Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ފަލަސްތީން

ހުޅަނގު އައްސޭރި ގައި އިޒްރޭލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ހުޅަނގު އައްސޭރީގައި އެކަނިވެސް ފަލަސްތީނުގެ 1000ށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 06:04
އިޒްރޭލް ސިފައިން ހިންގާ އޮޕަރޭޝަނެއް ގައި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަނީ (ފައިލް)

އިޒްރޭލް ސިފައިން ހިންގާ އޮޕަރޭޝަނެއް ގައި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަނީ (ފައިލް)

ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް (ހުޅަނގު އައްސޭރި) ގައި، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އިޒްރޭލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލު ސިފައިން މި ހަމަލާ ދިނީ އެމީހުންނާ ދިމާލަށް އޮއްގައު އުކި ބަޔަކަށް އަމާޒުކޮށް ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ނާބުލުސްގެ ލުބާން އަލް-ޝަރުގިއްޔާ އަވަށާ ކައިރި މައި މަގަކުން އިތުރު ދެ މީހަކަށް ވެސް ހަމަލާދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ. އިޒްރޭލުން އެ މީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ސިފަކޮށްފައިވާއިރު، އޮއްގައު އުކުމަކީ ދިން  ހަމަލާ އެއް ކަމަށް ވަނީ ދައުވާކޮށްފައެވެ.

ހުޅަނގު އައްސޭރީގެ ފަލަސްތީނު އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 26 އަހަރުގެ ޚައްޠާބް އަލް-ސަރުހާން އެވެ. އަދި މި ހާދިސާގައި އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލު ސިފައިން ވަނީ ބުދަ ދުވަހު ލުބާން އަލް-ޝަރުގިއްޔާ އަވަށަށް ވަންނަ މައި ދޮރާށި ބަންދުކޮށް، އެ އަވަށަށް ވަދެ ނިކުމެ އުޅޭ އިތުރު ކުދި މަގުތައް ވެސް ބަންދުކޮށްފައެވެ.

އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ހުޅަނގު އައްސޭރީގައި އެކަނިވެސް ފަލަސްތީނުގެ 1000ށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައި ވަނީ އިޒްރޭލު ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކުގަ އާއި، ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ހަރުކަށި ޔަހޫދީން ދޭ އަނިޔާވެރި ހަމަލާތަކުގަ އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ފަލަސްތީނު މީހުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 57 މީހަކު ވަނީ މަރުވެފައެވެ.

ވެސްޓް ބޭންކްފަލަސްތީނު-އިސްރާއީލް

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2026

އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި

01 ޖެނުއަރީ 2026
އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ހުރި 25 ގެ ތަޅާލަން ފަށައިފި
31 ޑިސެމްބަރު 2025

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025
ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި
23 ޑިސެމްބަރު 2025

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި
22 ޑިސެމްބަރު 2025

އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި

22 ޑިސެމްބަރު 2025
އިޒްރޭލުގެ ބުލްޑޯޒަރުތަކުން އިރުމަތީ ގުދުސްގައި ހަތަރު ބުރީގެ އިމާރާތެއް ތަޅާލާ ފަލަސްތީނުގެ އެތައް ބަޔަކު މަގުމަތި ކޮށްފި
21 ޑިސެމްބަރު 2025

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު