީ ވަކީލެކެވެ. އެކަމަނާ އަކީ ވެނެޒުއެލާގެ ޕްރައިވެޓް ސެކްޓާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވާއިރު، ވެރިކަން ކުރާ ޔުނައިޓެޑު ސޯޝަލިސްޓް ޕާޓީ އަށް ވެސް ވަރަށް ވަފާތެރި ފަރާތެކެވެ. ޑެލްސީ ރޮޑްރިގޭޒް އަށް ވަގުތީ ރައީސް ކަމުގެ ހުވާ ލައިދެއްވީ، ވެނެޒުއެލާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޖޯޖް ރޮޑްރިގޭޒް އެވެ. ޖޯޖް އަކީ ޑެލްސީގެ ބޭބެ އެވެ. 

ހޯމަ ދުވަހު ހުވާ ކުރެއްވި ބޭފުޅުންގެ ތެރޭގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އިންތިޚާބު ކުރެވުނު 283 މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. އެ މެމްބަރުންގެ ތެރޭގައި އިދިކޮޅު މެމްބަރުންގެ އަދަދު ވަރަށް މަދެވެ. ސަބަބަކީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ  މަރީއާ ކޮރީނާ މަޗާޑޯ އަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކޮށްފައިވާތީ އެވެ. 

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައި ނުގެންނެވި ހަމައެކަނި މަޖިލިސް މެމްބަރަކީ، މަދޫރޯގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް އެވެ. ވެނެޒުއެލާގެ ފަސްޓް ލޭޑީގެ އިތުރުން، އޭނާ އަކީ ވެނެޒުއެލާގެ ކޮންސްޓިޓިއުއެންޓް ނެޝަނަލް އެސެމްބްލީގެ މެމްބަރެކެވެ. އޭނާ ވެސް ހުންނެވީ އެމެރިކާގެ އަސްކަރިއްޔާ އިން ހައްޔަރު ކޮށްފަ އެވެ. 

ވެނެޒުއެލާގެ ވަގުތީ ރައީސްގެ ހުވާ ޑެލްސީ ރޮޑްރިގޭޒް ކުރައްވާފައިވާއިރު، އަދި ވެސް އެ ޤައުމުގެ ސިޔާސީ މުސްތަޤުބަލު އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހިންގާފައިވާ އަމަލުތަކާ ގުޅިގެން، ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ އެމެރިކާ އަށް އިންތިހާ އަށް ނުރުހުން އަމާޒުކޮށްފަ އެވެ. 

ވެނެޒުއޭލާނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާމަރީއާ ކޮރީނާ މަޗާޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

އެމެރިކާ އިން ހިފަހައްޓަން އުޅޭ ތެޔޮ ޓޭންކަރަކަށް ހިމާޔަތްދޭން ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރު ފޮނުވައިފި

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު