Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ-އެމެރިކާ

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

އެތައް މަސްތަކެއްގެ ތައްޔާރީއަކަށް ފަހު 150 މަތިންދާބޯޓާއި ޑެލްޓާ ފޯސް ސިފައިން ބައިވެރިވެ ކަރާކަސްގައި ހުންނަ މަދޫރޯގެ ގަނޑުވަރަށް ހަމަލާދީ އޭނާ ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގީ އަނބިކަނބަލުންނާއެކު އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 02:39
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް ޕްލެޓްފޯމް ޓްރުތް ސޯޝަލްގައި ޝާއިއުކުރި މި ފޮޓޯ އިން ފެންނަނީ ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިނގަމުންދާ ގޮތް ޓްރަމްޕް ބައްލަވަމުން ގެންދަވާ ތަނެވެ.

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑޭން ކޭން "އެބްސޮލިއުޓް ރިޒޯލްވް" ގެ ނަމުގައި މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާ ހިންގި އަސްކަރީ އޮޕަރޭޝަންގެ ތަފްސީލުތައް ހިއްސާކުރައްވައިފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވެސް ބައިވެރިވިވެޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޅި އޮޕަރޭޝަން ހިންގަމުން ދިޔަ ގޮތް ވަނީ ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް، އެހީތެރިޔާ ސްޓީވަން މިލާ އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އެކު ޕާމް ބީޗްގައި ހުންނަ ޓްރަމްޕް ގެ މާ-އޭ-ލަގޯ ރެސިޑެންސްގައި މަދޫރޯ ހައްޔަރު ކުރުމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ވައިޓް ހައުސް އިން ހާމަ ކޮށްފައިވާ ފޮޓޯ ތަކުން ހާމަވާ ގޮތުގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަން، ރައީސް ޑޮނަލްޑް ޓްރަމްޕް ބައްލަވަމުން ގެންދެވީ ފްލޮރިޑާގެ މާ-އަ-ލާގޯގައި ހުންނަވައިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ޓްރަމްޕް ގެންދެވީ ސޯޝަލް މީޑިއާގެ ޚަބަރުތަކާއި އޮޕަރޭޝަންގެ ލައިވް މަންޒަރުތައް ސްކްރީނަކުން ބައްލަވަމުންނެވެ. ފަހުން ފޮކްސް ނިއުސް އަށް ދެއްވި އިންޓަރވިއުއެއް ގައި ވެސް ޓްރަމްޕް ވަނީ އެ ވާހަކަ ވިދާޅުވެފަ އެވެ.

މަދޫރޯ އޮންނެވީ އަނބިކަނބަލުންނާ އެކު އަވަހާރަފުޅު ލައްޕަވަން

ކަރަކާސް ގައި ހުންނަ މަދޫރޯގެ ގަނޑުވަރުގެ ތެރެއަށް އެމެރިކާގެ ތަމްރީނު ލިބިފައިވާ "ޑެލްޓާ ފޯސް" ގެ ސިފައިން ވަދެގަތްއިރު، މަދޫރޯ އޮންނެވީ އަނބިކަނބަލުން ސިލިއާ ފްލޯރެސްއާ އެކު އަވަހާރަފުޅުލައްޕަވާށެވެ. މަދޫރޯ ސަލާމަތްވުމަށްޓަކައި އޭނާގެ ރައްކާތެރި ކޮޓަރިއަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށް، ސިފައިން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، އެމެރިކާގެ ހެލިކޮޕްޓަރުތައް ވަނީ މަދޫރޯ ގޮވައިގެން ކަނޑު ހުރަސްކޮށް ދަތުރުކޮށްފައެވެ. ރައީސް ޓްރަމްޕް "ޓްރުތް ސޯޝަލް" ގައި ހިއްސާކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި، މަދޫރޯ ހުންނެވީ ބިޑިއަޅުވައި، ލޯ ނިވާކުރާ އައިނެއް އަޅުވައި، އަޅިކުލައިގެ ހެދުމެއްގައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރުތް ސޯޝަލް ޕްލެޓްފޯމް ގައި ޕޯސްޓްކުރެއްވި މި ފޮޓޯ އިން ފެންނަނީ ނިކޮލަސް މަދޫރޯ އެމެރިކާގެ ހައްޔަރު ގައި ހުންނަވަނިކޮށްނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރުތް ސޯޝަލް ޕްލެޓްފޯމް ގައި ޕޯސްޓްކުރެއްވި މި ފޮޓޯ އިން ފެންނަނީ ނިކޮލަސް މަދޫރޯ އެމެރިކާގެ ހައްޔަރު ގައި ހުންނަވަނިކޮށްނެވެ.

އެތައް މަސްތަކެއްގެ ރޭވުމެއް

މި އޮޕަރޭޝަން ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ސީނިއާ އެޑްވައިޒަރު ސްޓެފަން މިލާ އެވެ. މި އޮޕަރޭޝަންގެ ތައްޔާރީތައް ޑިސެމްބަރު މަހުގެ މެދުތެރޭގައި ފެށި ނަމަވެސް، މަދޫރޯ ވެރިކަމުން ދުރުކުރުމުގެ ރޭވުންތައް މީގެ މަސްތަކެއް ކުރިން ވަނީ ފަށާފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ. އެ ގޮތުން ސީ.އައި.އޭ  އިން ވަނީ ސިއްރު ގޮތެއްގައި ޓީމެއް ވެނެޒުއޭލާ އަށް ފޮނުވައި، މަދޫރޯގެ ހަރަކާތްތަކާއި، އޭނާ އުޅުއްވާ ތަންތަނާއި، ކައިބޮއި އުޅޭ ގޮތް އަދި އޭނާ ގެންގުޅުއްވާ ޖަނަވާރުތަކުގެ މައުލޫމާތު ވެސް ހޯދާފައި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގެ ކޭން ވިދާޅުވި އެވެ.

މީގެ އިތުރުން ވެނެޒުއޭލާ ސަރުކާރުގެ ތެރޭގައި އުޅޭ ސީ.އައި.އޭގެ އެޖެންޓަކު ވެސް ވަނީ މަދޫރޯ ހުންނެވި ތަނުގެ ސީދާ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދީފައެވެ.

މި އޮޕަރޭޝަނާ ގުޅޭ ތަފްސީލުތައް ހާމަވުމާއެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ބައެއް ޑިމޮކްރެޓިކް މެންބަރުން ވަނީ ސަރުކާރުގެ އިސް އޮފިޝަލުން ކޮންގްރެސް އަށް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކޮށްފައެވެ. ސަބަބަކީ މަދޫރޯގެ ވެރިކަން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް މީގެ ކުރިން އޮފިޝަލުން ކޮންގްރެސް އަށް ވިދާޅުވެފައިވާތީއެވެ.

އޮޕަރޭޝަން ހިންގި ގޮތް

މަސްތަކެއް ވަންދެން ތައްޔާރުވަމުންދިޔަ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ޓްރަޕްމް އަމުރުކުރެއްވީ ޖެނުއަރީ 2 ވަނަ ދުވަހުގެ ރޭގަނޑު 10:46 ގައި (ޖީ.އެމް.ޓީ އިން ޖެނުއަރީ 3 ގެ 03:46 ގައި) ގަ އެވެ.

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް ގައި "އޮޕަރޭޝަން އެބްސޮލިއުޓް ރިޒޯލްވް" ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި 150 މަތިންދާބޯޓާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ. މޫސުން ގޯސްވުމާއި އެހެނިހެން ސަބަބުތަކާ ހުރެ އޮޕަރޭޝަން ފެށުން ލަސްވި ނަމަވެސް، ރައީސް ޓްރަމްޕް ހުއްދަ ދެއްވުމާއެކު އެމެރިކާގެ 20 ބޭހަކުން މަތިންދާބޯޓުތައް އުދުއްސާލިއެވެ.

މި މަތިންދާބޯޓުތަކުން ވަނީ ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުތަކަށް ހަމަލާދީ، ހެލިކޮޕްޓަރުތަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ސައިބަރ ހަމަލާތައް ވެސް ދީފައެވެ. އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އަސްކަރީ އޮފިޝަލުން ހިމެނޭ ފައުޖުން، ކަރާކަސް ގައި ހުންނަ މަދޫރޯގެ ގަނޑުވަރަށް ފޭބީ މެންދަމު 2:01 ގައެވެ.  ސިފައިން މަދޫރޯގެ ގަނޑުވަރަށް ދިޔަ ވަގުތު ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށާއި، އެމެރިކާގެ އެއް ހެލިކޮޕްޓަރަށް ގެއްލުންވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހެލިކޮޕްޓަރު އޮތީ ދަތުރުކުރެވޭ ހާލާތުގައި ކަމަށާއި އެހެން ކަމުން އަނބުރާ ބޭސް އަށް އެ ހެލިކޮޕްޓަރު ވަނީ އައިސްފައި ކަމަށް ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެމެރިކާގެ ސިފައިން ހިންގި އޮޕަރޭޝަންގެ ތެރޭގައި މަދޫރޯ މަރުވުމުގެ ފުރުސަތު އޮތްތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެފަދަ ކަމެއް ހިނގުން އެކަށީގެންވާ ކަމަށާއި، އޭނާ (މަދޫރޯ) މަސައްކަތް ކުރަމުންދިޔައީ ރައްކާތެރި ތަނަކަށް ވަދެ ފިއްލެވުމަށް ކަމަށެވެ.

"އެ ވަގުތު ވަރަށް ގިނައިން ބަޑީގެ ހަމަލާތައް ބަދަލުކުރެވެމުންދިޔަ... އޭނާ ރައްކާތެރި ތަނަކަށް ދާން މަސައްކަތް ކުރި ނަމަވެސް، އެއީ ރައްކާތެރި ތަނެއް ނޫން. އެއީ އަހަރެމެން އެތަނުގެ ދޮރު ގޮއްވާލަން ތައްޔާރަށް ތިބީމަ،" ޓްރަމްޕް ވިދާޅުވިއެވެ. "އޭނާ ދޮރާ ހަމައަށް ދިޔަ، ނަމަވެސް ދޮރު ލެއްޕޭގޮތެއް ނުވި.

"ދައުވާ އުފުލާފައިވާ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަމާންދިނުމުން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ބެލުމުގެ ދަށަށް އެމީހުން ގެނެވުނު،" ކޭން ވިދާޅުވިއެވެ. އަދި އެ ސަރަހައްދުން ނުކުތް ވަގުތު ހަމަލާތަކެއް ކުރިމަތިވި ނަމަވެސް، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަތިހު 4:29 ހާއިރު މަދޫރޯ ގޮވައިގެން ސިފައިން ކަނޑުމައްޗަށް އަރާ، އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އައިވޯ ޖިމާ" އަށް އޭނާ ގެންދެވުނެވެ.

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ ސިފައިންނާ ހަވާލުވުމުން، އެމީހުން ފުރަތަމަ ގެންދެވުނީ ކިއުބާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު "ގުއަންޓަނާމޯ ބޭ" އަށެވެ. އަދި އޭގެ ފަހުން ހޮނިހިރު ދުވަހުގެ ރޭ ނިއުޔޯކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި މުޅި އޮޕަރޭޝަން ރައީސް ޓްރަމްޕް ބައްލަވަމުން ގެންދެވީ އަސްކަރީ ޖެނެރަލުންނާ އެކު  އޭނާގެ އަމިއްލަފުޅު ރިސޯޓު މާ-އަ-ލާގޯގައި ތިއްބަވައިގެންނެވެ.

ނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއެލާއޮޕަރޭޝަން އެބްސޮލިއުޓް ރިޒޯލްވް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

04 ޖެނުއަރީ 2026
ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

03 ޖެނުއަރީ 2026
ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

03 ޖެނުއަރީ 2026
ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

03 ޖެނުއަރީ 2026
އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

03 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު