Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޤައުމުގެ ރައީސް ބާރުގައި ނުހުންނަވާ ޙާލަތުގައި، ސަރުކާރުގެ އިދާރީ ކަންކަން އަދި ސިޔާދަތުގެ ދިފާއު ކަށަވަރު ކުރުމަށް ތަންފީޒު ކުރެވޭނެ ޤާނޫނީ އިމުގެ ހަމަތައް ކަނޑަ އެޅުމަށް، އެ ކޯޓުން މައްސަލައިގައި ބަހުސް ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 10:20
އެމެރިކާގެ ރައީސް ނިކޮލަސް މަދޫރޯ އާއި، އޭނާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް، ސުޕްރީމް ކޯޓުން ވަނީ ވަގުތީ ރައީސް އަކީ ރޮޑްރިގޭޒް ކަމަށް ކަނޑައަޅުއްވާފައި

އެމެރިކާގެ ރައީސް ނިކޮލަސް މަދޫރޯ އާއި، އޭނާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް، ސުޕްރީމް ކޯޓުން ވަނީ ވަގުތީ ރައީސް އަކީ ރޮޑްރިގޭޒް ކަމަށް ކަނޑައަޅުއްވާފައި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމާ ގުޅިގެން، އެ ޤައުމުގެ ވަގުތީ ރައީސް އަކީ މަދޫރޯގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ކަމަށް، ވެނެޒުއެލާގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ. 

އާދީއްތަ ދުވަހު ވެނެޒުއެލާގެ ސުޕްރީމް ކޯޓުގެ ކޮންސްޓިޓިއުޝަނަލް ޗެމްބަރުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ވަގުތީ ގޮތުން ރައީސް ކަމުގެ މަގާމު ރޮޑްރިގޭޒް ފުރުއްވުމަށް އަމުރު ކުރައްވާ ކަމަށެވެ. 

ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ވެނެޒުއެލާގެ ރައީސް ކަމުގެ މަގާމު ރޮޑްރިގޭޒް ފުރުއްވަން ޖެހޭނީ އިދާރީ ކަންކަން ދެމެހެއްްޓުމަށާއި، ޤައުމުގެ ފުރިހަމަ ދިފާއު ކަށަވަރު ކުރެއްވުމަށް ކަމަށެވެ. 

މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޤައުމުގެ ރައީސް ބާރުގައި ނުހުންނަވާ ޙާލަތުގައި، ދައުލަތުގެ ދެމެހެއްޓެނިވި ކަމަށާއި، ސަރުކާރުގެ އިދާރީ ކަންކަން އަދި ސިޔާދަތުގެ ދިފާއު ކަށަވަރު ކުރުމަށް ތަންފީޒު ކުރެވޭނެ ޤާނޫނީ އިމުގެ ހަމަތައް ކަނޑަ އެޅުމަށް، އެ ކޯޓުން މައްސަލައިގައި ބަހުސް ކުރާނެ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް މަދޫރޯ ހައްޔަރު ކުރުމާ އެކު، ވެނެޒުއެލާގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން މަދޫރޯ ހައްޔަރުކޮށް، އެ ޤައުމުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ވެނެޒުއެލާގެ ސަރުކާރުގެ މުސްތަޤުބަލާ މެދު ވަނީ ސުވާލު ތަކެއް އުފެދިފަ އެވެ. 

ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މި ނިންމުމަކީ، އެ ޤައުމުގެ ޤާނޫނު އަސާސީގެ ދަށުން ނައިބު ރައީސް އަށް ލިބިދޭ ބާރުތަކާ އެއް ގޮތަށް ނިންމާފައިވާ ނިންމުމެކެވެ. ޤައުމުގައި ރައީސް ނެތް ޙާލަތެއް މެދުވެރިވެއްޖެ ނަަމަ، ނުވަތަ ރައީސް ކަމުގެ ވާޖިބު އަދާ ކުރުމަށް ރައީސް ނުކުޅެދޭ ޙާލަތެއް އަތުވެއްޖެ ނަމަ، ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ވާނީ ނައިބު ރައީސް ކަަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައި އެވެ. 

ރޮޑްރިގޭޒް އަކީ ވެނެޒުއެލާގެ ސިޔާސީ މައިދާނުގައި ވަރަށް ބާރުގަދަ ބޭފުޅެއް ކަމަށްވާއިރު، މަދޫރޯގެ ސަރުކާރުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ ވެސް އެކަމަނާ އެވެ. ނަމަވެސް، ރައީސް ކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް އަދާ ކުރެއްވުމަށް ސުޕްރީމް ކޯޓުން އަމުރު ކުރެއްވުމާ އެކު، ވެނެޒުއެލާގެ ސިޔާސީ ލީޑަރުން އަދި ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. 

މަދޫރޯ ހައްޔަރު ކުރުމާ ގުޅިގެން މީގެ ކުރިން ރޮޑްރިގޭޒް ވަނީ، ވެނެޒުއެލާގެ ހަމައެކަނި ރައީސް އަކީ މަދޫރޯ ކަމަށް ވިދާޅުވެފަ އެވެ. އަދި މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ވަގުތު މިނިވަން ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ވެނެޒުއޭލާނިކޮލަސް މަދޫރޯޑެލްސީ ރޮޑްރިގޭޒްރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާވެނެޒުއެލާ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

04 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު