Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ފަލަސްޠީން

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025 | އާދީއްތަ 07:07

ވެސްޓް ބޭންކްގެ ޖެނިން ސިޓީ ކައިރީގައި އިޒްރޭލު ސިފައިން ހިންގި އޮޕަރޭޝަންތަކުގައި ދެ ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލާފަ އެވެ. ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނީ 16 އަހަރުގެ ކުއްޖަކާއި 22 އަހަރުގެ ފިރިހެނަކު ބަޑިޖެހުމުން މަރުވި ކަމަށެވެ. ޣައްޒާ ހަނގުރާމަ ފެށުމާ އެކު ވެސްޓް ބޭންކް ގައި 1،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާއިރު، 44 އިޒްރޭލު މީހުން މަރުވެފައިވެ އެވެ.

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 07:07
ހުޅަނގު އައްސޭރީގައި އޮންނަ ރާމަالله ގެ އަލީ މިސްކިތުގައި އިޒްރޭލު ސިފައިން ހިންގި ރެއިޑެއްގައި ސިފައިންގެ މީހަކު ބަޑި ދިއްކޮށްގެން - ޑިސެމްބަރު 9، 2025

ހުޅަނގު އައްސޭރީގައި އޮންނަ ރާމަالله ގެ އަލީ މިސްކިތުގައި އިޒްރޭލު ސިފައިން ހިންގި ރެއިޑެއްގައި ސިފައިންގެ މީހަކު ބަޑި ދިއްކޮށްގެން - ޑިސެމްބަރު 9، 2025

އިޒްރޭލުން ހިސޯރު ކޮށްފައި އޮންނަ ފަލަސްތީނުގެ ވެސްޓް ބޭންކް (ހުޅަނގު އައްސޭރި) ގެ އުތުރުގައި ހޮނިހިރު ދުވަހު ދެ ފަލަސްތީނު މީހުން މަރާލާފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެފި އެވެ. 

ސިފައިންގެ ބަޔާނެއްގައި ބުނީ "ޤަބަތިއްޔާ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، ޓެރަރިސްޓަކު ސިފައިންނަށް ހުރަސް އެޅުމުން، އެމީހުން ބަޑިޖަހާ އެ ޓެރަރިސްޓު ނައްތާލީ" ކަމަށެވެ.

"އެއާއެކު، ސީލަތު އަލް-ހަރިތިއްޔާ ސަރަހައްދުގައި ހިންގި އިތުރު އޮޕަރޭޝަނެއްގެ ތެރޭގައި، ޓެރަރިސްޓަކު ސިފައިންނާ ދިމާލަށް ގޮވާ އެއްޗެއް އެއްލުމުން، އެމީހުން ބަޑިޖަހާ އެ ޓެރަރިސްޓު ނައްތާލީ."

މި ދެ ސަރަހައްދު ވެސް އޮންނަނީ ޖެނިން ސިޓީގެ ކައިރީގައެވެ.

އިޒްރޭލު ސިފައިން ރިޕޯޓްކުރި ގޮތުން މި ހާދިސާ ތަކުގައި އެމީހުންގެ ސިފައިންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ވަފާ ނިއުސް އޭޖެންސީ އިން ބުނީ 16 އަހަރުގެ ފިރިހެން ކުއްޖަކު "އިޒްރޭލުގެ އިސްތިއުމާރީ ބާރުން ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކުން" މަރުވި ކަމަށެވެ.

އަދި ސީލަތު އަލް-ހަރިތިއްޔާ ގައި "އިސްތިއުމާރީ ބާރުން ހިންގި ރެއިޑެއްގެ ތެރޭގައި މެޔަށް ބަޑިޖެހުމުގެ ސަބަބުން" 22 އަހަރުގެ ފިރިހެނަކު މަރުވި ކަމަށް ވެސް ރިޕޯޓްކުރިއެވެ.

1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކް ގައި ހިނގާ އަނިޔާވެރިކަން އިތުރުވެފައިވަނީ 2023 އޮކްޓޯބަރު 7 ގައި އިޒްރޭލުން ޣައްޒާ ހަނގުރާމަ ފެށުމާ އެކުގައެވެ.

އޮކްޓޯބަރު މަހު އިޒްރޭލާއި ހަމާސް އާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް ވެސްޓް ބޭންކު ގައި ހިންގާ އަނިޔާވެރިކަން ދަށްވެފައެއް ނުވެއެވެ.

ޣައްޒާ ހަނގުރާމަ ފެށުމާ އެކު ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިންނާއި އެތަނުގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ވަނީ 1،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރާލާފައިވާ ކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން ހަދާފައިވާ ހިސާބުން ދައްކައެވެ.

އިޒްރޭލުގެ އޮފިޝަލް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަލަސްތީނުގެ ހަމަލާތަކުގައި ނުވަތަ އިޒްރޭލު ސިފައިންގެ އޮޕަރޭޝަންތަކުގައި، ސިފައިންނާއި އާންމުން ހިމެނޭ ގޮތުން، މަދުވެގެން 44 އިޒްރޭލު މީހުން މަރުވެފައިވެއެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންވެސްޓް ބޭންކުޣައްޒާ ހަނގުރާމަހަމާސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
16 ޑިސެމްބަރު 2025

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި
13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
13 ޑިސެމްބަރު 2025

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް