Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ހޯލްލޭންޑް ސެކިއުރިޓީ ކްރިސްޓީ ނޯއެމް ވިދާޅުވީ ޑިސެމްބަރު މަހުގެ ވިހި ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ ކޯސްޓް ގާޑުން، ދިފާއީ ޑިޕާޓްމަންޓުގެ އެހީތެރިކަމާ އެކު ވެނެޒުއެލާގެ ކައިރިން އެންކަރު ކޮށްފައި އޮތް ތެޔޮ ޓޭންކަރެއް ހިފާފައިވާ ކަމަށް. އޭނާ ވަނީ އެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 06:29
ޕެނަމާގެ ދިދަ ޖަހާފައިވާ ޓޭންކަރަކަށް އެމެރިކާގެ ހެލިކޮޕްޓަރެއް ތިރި ކުރާ މަންޒަރު

ޕެނަމާގެ ދިދަ ޖަހާފައިވާ ޓޭންކަރަކަށް އެމެރިކާގެ ހެލިކޮޕްޓަރެއް ތިރި ކުރާ މަންޒަރު

ވެނެޒުއެލާގެ ކައިރީގައި އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި އެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ކްރިސްޓީ ނޯއެމް ވިދާޅުވީ ޑިސެމްބަރު މަހުގެ ވިހި ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއް ގައި އެމެރިކާގެ ކޯސްޓް ގާޑުން، ދިފާއީ ޑިޕާޓްމަންޓުގެ އެހީތެރިކަމާ އެކު ވެނެޒުއެލާގެ ކައިރިން އެންކަރު ކޮށްފައި އޮތް ތެޔޮ ޓޭންކަރެއް ހިފާފައިވާ ކަމަށެވެ. އޭނާ ވަނީ އެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޝާއިއު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ، ހެލިކޮޕްޓަރަކުން ކަނޑު މަތީގައި އޮތް ބޮޑު ޓޭންކަރަކަށް ތިރި ކުރާ މަންޒަރެވެ.

 އެކަމާ ގުޅޭ ގޮތުން ވެނެޒުއެލާ އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. އެގޮތުން ވެނެޒުއެލާ އިން ބުނެފައި ވަނީ އެއީ ވައްކަމާއި، މީހުން ވަގަށް ހައްޔަރު ކުރުމުގެ އަމަލެއް ކަމަށެވެ. އެމެރިކާ އިން އެ ޓޭންކަރު ހިފާފައިވާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާ އަށް ދަތި ކުރުމަށް ކުރިއަށް ގެންދާ ޙަރަކާތް ތަކުގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

އެމެރިކާގެ މި އަމަލާ ގުޅިގެން ވެނެޒުއެލާގެ ސަރުކާރުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައިވާއިރު، އެމެރިކާ އިން ހިންގަމުން އަންނަ އޮޕަރޭޝަނަށް މީގެ ކުރިން ވެސް ވަނީ ފާޑު ކިޔުން އަމާޒު ކޮށްފަ އެވެ. މީގެ އިތުރުން، އެ އަމަލު ހިންގާފައިވާ ފަރާތްތައް ޒިންމާދާރު ކުރުވެން ޖެހޭނެ ކަމަށާއި، އެ މީހުން އަދުލު އިންސާފުގެ ކުރި މައްޗަށް ގެނެވެން ޖެހޭ ކަމަށް ވެސް ވެނެޒުއެލާ އިން ބުނެފައިވެ އެވެ. 

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ޓޭންކަރަކީ ސެންޗުރީސް ނަމަކަށް ކިޔާ ބޯޓެކެވެ. އެމެރިކާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ ބޯޓުން ވަނީ އެމެރިކާގެ ދަތި ކުރުން ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ތެލުގެ ބާވަތެއް އުފުލައިފަ އެވެ. ތެލުގެ ސިޕްމަންޓުތައް ބަލަހައްޓާ އޮންލައިން ޚިދުމަތެއް ކަމަށްވާ ޓޭންކާޓްރެކާސް އިން ބުނެފައިވާ ގޮތުގައި، ސެންޗުރީސް އަކީ ޗައިނާގެ ވެރި ކަމުގެ ދަށުން ހިންގާ، ޕެނަމާގެ ދިދަ ޖަހައިގެން ދަތުރު ކުރާ ޓޭންކަރެއް ކަމަށެވެ.

މީގެ އިތުރުން މި ޓޭންކަރުން މި މަހުގެ ކުރީ ކޮޅު ވެނެޒުއެލާގެ ބަނދަރަކުން އެއް މިލިއަން ސަތޭކަ ހާސް ބެރަލްގެ ތެޔޮ އުފުލާލަފައިވާ ކަމަށާއި، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެނެޒުއެލާގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް ގެންދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވެސެލްފައިންޑާ ޑޭޓާ ބޭސްގައި ވެސް މި ޓޭންކަރުން އެންމެ ފަހުން ފެނިފައި ވަނީ ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުން ކަމަށް ބަޔާން ކޮށްފައިވެ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އަންނާ ކެލީ ވިދާޅުވީ އެ ޓޭންކަރުގައި ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ، ޕީޑީވީއެސްއޭގެ ދަތި ކުރުމުގެ ދަށުގައި ހިމެނޭ ތެލެއް ހިމެނޭ ކަމަށާއި، އެ ޓޭންކަރަކީ ވެނެޒުއެލާގެ ވަށައިގެން ޙަރަކާތްތެރިވާ ތެޔޮ ޓޭންކަރު ތަކުން ހިންގާ، އޮޅުވާލައިގެން ދިދަ ޖަހައިގެން ދަތުރު ކުރާ ޓޭންކަރެއް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

ވެނެޒުއޭލާއެމެރިކާއެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

20 ޑިސެމްބަރު 2025
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

20 ޑިސެމްބަރު 2025
ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު