Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްތީން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ސަރަޙައްދު ގައި ގާއިމުކޮށްފައިވާ ސެޓްލްމެންޓުތަކަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދުށުމުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ އެތައް ގަރާރެއްގައި އިޒްރޭލުން ސެޓްލްމެންޓުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ގޮވާލާފައިވޭ.

ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 12:20
ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަالله ސިޓީ ކައިރީގައި އޮންނަ ތުރުމުސް އައްޔަ އަވަށުގައި ނަގާފައިވާ މި ފޮޓޯ ގެ ބެކްގްރައުންޑުން ފެންނަނީ އިސްރާއީލުގެ ޝައިލޯ ސެޓްލްމަންޓް ތައް.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަالله ސިޓީ ކައިރީގައި އޮންނަ ތުރުމުސް އައްޔަ އަވަށުގައި ނަގާފައިވާ މި ފޮޓޯ ގެ ބެކްގްރައުންޑުން ފެންނަނީ އިސްރާއީލުގެ ޝައިލޯ ސެޓްލްމަންޓް ތައް.

އިޒްރޭލުން ވެސްޓު ބޭންކުގެ ތިން ސެޓްލްމެންޓެއް ގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެއެޅުމުގެ ހުއްދަދީފި އެވެ.

އިޒްރޭލުން ހިފާފައިވާ ވެސްޓު ބޭންކުގެ ތިން ސެޓްލްމެންޓެއް ގައި 764 ގެދޮރު ބިނާކުރުމަށް އެންމެ ފަހުގެ ހުއްދަ ދީފައިވާ ކަން ބުދަ ދުވަހު އިއުލާނު ކުރީ، އިޒްރޭލުގެ މާލީ ވަޒީރު ބެޒަލޭލް ސްމޮޓްރިޗް އެވެ.

ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ހައްދުފަހަނަ އެޅި ވަތަނީ މީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ސްމޮޓްރިޗް ބުނީ، އޭނާ 2022 ވަނަ އަހަރުގެ ފަހުކޮޅު މަގާމާ ހަވާލުވި ފަހުން، ފަލަސްތީނުގެ މީހުން މުސްތަގުބަލުގެ ދައުލަތުގެ ބައެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރާ ވެސްޓު ބޭންކުގެ ސަރަޙައްދުގައި، 51,370 ގެދޮރު އެޅުމުގެ ޔުނިޓަށް ސަރުކާރުގެ ހަޔަރ ޕްލޭނިންގ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ.

ސްމޮޓްރިޗް ނެރުނު ބަޔާނެއްގައި ބުނީ، "މި އިންގިލާބު ކުރިއަށް ގެންދާނަން" ކަމަށާއި، ގެދޮރު އެޅުމުގެ ޔުނިޓުތަކަށް އެންމެ ފަހުން ދިން ހުއްދައަކީ، "ސެޓްލްމެންޓުތައް އިތުރު ކުރުމާއި، ދިރިއުޅުމާއި ސަލާމަތާއި ކުރިއެރުން ދެމެހެއްޓުން ކަށަވަރުކުރުމުގެ ސާފުކޮށް ފެންނަން އޮތް ސްޓްރެޓީޖިކް މަސައްކަތެއްގެ ބަޔެއް..." ކަމަށެވެ.

1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ސަރަޙައްދު ގައި ގާއިމުކޮށްފައިވާ ސެޓްލްމެންޓުތަކަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ އެތައް ގަރާރެއްގައި އިޒްރޭލުން ސެޓްލްމެންޓުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމަށްވާ ވާސިލް އަބޫ ޔޫސުފް ރޮއިޓަރސް އަށް ވިދާޅުވީ، "ހުރިހާ ސެޓްލްމެންޓުތަކަކީ ގަވާއިދާ ގާނޫނާ ޚިލާފު ތަންތަން..." ކަމަށާއި އަދި "އެއީ ބައިނަލްއަޤްވާމީ ހުރިހާ ގަރާރުތަކާ ވެސް ޚިލާފު ކަންތައްތައް" ކަމަށެވެ.

އިޒްރޭލުން ބުނަނީ ސެޓްލްމެންޓުތަކަކީ އެ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ތަންތަން ކަމަށެވެ.

އަނެއްކޮޅުން ގަވައިދާ ޚިލާފަށް ވަޒަންވެރި ކުރުވާ ޔަހޫދީންގެ ފުށުން ފަލަސްތީނުގެ މީހުންނަށް ދެވޭ ހަމަލާތައް އިތުރުވަމުންދާ ކަމުގެ އެތައް ރިޕޯޓުތަކެއް ވަނީ ކޮށްފައެވެ. އދ. ގެ ރިޕޯޓެއްގައިވާ ގޮތުން، 2006 ވަނަ އަހަރުން ފެށިގެން މިފަދަ ހާދިސާތައް ރެކޯޑު ކުރަން ފެށިފަހުން، ވެސްޓު ބޭންކު ގައި ފަލަސްތީނުގެ މީހުންނަށް މި އަހަރުގެ އޮކްޓޯބަރު މަހު އެކަނިވެސް 264 ހަމަލާ ދީފައިވާކަން ރިޕޯޓު ކުރެވިފައިވެއެވެ.

މަސްދަރު: ރޮއިޓާސް

އިޒްރޭލްވެސްޓް ބޭންކުފަލަސްތީނުއިޒްރޭލް-ފަލަސްޠީން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު