Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްޠީން

އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

ގާތްގަނޑަކަށް 100 އާއިލާ ދިރިއުޅޭ މި އިމާރާތްތައް ހުންނަނީ ނޫރު ޝަމްސް ކޭމްޕުގައި. މިއީ ފަލަސްތީނުގެ މުޖާހިދުންނާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކާ ދެމެދު ގިނަ ކުރިމަތިލުންތައް ހިނގާ ސަރަހައްދެއް.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 04:56
ޖެނުއަރީ 16، 2024 ގައި ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްމަޣްހާޒީ ރެފިއުޖީ ކޭމްޕްގައި ހަލާކުވެފައިވާ އިމާރާތެއްގެ ކުރިމަތީގައި ހުރި ފަލަސްތީނުގެ އަންހެނަކު

ޖެނުއަރީ 16، 2024 ގައި ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްމަޣްހާޒީ ރެފިއުޖީ ކޭމްޕްގައި ހަލާކުވެފައިވާ އިމާރާތެއްގެ ކުރިމަތީގައި ހުރި ފަލަސްތީނުގެ އަންހެނަކު

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް (ހުޅަނގު އައްސޭރި) ގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތައް ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ، އިޒްރޭލުގެ ބުލްޑޯޒަރުތަކުން ބުދަ ދުވަހު ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 އިމާރާތެއް ތަޅާލަން ފަށައިފިއެވެ.

ގާތްގަނޑަކަށް 100 އާއިލާ ދިރިއުޅޭ މި އިމާރާތްތައް ހުންނަނީ ނޫރު ޝަމްސް ކޭމްޕުގައެވެ. މިއީ ފަލަސްތީނުގެ މުޖާހިދުންނާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކާ ދެމެދު ގިނަ ކުރިމަތިލުންތައް ހިނގާ ސަރަހައްދެކެވެ.

އޭއެފްޕީގެ ނޫސްވެރިއަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިޒްރޭލުގެ އަސްކަރީ ބުލްޑޯޒަރުތަކާއި ކްރޭންތަކުން ވަނީ އެ އިމާރާތްތައް މުގުރާލައި ބިމާ ހަމަކޮށްލާފައެވެ. މި މަންޒަރު ބަލަން ގިނަ އަދަދެއްގެ އާންމުން ދުރުގައި ތިއްބެވެ.

އިޒްރޭލު ސިފައިން ބުނި ގޮތުގައި މިގޮތަށް އިމާރާތްތައް ތަޅާލުމަކީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގެ ބައެކެވެ. "ހުޅަނގު އައްސޭރީގެ އުތުރުގެ ނޫރު ޝަމްސް ސަރަހައްދުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން، ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަވީ ބްލޫތު ވަނީ އަސްކަރީ ބޭނުމަކަށްޓަކައި ބައެއް އިމާރާތްތައް ތަޅާލުމަށް އަމުރުކޮށްފައި،" އިޒްރޭލު ސިފައިން އޭއެފްޕީ އަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. 

މިއަހަރުގެ ކުރީކޮޅު ވެސް އިޒްރޭލުން ވަނީ ނޫރު ޝަމްސް، ތުލްކަރަމް އަދި ޖެނީން ފަދަ ކޭމްޕުތަކުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތައް ނައްތާލުމަށް ކަމަށް ބުނެ އޮޕަރޭޝަނެއް ފަށާފައެވެ. އިޒްރޭލު ސިފައިން ބުދަ ދުވަހު ބުނި ގޮތުގައި، މި ސަރަހައްދުގައި އޮޕަރޭޝަންތައް ފެށިތާ އަހަރެއް ވީއިރު ވެސް، ސިފައިންނަށް ނުރައްކާވާ ފަދަ ގޮވާއެއްޗިއްސާއި ހަތިޔާރުތައް އެ ސަރަހައްދުތަކުން ފެންނަމުންދެ އެވެ.

މި މަހުގެ ކުރީކޮޅު އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތަޅާލަން ކަނޑައަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ މީހުން ދިޔައީ އެމީހުން ގެންގުޅޭ ތަކެތި ހިފައިގެން ނިކުންނަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބުނި ގޮތުގައި އެމީހުން ދާނެ އެހެން އެއްވެސް ތަނެއް ނެތެވެ.

މިގޮތަށް އިމާރާތްތައް ތަޅާލުމަކީ ހުޅަނގު އައްސޭރީގެ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގެ ތެރޭގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ މަގުތައް ހެދުމަށް ގެންގުޅޭ ނުބައި ރޭވުމެއްގެ ބައެކެވެ. އިޒްރޭލުން ފަލަސްތީނުގެ ބިންތައް 1967 އިން ފެށިގެން ވަނީ އިސްތިއުމާރު ކޮށްފަ އެވެ.

ނޫރު ޝަމްސް ކޭމްޕަކީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމާ ގުޅިގެން ފަލަސްތީނުގެ އެތައް ހާސް ބަޔަކު އެމީހުންގެ ގެދޮރުން ބޭރުކޮށްލުމުން އުފެދުނު ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން ކޭމްޕެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، މި ކޭމްޕުތައް ވަނީ ކައިރީގައި ހުރި ސިޓީތަކުގެ ބާރު ނުހިނގާ، ތޮއްޖެހިފައިވާ އަވަށްތަކަކަށް ބަދަލުވެފައެވެ. މިތަނުގައި ދިރިއުޅޭ މީހުން އެމީހުންގެ ރެފިއުޖީ ހައިސިއްޔަތު އެއް ޖީލުން އަނެއް ޖީލަށް އަންނަނީ ވާރުތަ ވަމުންނެވެ.

މި ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިޒްރޭލުން މަސައްކަތް ކުރަނީ ކޭމްޕުތަކުގެ މަފްހޫމް ނައްތާލައި، އެތަންތަނަކީ ސިޓީތަކުގެ އާދައިގެ އަވަށްތަކަކަށް ބަދަލު ކުރުމަށެވެ. އެއީ ރެފިއުޖީންގެ މައްސަލަ މުޅިން ފޮހެލުމުގެ ބޭނުމުގައެވެ.

އިޒްރޭލް-ފަލަސްޠީންވެސްޓް ބޭންކްނޫރު ޝަމްސް ކޭމްޕުފަލަސްތީނު ރެފިއުޖީން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި

އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި

22 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު