Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްޠީން

އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި

އިޒްރޭލުން ހޯމަ ދުވަހު ގުދުސްގެ ކައިރީގައިވާ ސިލްވާން އަވަށުގައި ހުންނަ ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ، އެތަނުގައި ދިރިއުޅުނު 100 މީހުން ވަނީ މަގުމަތި ކޮށްފައި.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 12:23
އިޒްރޭލު ސިފައިން އިރުމަތީ ގުދުސް ގެ ވާދީ ޤައްދޫމު ގައި ފަލަސްތީނު މީހެއްގެ އިމާރާތެއް ތަޅާލަނީ - ޑިސެމްބަރު 22، 2025.

އިޒްރޭލު ސިފައިން އިރުމަތީ ގުދުސް ގެ ވާދީ ޤައްދޫމު ގައި ފަލަސްތީނު މީހެއްގެ އިމާރާތެއް ތަޅާލަނީ - ޑިސެމްބަރު 22، 2025.

އިޒްރޭލުގެ ބުލްޑޯޒަރުތަކުން ހޯމަ ދުވަހު އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި އެވެ.

މިއީ މި އަހަރު އެ ސަރަހައްދުގައި ހިންގުނު އެންމެ ބޮޑު މިފަދަ އަމަލު ކަމަށް އެ ސަރަަހައްދުގެ މީހުން ބުނެފައިވެއެވެ. 

ގުދުސްގެ ކައިރީގައިވާ ސިލްވާން އަވަށުގައި ހުންނަ އެ އިމާރާތުގައި ގާތްގަނޑަކަށް 100 މީހުން ދިރިއުޅެމުން ދިޔަ ބާރަ އެޕާޓްމަންޓް ހުއްޓެވެ. ދިރިއުޅުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނެވެ.

އިޒްރޭލުން ހިސޯރު ކޮށްފައިވާ އިރުމަތީ ގުދުސް ގެ އިމާރާތްތައް ތަޅާ ބަހަނާ އަކަށް އިޒްރޭލުގެ އޮފިޝަލުން ބުނަމުން އައިސްފައި ވަނީ ހުއްދަ ނުނަގާ ހަދާފައިވާ އިމާރާތްތަކަށް ވާތީ ކަމަށެވެ.

އެ އިމާރާތް ތަޅާލަން އިޒްރޭލު މީހުން ބުލްޑޯޒަރުތަކުގައި އައީ މީހުން ނިދާފައި ތިއްބާ ކަމަށާއި އެމީހުންނަށް ދިނީ ހަމަ އެކަނި މުހިންމު ލިޔެ ކިޔުންތައް ނަގާނެ ވަގުތު ކޮޅެއް ކަމަށް އިމާރާތުގައި ދިރިއުޅޭ މީހުން ބުނެފައިވެ އެވެ.

އިމާރާތުގައި ދިރިއުޅޭ އާއިލާ އަކުން އޭއެފްޕީ ގެ ރިޕޯޓަރަށް ކިޔައިދިން ގޮތުގައި އެމީހުން ދާނެ އިތުރު ތަނެއް ނެތުމާއެކު ނިދަން ޖެހޭނީ އާއިލާގެ ކާރުގެ ތެރޭގަ އެވެ.

ހޯމަ ދުވަހުގެ ފަތިހު ތިން ބުލްޑޯޒަރުން އިމާރާތް ތަޅާލަން ފެށިއިރު، އެއޭއެފްޕީގެ ނޫސްވެރިއަކަށް ފެނުނު ގޮތުގައި، އިމާރާތުގައި ދިރިއުޅޭ މީހުންގެ ހެދުންތަކާއި ގެންގުޅޭ ސާމާނު ވަނީ މަގުމައްޗަށް އުކާލާފަ އެވެ.

އިޒްރޭލުގެ ފުލުހުން ވަށައިގެންވާ މަގުތައް ބަންދުކޮށް، ސަލާމަތީ ބާރުތައް އެ ސަރަހައްދުގެ، ކައިރީގައި ހުރި ގޭގޭގެ ފުރާޅުމަތީގައި ވެސް ހަރަކާތްތެރިވެފައިވެ އެވެ.

އިޒްރޭލު ސަރުކާރުގެ ފިއްތުންތަކުގެ ސަބަބުން، އިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މިކަމަކީ އިރުމަތީ ގުދުސްގައި ވެސް އަދި ހުޅަނގު އައްސޭރީ ގައި ވެސް ޒަމާނުއްސުރެ ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލް-ފަލަސްޠީންއީސްޓް ޖެރޫސަލަމްއިމާރާތް ތަޅާލުންވެސްޓް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު