Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

މަދޫރޯ ވަގުތުން މިނިވަން ކުރުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި

އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ޗައިނާ އިން ސިފަކުރި

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 12:41
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ގާތް ގުޅުން ދަމަހައްޓަވާފައި

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ގާތް ގުޅުން ދަމަހައްޓަވާފައި

އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ވެރިރަށް ކަރަކަަސް އާއި އެހެނިހެން ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔަ މައްސަލައިގައި، އޭނާ ވަގުތުން މިނިވަންކުރުމަށް ޗައިނާއިން ގޮވާލައިފިއެވެ.

އާދީއްތަ ދުވަހު ބެއިޖިންގް އިން ނެރުނު ބަޔާނެއްގައި، ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ބާރުއަޅައި، ވެނެޒުއޭލާގެ ސަރުކާރު ވައްޓާލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ޗައިނާއިން ސިފަކުރިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އިއުލާނު ކުރެއްވި ފަހުން، ހޮނިހިރު ދުވަހުގެ ފަހުން ޗައިނާއިން މި މައްސަލައިގައި ނެރުނު ދެވަނަ ބަޔާނެވެ. ހޮނިހިރު ދުވަހު ޗައިނާއިން ވަނީ އެމެރިކާގެ މި "އިސްތިއުމާރީ އަމަލުތަކާއި" ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ކުށްވެރިކޮށް، އދ. ގެ ޗާޓަރަށް އިހުތިރާމްކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ.

ސެންޓަރ ފޯ ޗައިނާ އެންޑް ގްލޯބަލައިޒޭޝަންގެ ސީނިއަރ ރިސާޗް ފެލޯ، އެންޑީ މޯކް ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ ވެނެޒުއޭލާގެ މަޝްރަހު ވަރަށް ގާތުން ބަލަމުންނެވެ. އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ މި ހަރަކާތް ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން ޗައިނާގެ ވަފުދެއް ވެނެޒުއޭލާގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. 

މޯކް އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާ އަކީ ވެނެޒުއޭލާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. ހަކަތައިގެ އިތުރުން ލެޓިން އެމެރިކާގެ ސަރަހައްދުގައި ޗައިނާގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ފުޅާވަމުންދާތީ، އެ ސަރަހައްދަށް އަންނަ ސިޔާސީ ބަދަލުތަކަށް ބެއިޖިންގް އިން ވަރަށް ބޮޑަށް ސަމާލުކަންދެއެވެ.

ނަމަވެސް، ޗައިނާގައި ހުންނަވާ އެނަލިސްޓް ޝޯން ރެއިން އަލް ޖަޒީރާ އަށް ވިދާޅުވި ގޮތުގައި، ޗައިނާ އިން މިކަމަށް ރައްދު ދޭނީ އަސްކަރީ ބާރުގެ ބަދަލުގައި ހަމައެކަނި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިންނެވެ. ޗައިނާ މާކެޓް ރިސާޗް ގްރޫޕްގެ ބާނީ ރެއިން ވިދާޅުވީ، ޗައިނާ އިން އެމެރިކާގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރި ނަމަވެސް، އެމެރިކާއާ ދެކޮޅަށް އަސްކަރީ ގޮތުން ނުވަތަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެއީ ޗައިނާގެ އަސްކަރީ ބާރު އެމެރިކާއާ އަޅާބަލާއިރު ކުޑަވުމާއި، ތާރީޚީ ގޮތުން ޗައިނާ އަކީ ހަނގުރާމަ އަށް ލޯބިކުރާ ގައުމަކަށް ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ވެނެޒުއެލާނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާ-ވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

04 ޖެނުއަރީ 2026
މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

04 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު