Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ފަލަސްތީން

ވެސްޓް ބޭންކު ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއްގެ އިންޒާރު ދީފި

21 ނޮވެމްބަރު 2025 | ހުކުރު 18:02

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވަމުން ދިއުމުން ފަލަސްތީނު ރައްޔިތުންގެ ރުޅިވެރިކަން އުތުރިއަރައި ތިންވަނަ އިންތިފާޟާ (އިންޤިލާބު) ފެށުމާ ވަރަށް ގާތުގައި އޮތް ކަމަށް ބުނެ ޕީއެފްއެލްޕީން އިންޒާރު ދީފި.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 18:02
އިޒްރޭލުގެ ޓްރޫޕަރަކު ހިފާފައިވާ ހުޅަނގު އައްސޭރީ ގައި އޮންނަ ނާބުލްސް ސިޓީގެ މަގެއްގެ މަތިން ހިނގާފައި ދަނީ - 20 ނޮވެމްބަރު 2025

އިޒްރޭލުގެ ޓްރޫޕަރަކު ހިފާފައިވާ ހުޅަނގު އައްސޭރީ ގައި އޮންނަ ނާބުލްސް ސިޓީގެ މަގެއްގެ މަތިން ހިނގާފައި ދަނީ - 20 ނޮވެމްބަރު 2025 | އޭއެފްޕީ

ވެސްޓް ބޭންކު (ހުޅަނގު އައްސޭރި) ގައި އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވުމުން ދާތީ ތިންވަނަ އިންތިފާޟާ އެއް ގެ އިންޒާރު ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލަސްޓައިން (ޕީއެފްއެލްޕީ) އިން ދީފި އެވެ.

ޕީއެފްއެލްޕީ އިން އިންޒާރު ދީފައިވާ ގޮތުގައި، އިޒްރޭލުގެ އަނިޔާވެރިކަން އިތުރުވަމުން ދިއުމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ރުޅިވެރިކަން އުތުރިއަރައި، ހިފާފައިވާ ވެސްޓް ބޭންކު އޮތީ ތިންވަނަ އިންތިފާޟާއެއް (އިންޤިލާބެއް) ފެށުމާ ވަރަށް ގާތުގި ކަމަށެވެ.

Advertisement - worldAdvertisement

ޕީއެފްއެލްޕީން މި އިންޒާރު ދިނީ ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހިފާފައިވާ އަލް-ޤުދުސް ގެ އުތުރުގައި އޮންނަ ކަފްރު އަޤަބް އަވަށަށް އިސްރާއީލުން އަރައި، ޢުމުރުން 18 އަހަރުގެ ޢަމްރު އަލް-މަރްބޫ އާއި 16 އަހަރުގެ ސާމީ މަޝާއިޚް ޝަހީދުކޮށްލި ހާދިސާ އަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައި ވަނީ، މިފަދައިން ތަކުރާރުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އުފެދޭ ހުޅުގަނޑު ހަމަ ހިމޭންކަން އަންދާލާނެ ކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ހިތްތަކުގައި އުތުރި އަރާ ރުޅިވެރިކަން، އިޒްރޭލުގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް އަލިފާން ފަރުބަދަ އެއް ފަދައިން ގޮވާނެ ކަމަށެވެ.

އެ ޖަމާޢަތުން ބުނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ޔަހޫދީ އާބާާދީތަކުގެ އަނިޔާވެރިކަން އިތުރުވެ، މުދަލަށް ގެއްލުންދީ، އާންމު ފަލަސްޠީނު ރައްޔިތުންނަށް ހަމަލާ ދިނުން އިތުރުވުމުން ހާމަވަނީ، އެމީހުން ގެ ކަށީގައި ހިފާފައިވާ ނަސްލީ ތަފާތު ކުރުމުގެ އާދަ ކަމުގަ އެވެ.

ބަޔާނު ގައި އިޒްރޭލު ބޮއިކޮޓްކޮށް އެ ޤައުމުގެ ވެރިން އެކަހެރިކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައި ވެއެވެ. އެ ޖަމާޢަތުން ބުނީ "މި ސަރަޙައްދުގެ ސުލްހަ ހާސިލު ކުރެވޭނީ ހަމައެކަނި [އިޒްރޭލުގެ] އިސްތިޢުމާރުގެ މޫތައް ލުހެލައިގެން،" ކަމަށެވެ.

އިޒްރޭލުން ޣައްޒާ އަށް އަރާ ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމަ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުމާ ހަމައިން، ހުޅަނގު އައްސޭރީ ގައި ހިންގާ އަނިޔާވެރި އަމަލުތައް ވަނީ އިތުރުކޮށްފައެވެ. އެ ތާރީޚުން ފެށިގެން މިހާތަނަށް، އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ވަނީ ހިފާފައިވާ ސަރަޙައްދުތަކުގައި އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ.

1967 ވަނަ އަހަރު އިޒްރޭލުން ހުޅަނގު އައްސޭރި އާއި އިރުމަތީ އަލް-ޤުދުސް ހިފުމަށްފަހު ޤާއިމުކޮށްފައިވާ 230 އަށް ވުރެ ގިނަ ޔަހޫދީ އާބާާދީތަކުގައި 700،000 އަށް ވުރެ ގިނަ ޔަހޫދީން ދިރިއުޅެމުން ދެއެވެ.

ވެސްޓް ބޭންކްއިސްރާއީލް-ފަލަސްޠީންޕީއެފްއެލްޕީއިންތިފާޟާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް

23 ސެޕްޓެމްބަރު 2026
ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
20 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި

20 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި
16 ސެޕްޓެމްބަރު 2026

ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ

16 ސެޕްޓެމްބަރު 2026
ޣައްޒާގައި އިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ
16 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި

16 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރިން ރިޕޯޓުކުރަމުންދިޔަ އެމެރިކާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި
09 ސެޕްޓެމްބަރު 2026

ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި

09 ސެޕްޓެމްބަރު 2026
ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރަން އިސްރާއީލުން އަންގައިފި
09 ސެޕްޓެމްބަރު 2026

އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް

09 ސެޕްޓެމްބަރު 2026
އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި

05 ސެޕްޓެމްބަރު 2026
ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
04 ސެޕްޓެމްބަރު 2026

ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި

04 ސެޕްޓެމްބަރު 2026
ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް