Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މަސްތުވާތަކެތި އުފުލާކަމަށް ބުނެ އެމެރިކާ އިން 3 އުޅަނދަކަށް ހަމަލާދީ 5 މީހުން މަރާލައިފި

މި ހަމަލާތަކާއެކު، ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް އެމެރިކާ އިން ކަނޑުމަތީގައި ދިން މިފަދަ ހަމަލާތަކުގެ އަދަދު 33 އަށް އަރާފައިވާއިރު، މި ހަމަލާތަކުގައި މަދުވެގެން 112 މީހުން ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2026 | ބުރާސްފަތި 05:16
އެމެރިކާގެ ނޭވީގެ ޖެރަލްޑް އާރ ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕް ކެރިބިއަން ކަނޑާ ދިމާއަށް ދަތުރުކުރާއިރު، އެފް/އޭ-18އީ/އެފް ސުޕަރ ހޯނެޓްސް އާއި އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް އެސްކޯޓް ކުރަނީ

މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަކަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި ފަސް މީހަކު މަރުވެއްޖެ ކަމަށާއި، ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

މި ހަމަލާތަކާއެކު، ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް އެމެރިކާ އިން ކަނޑުމަތީގައި ދިން މިފަދަ ހަމަލާތަކުގެ އަދަދު 33 އަށް އަރާފައިވާއިރު، މި ހަމަލާތަކުގައި މަދުވެގެން 112 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ސަަަދަން ކޮމާންޑުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްތުވާތަކެތި ވަގަށް ބޭރުކުރާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަކަށް ދިން އާ ހަމަލާތަކެއްގައި ފަސް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ކަނޑަށް ވެއްޓުނު މީހުން ހޯދުމުގެ މަސައްކަތް ފެށުމަށް އެ ގައުމުގެ ކޯސްޓްގާޑަށް މިހާރު ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި ހަމަލާތައް ދިން ވަކި ސަރަހައްދެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން މިފަދަ ހަމަލާތައް އާންމުކޮށް ދީފައިވަނީ ކެރީބިއަން ކަނޑާއި ޕެސިފިކް ކަނޑުގެ އިރުމަތީ ސަރަހައްދުތަކުގައެވެ.

އަސްކަރިއްޔާ އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ހަމަލާ ދިން އިރު ތިން އުޅަނދެއް އެކުގައި ދަތުރުކުރަމުން ދިޔައެވެ. އަދި ހަމަލާ ދިނުމުގެ ކުރިން އެ އުޅަނދުތަކުގެ މެދުގައި މަސްތުވާތަކެތި ބަދަލުކޮށްފައިވާ ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ.

ހަމަލާގެ ތަފްސީލް ހާމަކުރަމުން އަސްކަރިއްޔާ އިން ބުނީ، ފުރަތަމަ އުޅަނދަށް ދިން ހަމަލާގައި އޭގައި ތިބި ތިން މީހުން މަރުވި ކަމަށެވެ. އެއާއެކު ދެން ތިބި މީހުން އުޅަނދުތައް ދޫކޮށް ކަނޑަށް ފުންމާލި ކަމަށާއި، އޭގެ ފަހުން ދިން ހަމަލާތަކުގައި އެ އުޅަނދުތައް ވަނީ ފައްތާލާފައެވެ. އަދި ފަހުން ދިން ހަމަލާއެއްގައި އިތުރު ދެ މީހަކު މަރުވި ކަމަށްވެސް ބަޔާނުގައިވެއެވެ.

ކަނޑަށް ވެއްޓުނު މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައި މިވަނީ، މީގެ ކުރިން ސެޕްޓެމްބަރު މަހު ދިން ހަމަލާއެއްގައި ސަލާމަތްވި މީހުންނަށް އަމާޒުކޮށް އަސްކަރިއްޔާއިން އަލުން ހަމަލާދީ އެމީހުން މަރާލި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ގާނޫނީ މާހިރުންނާއި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އެއީ ޖިނާއީ ކުށެއް ކަމަށް ބުނަމުންދާއިރު، ރައީސް ޓްރަމްޕްގެ ސަރުކާރުން ބުނަނީ އެއީ ގާނޫނީ ގޮތުން ހުއްދަ އަމަލެއް ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އުޅަނދުތައް ދޫކޮށް ކަނޑަށް ފުންމާލި އަށް މީހަކު ހޯދުމުގެ މަސައްކަތް ޕެސިފިކް ކަނޑުގައި މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ސީ-130 މަރުކާގެ މަތިންދާބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.

ރައީސް ޓްރަމްޕް ވަނީ މި ހަމަލާތަކަކީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ "ހަނގުރާމައެއް" ކަމަށް ސިފަކުރައްވައި އެކަން ދިފާއުކުރައްވާފައެވެ. މީގެ އިތުރުން، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އެ ސަރަހައްދަށް 15،000 އަށްވުރެ ގިނަ ސިފައިން ވަނީ ފޮނުވާފައެވެ. އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި މަދޫރޯގެ ސަރުކާރުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް އެހީތެރިވަމުންނެވެ. ނަމަވެސް ވެނެޒުއޭލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ގައުމުން ބުނާ ގޮތުގައި އެމެރިކާގެ އަސްލު ބޭނުމަކީ މަދޫރޯގެ ސަރުކާރު ވައްޓާލައި، އެ ގައުމުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވަށް އަތްގަދަކުރުމެވެ.

ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވި ގޮތުގައި، ވެނެޒުއޭލާގައި މަސްތުވާތަކެތި ބަރުކުރާ ސަރަހައްދަކަށް އެމެރިކާއިން ވަނީ ހަމަލާދީފައެވެ. މިއީ ވެނެޒުއޭލާގެ އެއްގަމު ސަރަހައްދަކަށް އެމެރިކާއިން ހަމަލާދިން ކަމަށް ރިޕޯޓްކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ހަމަލާއަކީ އަސްކަރިއްޔާއިން ދިން ހަމަލާއެއް ނޫން ކަމަށް އޮފިޝަލުން ބުނެ އެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ވެނެޒުއޭލާގައި ސިއްރު އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ސީ.އައި.އޭ އަށް ދެއްވާފައެވެ.

އެމެރިކާމަސްތުވާތަކެތިރައީސް ޓްރަމްޕްވެނެޒުއޭލާނިކޮލާސް މަދޫރޯއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025
އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

22 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު