Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދޫރޯ ހައްޔަރުކުރި މައްސަލަ

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

5 ޖެނުއަރީ 2026 | ހޯމަ 05:01

އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް އެގައުމުން ބޭރަށް ވަނީ ގެންގޮސްފައި. މިކަމާއި ގުޅިގެން ކޮލަމްބިއާ، ކިއުބާ، ޗިލީ، މެކްސިކޯ، ބްރެޒިލް، ރަޝިއާ، ޗައިނާ އަދި އިންޑޮނޭޝިއާ ފަދަ ދުނިޔޭގެ އެތައް ގައުމަކުން އެމެރިކާގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރި. މިނިވަން ހާރިޖީ ސިޔާސަތަކަށް ދައުވާކުރާ ރާއްޖޭގެ ސަރުކާރުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ފޮރިން މިނިސްޓަރާއި ސުވާލު ކުރުމުން ޖަވާބެއް ވެސް ނުދެއްވާ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޖެނުއަރީ 2026 | ހޯމަ 05:01
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދުނިޔޭގެ އެކި ގައުމުތަކުން އެކަން ކުށްވެރިކުރަމުން އަންނަ އިރު މިނިވަން ހާރިޖީ ސިޔާސަތަކަށް ދައުވާ ކުރާ ދިވެހި ސަރުކާރުން އެކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުނުވިތާގައި، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ޖަވާބެއް ނުދެއްވި އެވެ. 

ވެނުޒެއެލާއަށް އެމެރިކާ އިން ހަމަލާދީ އެގައުމުގެ ރައީސް މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ހައްޔަރު ކުރީ 2 ޖެނުއަރީ 2026 ވީ ހުކުރު ދުވަހު އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ ގެ ޓްރުތް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ އިން ވެނެޒުއެލާ އާއި އެ ޤައުމުގެ ރައީސް މަދޫރޯއާ ދެކޮޅަށް ބޮޑެތި ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށެވެ. އެ ހަމަލާ ތަކުގައި މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ހައްޔަރުކޮށް، އެ ޤައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ހައްޔަރުކޮށް، އެ ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އެމެރިކާ އަދި ޓްރަމްޕުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. މިކަމާއި ގުޅިގެން ކޮލަމްބިއާ އިން ބުނެފައިވަނީ ވެނެޒުއޭލާ އާއި މުޅި ލެޓިން އެމެރިކާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަށް ދިން ހަމަލާ ކޮލަމްބިއާ އިން ބަލައި ނުގަންނަ ކަމަށެވެ. 

މިކަމާއި ގުޅިގެން ކިއުބާއިން ވަނީ ވޮޝިންޓަނުން ވެނެޒުއޭލާ އާ ދެކޮޅަށް ހިންގީ "ޖިނާއީ އުދުވާނެއް" ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން މީގެ ރައްދު އަވަހަށް ދޭންޖެހޭނެ ކަމަށް ބުނެފައެވެ. އަދި ޗިލީ އިން ބުނެފައިވަނީ  ވެނެޒުއޭލާ ގައި އެމެރިކާ އިން ހިންގި އަސްކަރީ ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރާ ކަމަށެވެ. 

މީގެ އިތުރުން ވެސް މެކްސިކޯ، ބްރެޒިލް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އިރާން، ރަޝިއާ، އިނގިރޭސީވިލާތް، ޔޫރަޕިއަން ޔޫނިއަން, ޗައިނާ އަދި އިންޑޮނޭޝިއާ އިން ވަނީ މިކަން ކުށްވެރިކޮށްފަ އެވެ. 

ރާއްޖޭގައި މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ މިނިވަން  ހާރިޖީ ސިޔާސަތެއް ކަމަށް ބުނަމުން އައި ނަމަވެސް، ވެނެޒުއެލާގެ ރައީސް ހައްޔަރު ކުރި މައްސަލައިގައި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އަދި މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލާއި ސުވާލު ކުރުމުން ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާ އިރު، ފޯނަށް ގުޅުމުން ޖަވާބެއް ވެސް ނުދެއްވަ އެވެ. އަދި ސަރުކާރުގެ ސްޓޭންޑަކީ މިކަމުގައި ކޮބައިތޯ ވެސް ސާފުކޮށްދީފައި ނުވެ އެވެ. 

ނިކޮލަސް މަދޫރޯވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްޑރ. އަބްދުﷲ ޚަލީލްރައީސް މުއިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

މަދޫރޯ ވަގުތުން މިނިވަން ކުރުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި

04 ޖެނުއަރީ 2026
މަދޫރޯ ވަގުތުން މިނިވަން ކުރުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި
04 ޖެނުއަރީ 2026

ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ވަގުތީ ރައީސް އަކީ، ނައިބު ރައީސް ރޮޑްރިގޭޒް ކަމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
04 ޖެނުއަރީ 2026

މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ

04 ޖެނުއަރީ 2026
މަދޫރޯ އަކީ ޤާނޫނީ ރައީސެއް ނޫން: ސްޓާމާ
04 ޖެނުއަރީ 2026

މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

04 ޖެނުއަރީ 2026
މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި
04 ޖެނުއަރީ 2026

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
03 ޖެނުއަރީ 2026

ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

03 ޖެނުއަރީ 2026
ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
03 ޖެނުއަރީ 2026

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

03 ޖެނުއަރީ 2026
ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް