Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާ

ވެނެޒުއެލާގެ ނައިބު ރައީސް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

4 ޖެނުއަރީ 2026 | އާދީއްތަ 06:38

ރޮޑްރިގޭޒްގެ މައުލޫމާތު އިނގޭ ހަތަރު މަސްދަރަކުން މީޑިއާ ތަކަށް ބުނެފައިވާ ގޮތުގައި، އެކަަމަނާ ހުންނެވީ ރަޝިޔާގައި. ނަމަވެސް، ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ވަނީ އެކަން ދޮގު ކޮށްފައި. ރޮޑްރިގޭޒް ހުންނެވީ ރަޝިޔާގައި ނޫން ކަމަަށް އެ ޤައުމުން ބުނެފައިވާއިރު، އިތުރު ސުވާލު ތަކެއް މިހާރު ވަނީ އުފެދިފައި. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2026 | އާދީއްތަ 06:38
ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ހުންނެވީ ރަޝިޔާގައި ކަމަށް ބުނާ ވާހަކަ، ރަޝިޔާ އިން ދޮގު ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް، ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފަ އެވެ. މަަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ އިން ހައްޔަރު ކޮށްގެން ގެންދިޔައިރު، ވެނެޒުއެލާގެ އެންމެ އިސް ފަރާތަކަށް މިހާރު ހުންނެވީ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އެވެ. 

ރޮޑްރިގޭޒްގެ މައުލޫމާތު އިނގޭ ހަތަރު މަސްދަރަކުން މީޑިއާ ތަކަށް ބުނެފައިވާ ގޮތުގައި، އެކަަމަނާ ހުންނެވީ ރަޝިޔާގަ އެވެ. ނަމަވެސް، ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ވަނީ އެކަން ދޮގު ކޮށްފަ އެވެ. ރޮޑްރިގޭޒް ހުންނެވީ ރަޝިޔާގައި ނޫން ކަމަަށް އެ ޤައުމުން ބުނެފައިވާއިރު، އިތުރު ސުވާލު ތަކެއް މިހާރު ވަނީ އުފެދިފަ އެވެ. 

ރޮޑްރިގޭޒްގެ ބޭބެ، އަދި ވެނެޒުއެލާގެ ޤައުމީ މަޖިލީގުގެ ރައީސް ޖޯޖް ރޮޑްރިގޭޒް ހުންނެވީ ވެނެޒުއެލާގެ ވެރި ރަށް ކަރަކަސްގައި ކަމަށް ބައެއް މަސްދަރު ތަކުން ވަނީ ބުނެފަ އެވެ. 

ވެނެޒުއެލާގެ ނައިބު ރައީސް ރޮޑްރިގޭޒް ހުންނެވި ސީދާ ތަނެއް އިނގެން ނެތް ނަމަވެސް، ހޮނިހިރު ދުވަހު އޭނާ ވަނީ ސަރުކާރުގެ ޓީވީ މެދުވެރިކޮށް އޯޑިއޯ ބަޔާނެއް އާންމު ކުރައްވައިފަ އެވެ. އެ ބަޔާނުގައި އޭނާ ވަނީ ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި، އޭނާގެ އަނބިކަނބަލުން ސަލާމަތު ތިބި ކަމުގެ ހެކި ދެއްކުމަށް ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން އޭނާ ގޮވާލައްވާފައި ވަނީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަގުތުން މިނިވަން ކުރުމަށެވެ. އަދި ވެނެޒުއެލާގެ ރައީސް އަކީ މަދޫރޯ ކަމަށާއި، ވެނެޒުއެލާގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް، ނައިބު ރައީސް ރޮޑްރިގޭޒް ވަނީ ވިދާޅުވެފަ އެވެ. 

ހޮނިހިރު ދުވަހު އެމެރިކާ އިން ވެނެޒުއެލާ އަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، މިއީ ދެ ޤައުމުގެ ދެ މެދުގައި ގިނަ ދުވަސް ތަކެއް ވަންދެން އޮތް ނުތަނަވަސް ކަމުގެ ތެރޭގައި ހިނގި ކަންތައްތަކެވެ. އެމެރިކާގެ ހަމަލާއާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި އަންނަނީ ގިނަ ސުވާލު ތަކެއް އުފައްދަމުންނެވެ. އެގޮތުން ވެނެޒުއެލާގެ ސަރުކާރުގެ އިސް ވެރިން ތިބީ ހެޔޮ ޙާލުގައިތޯ، އަދި އެ ބޭފުޅުން ކޮބައިތޯ ވަނީ ސުވާލު އުފައްދައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

ޑެލްސީ ރޮޑްރިގޭޒްނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާރަޝިއާއެމެރިކާ-ވެނެޒުއެލާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ހަމައެކަނި ރައީސަކީ ނިކޮލަސް މަދޫރޯ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް  ވިދާޅުވެއްޖެ
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރު ކުރަން އެމެރިކާ އިން ހިންގި އޮޕަރޭޝަން ގެ ތަފްސީލު މި އޮތީ!
04 ޖެނުއަރީ 2026

ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

04 ޖެނުއަރީ 2026
ވެނެޒުއޭލާގެ ރައީސް މަދޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
03 ޖެނުއަރީ 2026

ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

03 ޖެނުއަރީ 2026
ވެނެޒުއޭލާ ގެ ވެރިކަން ހިންގާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
03 ޖެނުއަރީ 2026

ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟

03 ޖެނުއަރީ 2026
ވެނެޒުއޭލާ އަށް އެމެރިކާ އިން ބޮން އަޅައި، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ "ހައްޔަރުކުރުމާ" ގުޅިގެން ދުނިޔޭގެ ގައުމުތަކުން ބުނީ ކީކޭ؟
03 ޖެނުއަރީ 2026

ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ

03 ޖެނުއަރީ 2026
ގައުމުތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަކީ އެމެރިކާ އިން ކުރި އައު ކަމެއް ނޫން، ލިސްޓަށް އެންމެ ފަހުން މި އިތުރުވީ ވެނެޒުއޭލާގެ މަދޫރޯ
03 ޖެނުއަރީ 2026

އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް

03 ޖެނުއަރީ 2026
އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާ ދީފި، ޓްރަމްޕް ވިދާޅުވީ މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައިވާ ކަމަށް
03 ޖެނުއަރީ 2026

ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި

03 ޖެނުއަރީ 2026
ޓްރަމްޕްގެ ޤާނޫނާ ޚިލާފު ބިރު ދެއްކުން ކުށްވެރިކޮށް، އީރާން އިން އދ އަށް ސިޓީ ފޮނުވައިފި
02 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!

02 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަނީ ޑޮކްޓަރު ބުނާ ވަރަށް ވުރެ އިތުރަށް އެސްޕްރިން ބޭނުން ކުރައްވާ ކަމަށާއި، ފޫހި ކަމަކަށް ވާތީ ކަސްރަތު ނުކުރައްވާ ކަމަށް!
02 ޖެނުއަރީ 2026

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް އެމެރިކާއިން ވަދެގަންނަން މަސައްކަތްކޮށްފިނަމަ، މުޅި ސަރަހައްދު ހަލަބޮލިވެ، ބޮޑެތި ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް