Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮޕަރޭޝަން ސަދާން ސްޕިއަރ

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އެމެރިކާގެ ސަދާން ކޮމާންޑް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިރުމަތީ ޕެސިފިކްގައި މަސްތުވާ ތަކެތި އުފުލުމަށް ބޭނުން ކުރާ މަގު ތަކުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށް. އަދި އެ ހަމަލާ ދީފައި ވަނީ އަސްކަރިއްޔާ އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 08:00
ޔޫއެސް ސަދަން ކޮމާންޑް އެކްސް އެކައުންޓުން ޕޯސްޓު ކޮށްފައިވާ ވީޑިއޯ އަކުން ނަގާފައިވާ މަންޒަރެއް

ޔޫއެސް ސަދަން ކޮމާންޑް އެކްސް އެކައުންޓުން ޕޯސްޓު ކޮށްފައިވާ ވީޑިއޯ އަކުން ނަގާފައިވާ މަންޒަރެއް

މަސްތުވާ ތަކެތި އުފުލާ ކަމަށް ޝައްކު ކުރެވުނު އުޅަނދަކަށް، އިރުމަތީ ޕެސިފިކްގައި އެމެރިކާ އިން ދިން ހަމަލާއެއްގައި މީހަކު މަރުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފި އެވެ.

އޮޕަރޭޝަން ސަދާން ސްޕިއަރ ގެ ނަމުގައި ހިންގާ މި އޮޕަރޭޝަން ގެ އެންމެ ފަހުގެ ހަމަލާ އާ ބެހޭ ގޮތުން އެމެރިކާގެ ސަދާން ކޮމާންޑް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިރުމަތީ ޕެސިފިކްގައި މަސްތުވާ ތަކެތި އުފުލުމަށް ބޭނުން ކުރާ މަގު ތަކުގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާ ދީފައި ވަނީ އަސްކަރިއްޔާ އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައިވެ އެވެ. 

ނަމަވެސް، އެ އުޅަނދުގައި މަސްތުވާ ތަކެތި އުފުލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ސަދާން ކޮމާންޑަށް ދެއްކިފައި ނުވެ އެވެ. ސަދާން ކޮމާންޑް އިން ހާމަ ކޮށްފައިވާ ވީޑިއޯ އިން ގެންނަނީ، އުޅަނދުގެ އެއް ފަރާތުން ފެން ތަކެއް ދޫކުރަމުން ދާ މަންޒަރެވެ. އެއާ އެކު އުޅަނދަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، އުޅަނދުގައި ރޯވާ މަންޒަރު ވެސް ފެނެ އެވެ. 

މީގެ ކުރިން ވެސް އެމެރިކާާ އިން ވަނީ އުޅަނދު ތަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ހިއްސާ ކޮށްފަ އެވެ. ކުރީގެ ވީޑިއޯ ތަކުގައި ފެންނަނީ ހަމަލާ ދީ އުޅަނދު ވަގުތުން ގޮއްވާލާ މަންޒަރެވެ. ބައެއް ވީޑިއޯ ތަކުގައި، ރޮކެޓު ފަދަ ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދޭ މަންޒަރު ވެސް ފެނިފައިވެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވަނީ، އެ ހަމަލާ ތަކުގެ މައިގަނޑު މަޤުސަދަކީ އެމެރިކާ އަށް މަސްތުވާ ތަކެތި އެތެރެ ކުރުން ހުއްޓުވުން ކަމަށެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާ އިން މި އޮޕަރޭޝަން ފަށާފައިވާއިރު، ވެނެޒުއެލާ އިން ވަނީ އެމެރިކާގެ އެންމެހާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާ އިން މި ހަމަލާތައް ދެމުން އަންނައިރު، ހަމަލާ ތަކުގައި މިހާތަނަށް ވެސް ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެއާ އެކު، އެމެރިކާ އިން ދެމުން އަންނަ މި ހަމަލާ ތަކަކީ ބައިނަލްއަޤުވާމީ އެންމެހާ ޤާނޫނުތަކާ ޚިލާފަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އެކަމަ ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އިތުރުން، އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް އަންނަނީ ފާޑު ކިޔުން އަމާޒު ކުރަމުންނެވެ. އެގޮތުން ހަމަލާތައް ދެމުން އަންނަނީ މަސްތުވާ ތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނާ ދެކޮޅަށް ކަމަށް ބުނެފައި ވީ ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

އެމެރިކާވެނެޒުއޭލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯއިރުމަތީ ޕެސިފިކްއޮޕަރޭޝަން ސަދާން ސްޕިއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

22 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު