Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

މަދޫރޯ ހައްޔަރު ކުރީ އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް، އެމެރިކާގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި

4 ޖެނުއަރީ 2026 | އާދީއްތަ 06:44

ސެނެޓަރު ލީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން މަދޫރޯ ހައްޔަރު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގައި އިންސާފުގެ ކުރި މައްޗަށް ޙާޒިރު ކުރުމަށް ކަމަށް ވެސް، ރޫބިއޯ ވިދާޅުވެފައިވާ ކަމަށް. އަދި އެކަމުގެ މައުލޫމާތު ރޫބިއޯ ސެނެޓު މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2026 | އާދީއްތަ 06:44
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ކެރީބިއަން ކަނޑުގައި ބޯޓު ފަހަރަށް ދެމުން އަންނަ ހަމަލާ ތަކުގެ މައުލޫމާތު ކޮންގްރެސްއާ ހިއްސާ ކުރެއްވުމަށް ވަޑައިގެންނެވުމުގެ ތެރެއިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ކެރީބިއަން ކަނޑުގައި ބޯޓު ފަހަރަށް ދެމުން އަންނަ ހަމަލާ ތަކުގެ މައުލޫމާތު ކޮންގްރެސްއާ ހިއްސާ ކުރެއްވުމަށް ވަޑައިގެންނެވުމުގެ ތެރެއިން

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ކަަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ކަމަށް އެ ޤައުމުގެ ސެނެޓު މެމްބަރަކު ހާމަ ކުރައްވައިފި އެވެ. 

އެކަން ހާމަ ކުރައްވާފައި ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މައިކް ލީ އެވެ. ހޮނިހިރު ދުވަހު ލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ބެލުމުގެ ދަށަށް މަދޫރޯ ގެނެސްފައިވާތީ، ވެނެޒުއެލާގައި އިތުރު ފިޔަވަޅެއް އަޅަން ނުޖެހޭނެ ކަމށް ލަފާ ކުރެވޭ ކަމަށެވެ. 

އިތުރަށް ސެނެޓަރު ލީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން މަދޫރޯ ހައްޔަރު ކޮށްފައި ވަނީ އޭނާ ގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގައި އިންސާފުގެ ކުރި މައްޗަށް ޙާޒިރު ކުރުމަށް ކަމަށް ވެސް، ރޫބިއޯ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ރޫބިއޯ ސެނެޓު މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލީގެ މި ވާހަކަ ތަކަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ. މަދޫރޯ ހައްޔަރު ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވަރުގަދަ އަދި ރޭވުންތެރި އޮޕަރޭޝަނެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

ވެނެޒުއެލާގައި މަދޫރޯ ވެރިކަން ކުރަމުން އަންނަ ގޮތާ މެދު، އެމެރިކާ އިން ވަނީ އެތައް ފަހަރެއްގެ މަތިން ފާޑު ކިޔައިފަ އެވެ. އެގޮތުން އެމެރިކާ އިން ވަނީ ވެނެޒުއެލާއާ ދެކޮޅަށް ދަތި ކުރުމުގެ އެތައް ފިޔަވަޅު ތަކެއް ވެސް އަޅައިފަ އެވެ. އަދި މަދޫރޯ އާއި، އޭނާ ގެ އާއިލާއާ ދެކޮޅަށް ވެސް އެމެރިކާ އިން ފިޔަވަޅު ތަކެއް އަޅާފައިވެ އެވެ. 

ވެނެޒުއެލާގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ދަތި ދުވަސް ތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އޭނާގެ ވެރި ކަމުގައި ވެނެޒުއެލާގެ ގިނަ ރައްޔިތުން ވަނީ ޤައުމު ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކޮށްފަ އެވެ. މަދޫރޯގެ ވެރި ކަމަކީ އެމެރިކާ އިން ބަލައި ގަންނަ ވެރި ކަމަަކަށް ނުވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ޣައިރު ޤާނޫނީ ވެރި ކަމެއް ކަމަށެވެ. 

މަދޫރޯ ހައްޔަރު ކުރުމާ ގުޅިގެން ވެނެޒުއެލާގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، އެކަމުގެ އުފާ ފާޅު ކުރާ ރައްޔިތުން ވެސް އެބަ ތިއްބެވެ.

ނިކޮލަސް މަދޫރޯމާކޯ ރޫބިއޯ މައިކް ލީރައީސް ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާއެމެރިކާ-ވެނެޒުއޭލާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 ޖެނުއަރީ 2026
ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
03 ޖެނުއަރީ 2026

ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

03 ޖެނުއަރީ 2026
ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
03 ޖެނުއަރީ 2026

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

03 ޖެނުއަރީ 2026
ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟
03 ޖެނުއަރީ 2026

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

03 ޖެނުއަރީ 2026
ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ
03 ޖެނުއަރީ 2026

އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

03 ޖެނުއަރީ 2026
އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް
03 ޖެނުއަރީ 2026

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
02 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!

02 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް