Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025 | ހޮނިހިރު 10:44

ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމެއް ހިނގަމުން ދިޔަ ނަމަވެސް އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު ކުޑަކުދިން މަރުވަމުން ދިޔުމުގެ އިތުރުން، ޣައްޒާ ގެ ކުޑަކުދިން ދިރިއުޅެމުން އަންނަނީ ވަރަށް ނިކަމެތި ހިތްދަތި ހާލުގައި ކަން ޔުނިސެފް އިން ފާހަގަ ކުރޭ.

ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 10:44
ޚާން ޔޫނިސް ގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި ޒަޚަމްވެފައިވާ ފަލަސްތީނުގެ އަންހެނަކު އޭނާގެ ދަރިންނާ އެކު

ޚާން ޔޫނިސް ގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި ޒަޚަމްވެފައިވާ ފަލަސްތީނުގެ އަންހެނަކު އޭނާގެ ދަރިންނާ އެކު

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު، އިޒްރޭލު ސިފައިން ފަލަސްތީނު ގެ ކުޑަކުދިން މަރަމުން ގެންދާ ކަމަށް ޔުނިސެފް އިން ބުނެފި އެވެ.

އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ހިނގަމުން އަންނައިރު، ޣައްޒާ ސްޓްރިޕް ގައި ހަނގުރާމަ އާ ގުޅުން ހުރި ހާދިސާތަކު ގައި މަދުވެގެން 67 ކުއްޖަކު މަރުވެފައިވެއެވެ. އިތުރު އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. މިއީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފަހުން ކޮންމެ ދުވަހަކު ދެކުއްޖަކާ ގާތްކުރާ އަދަދަކަށް ކުދިން މަރުވަމުންދާ ކަމަށް ޖެނީވާގައި ހުންނަވާ ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕައިރޭސް ވިދާޅުވެފައި ވެއެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހު އެމެރިކާގެ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން، ފަލަސްތީނުގެ ފެކްޝަންތަކާއި، އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކާއި، ސަރުކާރު އިދާރާތަކުން ރެކޯޑްކޮށްފައިވާ ޑޭޓާތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ސިފައިން އެތައް ހަމަލާތަކެއް ދީފައިވާއިރު، އެއިން ކޮންމެ ހަމަލާއަކީ ވެސް ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމާ ޚިލާފު ވުމެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.

ޔުނިސެފްގެ ޓީމުތަކުން ބުނާގޮތުގައި، ޣައްޒާ ގެ ކުޑަކުދިން އަދި ވެސް އުޅެމުން ދަނީ ވަރަށް ހިތާމަ ވެރި ނިކަމެތި ހާލަތުގަ އެވެ. އެތަނުން ފެންނަމުންދަނީ، ހަނގުރާމައިގެ ހަމަލާތަކުގައި އަތްފައި ނެތިފައިވާ ކުޑަކުދިން އެއްވެސް ހިޔާވަހި ކަމެއް ނެތި ބޭރުގައި ނިދަން ތިބޭ ހިތާމަވެރި މަންޒަރުތަކެވެ. އަނެއްބައި ކުދިން ދިރިއުޅެނީ ފެންބޮޑުވެފައިވާ، ވަގުތީ ހިޔާތަކުގެ ތެރޭގަ އެވެ.

އިޒްރޭލުގެ ސަރުކާރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި ފަލަސްތީނުގެ ޣައްޒާ ގައި ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި، ގާތްގަނޑަކަށް 70،000 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އަންހެނުންނާއި ކުދިންނެވެ. އަދި 170،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އެ ސަރަހައްދުގެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްލާފަ އެވެ.

ޣައްޒާފަލަސްތީނު-އިސްރާއީލްޔުނިސެފްނަސްލު ނައްތާލުންޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި

22 ނޮވެމްބަރު 2025
އިޒްރޭލް، ޣައްޒާ ހަނގުރާމަ: އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް