Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގެ މަސްތުވާތަަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މަސްތުވާ ތަކެއްޗާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާއިރު، މީގެ ކުރިން ހަމަލާ ދީފައި ވަނީ ކެރީބިއަން ސަރަހައްދުން ދަތުރު ކުރާ އުޅަނދު ތަަކަށް. ނަަމަވެސް، މިފަހުން ދިން ހަމަލާ އަކީ ބިމަށް އަމާޒުކޮށް ދީފައިވާ ފުރަތަމަ ހަމަލާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 07:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މަސްތުވާ ތަކެއްޗާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި، ވެނެޒުއެލާގެ މަސްތުވާ ތަކެތި އުފުލާ ބަނދަރަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

މަސްތުވާ ތަކެއްޗާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާއިރު، މީގެ ކުރިން ހަމަލާ ދީފައި ވަނީ ކެރީބިއަން ސަރަހައްދުން ދަތުރު ކުރާ އުޅަނދު ތަަކަށެވެ. ނަަމަވެސް، މިފަހުން ދިން ހަމަލާ އަކީ ބިމަށް އަމާޒުކޮށް ދީފައިވާ ފުރަތަމަ ހަމަލާ އެވެ. 

ހޯމަ ދުވަހު ޓްރަމްޕް އެކަން އިއުލާން ކުރައްވާފައިވާއިރު، އެމެރިކާގެ ސިފައިން ވަނީ އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާ ތަކެތި އުފުލާ ކަމަށް ބުނާ ބޯޓަކަަށް ވެސް އިތުރު ހަމަލާއެއް ދީފަ އެވެ. އެ ހަމަލާ ތަކުގައި މަދު ވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. 

ވެނެޒުއެލާ އަށް ދިން ހަމަލާއާ ގުޅޭ ގޮތުން ޓްރަމްޕް އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައި ވަނީ ހުކުރު ދުވަހު އޭނާ ދެއްވި ރޭޑިއޯ އިންޓަވިޔުއެއްގަ އެވެ. ނަމަވެސް، ހޯމަ ދުވަހު ނޫސްވެރިން އެ ސުވާލު އަމާޒު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މަސްތުވާ ތަކެތި ބަރުކުރާ ތަނަކަށް ހަމަލާ ދީފައިވާ ކަމަށެވެ. 

އެމެރިކާގެ ފްލޮރިޑާގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މަސްތުވާ ތަކެތި ބަރު ކުރަމުން ދިޔަ ބަނދަރު ސަރަހައްދުގައި "ބޮޑު" ހަމަލާއެއް ދީފައިވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެ ބަނދަރުގައި އޮތް ބޯޓު ތަކަށް ބަރު ކުރަމުން ދިޔައީ މަސްތުވާ ތަކެތި ކަމަށާއި، އެމެރިކާ އިން އެ ހުރިހާ ބޯޓަކާ ދެކޮޅަށް ހަމަލާ ދީފައިވާ ކަމަށެވެ. 

ނަމަވެސް، އެ ބަނދަރަށް ހަމަލާ ދިނީ އެމެރިކާގެ ސިފައިންތޯ، ނުވަތަ ސީއައިއޭ އިން ތޯ، ނުވަތަ އެ ހަމަލާ ދިނީ ކޮން ފަރާތަކުން ތޯ ސުވާލު ކުރުމުން ޓްރަމްޕް ވަކި ޖަވާބެއް ދެއްވާފައި ނުވެ އެވެ. ޓްރަމްޕް ވިދާޅުވީ އެ ހަމަލާ ދިނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެއީ ކޮން ބައެއްކަން ބުނަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، އެއީ ބަނދަރު ސަރަހައްދަށް ދިން ހަމަލާއެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. 

އެ ހަމަލާއާ ގުޅޭ ގޮތުން ވެނެޒުއެލާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އަދި އެމެރިކާގެ ހަމަލާއެއް ވެނެޒުއެލާގައި ދީފައިވާ ކަމަށް ވެނެޒުއެލާގެ މިނިވަން މީޑިއާގައި ރިޕޯޓު ކޮށްފައި ނުވާ ކަމަށް ވެސް، އަލް ޖަޒީރާގައި ވަނީ ބުނެފަ އެވެ. 

މިފަދަ ހަމަލާއެއް ދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި މި ވަނީ، އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ވެނެޒުއެލާ އިން އެމެެރިކާ އަށް މަސްތުވާ ތަަކެތި އެތެރެ ކުރާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް މީގެ ދުވަސް ތަކެއް ކުރިން ޓްރަމްޕް ފައްޓަވާފައިވާ އޮޕަރޭޝަނެކެވެ. 

އެމެރިކާ އާއި ޓްރަމްޕް، ވެނެޒުއެލާ އަށް މިފަދަ ތުހުމަތު ތަކެއް ކޮށްފައި ވީ ނަމަވެސް، ތަކުރާރުކޮށް އެ ޤައުމުން ބުނަމުން އަންނަނީ އެއީ ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި އެމެރިކާ އިން ބޭނުން ވަނީ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރު ބަދަލުކޮށް، އެމެރިކާގެ އަޅުވެތި ކަމުގައި އެ ޤައުމު ބާއްވަން ކަމަށް ވަނީ ބުނެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯކެރިބިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނިއުކްލިއާ ޕްރޮގްރާމް ތަރައްޤީ ކުރާ ނަމަ، އީރާން އަށް ހަމަލާ ދިނުމަށް ތާއީދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

ޓްރަމްޕް އާއި ނަތަންޔާހޫ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ

29 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

29 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު