Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

ބެސެންޓްގެ ބަޔާނުގައި ބުނެފައި ވަނީ، ވެނެޒުއެލާ އިން އެމެރިކާ އަށް މަސްތުވާ ތަކެތި އެތެރެ ކުރަމުން އަންނަ ކަމަށާއި، އެމެރިކާ އިން އެކަމަށް ފުރުސަތު ނުދޭނެ ކަމަށް. އަދި މަދޫރޯ އާއި އޭނާގެ ކުށްވެރި ކަމުގައި ބައިވެރިވާ މީހުންގެ ސަބަބުން އެމެރިކާގެ ސުލްޙަ އާއި، އެ ޤައުމުގެ ހަމަޖެހުމަށް ނުރައްކާ ވަމުން އަންނަ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 07:13
ވެނެޒުއެލާގެ ރައީސް މަދޫރޯ

ވެނެޒުއެލާގެ ރައީސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން ހިމެނޭހެން، އެ މީހުންގެ އާއިލާގެ ހަތް މެމްބަރަކާ ދެކޮޅަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި އެވެ. 

ހުކުރު ދުވަހު އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން އެކަން ހާމަ ކޮށްފައިވާއިރު، މިއީ ވެނެޒުއެލާ އާއި މަދޫރޯ އަށް އިތުރަށް ޕްރެޝަރު ކުރުމަށް އެމެރިކާ އިން ނިންމާާފައިވާ ނިންމުމެކެވެ. 

އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މަދޫރޯ އާއި އޭނާ ގެ އަނބިކަނބަލުން އަދި އާއިލާގެ ހަތް މެމްބަރަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން މަދޫރޯ އަކީ މަސްތުވާ ތަކެތީގެ ނުބައި ދައުލަތެއް ދެމެހެއްޓުމަށް އެހީތެރިވެދޭ މީހެއް ކަމަށް، ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. 

ބެސެންޓްގެ ބަޔާނުގައި ބުނެފައި ވަނީ، ވެނެޒުއެލާ އިން އެމެރިކާ އަށް މަސްތުވާ ތަކެތި އެތެރެ ކުރަމުން އަންނަ ކަމަށާއި، އެމެރިކާ އިން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މަދޫރޯ އާއި އޭނާ ގެ ކުށްވެރި ކަމުގައި ބައިވެރިވާ މީހުންގެ ސަބަބުން އެމެރިކާގެ ސުލްޙަ އާއި، އެ ޤައުމުގެ ހަމަޖެހުމަށް ނުރައްކާ ވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން ބެސެންޓްގެ ބަޔާނުގައި ބުނެފައި ވަނީ މަދޫރޯގެ ޣައިރު ޤާނޫނީ އަދި ޑިކްޓޭޓާޝިޕް ދެމެހެއްޓުމަށް އެހީތެރި ވަމުން އަންނަ ފަރާތްތަކާ ދެކޮޅަށް ވެސް އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމާ ގުޅިގެން ކޮމެންޓެއް ހޯދުމަށް ވެނެޒުއެލާގެ އިންފޮމޭޝަން މިނިސްޓްރީގައި އެދިފައި ވީ ނަމަވެސް، ކޮމެންޓެއް ދީފައި ނުވާ ކަަމަށް ރޮއިޓާސް އިން ވަނީ ބުނެފަ އެވެ. 

މަސްތުވާ ތަކެއްޗާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް، މަދޫރޯ އާއި އޭނާ ގެ ސަރުކާރުން ބުނަމުން އަންނަނީ އެއީ އެމެރިކާ އިން އެ ޤައުމުގެ ވެރިކަން ބަދަލު ކުރުމަށް ހިންގާ ކަމެއް ކަމަށެވެ. އަދި އެމެރިކާގެ އެންމެހާ ތުހުމަތުތަް ދޮގު ކުރާ ކަމަށް ވެސް މަދޫރޯ ވަނީ އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ. 

އެމެރިކާާ އިން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި މަދޫރޯ އާއި އޭނާ ގެ އާއިލީ މެމްބަރުންގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ. އަދި އެ ފަރާތްތަކާ ގުޅުން އޮންނަ ވިޔަފާރީތަކާއި، ކުންފުނިތަކާ ދެކޮޅަށް ވެސް ވަނީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފަ އެވެ. މީގެ ކުރިން ވެސް އެމެރިކާ އިން މިފަދަ ނިންމުމެއް ނިންމާފައިވެ އެވެ. 

ޓްރަމްޕް ވަނީ އެކި ފަހަރު މަތިން މަދޫރޯ އަށް އިންޒާރު ވެސް ދެއްވައިފަ އެވެ. އެގޮތުން މަދޫރޯގެ ދުވަސްތައް ނިމިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ޓްރަމްޕްގެ އެންގެވުމަށް ކެރީބިއަން ސަރަހައްދުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާ ކޮށްފައިވާއިރު، މަސްތުވާ ތަކެތި އުފުލާ ކަމަށް ބުނެ އެމެރިކާ އިން އަންނަނީ ބޯޓު ތަކަށް ހަމަލާ ވެސް ދެމުންނެވެ. 

މަސްދަރު: ރޮއިޓާސް

ނިކޮލާސް މަދޫރޯވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު