Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

ފުރަތަމަ އާންމު ކޮށްފައިވާ ލިޔުން ތަކުގެ ފުރަތަމަ ބައިގައި ހިމެނޭ މަޝްހޫރު މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އެންޑްރޫ މައުންޓްބެޓަން ވިންޑްސާ، މިޔުޒިކް ތަރި މިކް ޖެގާ އާއި މައިކަލް ޖެކްސަން ވެސް ހިމެނޭ. މީގެ އިތުރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 11:25
ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމު ކޮށްފައިވާ ފައިލްގައިވާ ފޮޓޯ ތަކުގެ ތެރެއިން ފޮޓޯ އެއްގައި ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އެޕްސްޓީން.

ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމު ކޮށްފައިވާ ފައިލްގައިވާ ފޮޓޯ ތަކުގެ ތެރެއިން ފޮޓޯ އެއްގައި ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އެޕްސްޓީން.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން، ޖެފްރީ އެޕްސްޓައިންއާ ގުޅުން ހުރި ލިޔެކިޔުން ތަކުގެ ފުރަތަމަ ބައި ހާމަ ކޮށްފި އެވެ. މި ލިޔެ ކިޔުން ތަކުގައި ފޮޓޯ ތަކާއި، ވީޑިއޯތައް އަދި ތަހުގީގީ ލިޔުން ތަކެއް ވެސް ހިމަނާފައިވެ އެވެ. ކޮންގްރެސް އިން ނިންމާފައިވާ ޤާނޫނަކުން ހުކުރު ދުވަހުގެ ނިޔަލަށް އެ ލިޔެ ކިޔުންތައް ހާމަކުރަން ލާޒިމު ކޮށްފައިވާތީ، އެ ލިޔުންތަކަށް ގިނަ ބަޔަކު ވަނީ އިންތިޒާރު ކޮށްފަ އެވެ. 

ފުރަތަމަ އާންމު ކޮށްފައިވާ ލިޔުން ތަކުގެ ފުރަތަމަ ބައިގައި ހިމެނޭ މަޝްހޫރު ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އެންޑްރޫ މައުންޓްބެޓަން ވިންޑްސާ އާއި މިޔުޒިކް ތަރި މިކް ޖެގާ އާއި މައިކަލް ޖެކްސަން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހިމެނެ އެވެ. މި ލިޔުން ތަކުގައި ނަން ހިމެނުމަކީ، ނުވަތަ ފޮޓޯ ގައި ހިމެނުމަކި ގޯހެއް ހިންގާފައިވާ ކަމުގެ ހެއްކެއް ނޫނެވެ. 

ހާމަ ކޮށްފައިވާ ފޮޓޯ ތަކުގައި ކްލިންޓަން ފެންނަން ހުރެ އެވެ. އެއް ފޮޓޯގައި ފެންނަނީ ކްލިންޓަސް ސްވިމިން ޕޫލެއްގެ ތެރޭގައި އޮންނަވާ މަންޒަރެވެ. އަނެއް ފޮޓޯގައި ފެންނަނީ ބާތު ޓަބެއްގެ ތެރޭގައި އޮންނަ މަންޒަރެވެ. އެކަމާ ގުޅިގެން ކްލިންޓަންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އެއީ އެތައް އަހަރު ތަކެއް ވެފައިވާ ފޮޓޯ ތަކެއް ކަމަށެވެ. 

ކްލިންޓަންގެ ތަރުޖަމާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ފަދަ ކިތަންމެ ފޮޓޯ ތަކެއް ވެސް ހިއްސާ ކުރެވިދާނެ ކަމަށެވެ. އެގޮތުން އެ މީހުން ބޭނުން ވެއްޖެ ނަމަ، 20 އަހަރުވެފައިވާ އެތައް ފޮޓޯ ތަކެއް އާންމު ކުރެވިދާނެ ކަމަށާއި، ނަމަވެސް، އެކަމާ ކްލިންޓަންއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެކަމުގެ ތެރޭގައި ދެ ބާވަތެއްގެ މީހުން ހިމެނޭ ކަމަށެވެ. އެގޮތުން އެއް ބަޔަކީ ކުރިން އެއްވެސް ކަމެއް ނޭނގޭ މީހުން ކަމަށާއި، އެޕްސްޓީން ގެ ހަގީގަތް ހާމަވުމުން އެމީހުން އޭނާއާ އޮތް ގުޅުން ކަނޑާލާފައިވާ ކަމަށެވެ. އަދި ދެ ވަނަ ބަޔަކީ، އެޕްސްޓީން ގެ ހަގީގަތް އެނގި ތިބެ ވެސް، އޭނާއާ ގުޅުން ބޭއްވި މީހުން ކަމަށް ކްލިންޓަންގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ "އަހަރަމެން" ތިބީ ފުރަތަމަ ބައިގައި ކަމަށާއި، ދެ ވަނަ ބައިގައި ހިމެނޭ މީހުން ހަގީގަތް އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.

ހާމަ ކޮށްފައިވާ ލިޔެ ކިޔުން ތަކުގައި އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ނަން ވެސް ހިމެނެ އެވެ. ލިޔުން ތަކުގައި ބުނެފައިވާ ގޮތުން އެޕްސްޓީން ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓުގައި 14 އަހަރުގެ އަންހެން ކުއްޖަކު ތައާރަފު ކޮށްދީފަ އެވެ. ނަމަވެސް، އެ ލިޔުން ތަކުގައި ޓްރަމްޕްއާ ދެކޮޅަށް އެއްވެސް ތުހުމަތެއް ކޮށްފައި ނެތެވެ. ޓްރަމްޕް އާއި އެޕްސްޓީން އާ ދެމެދު ގުޅުން އޮތް ކަމަށް މީގެ ކުރިން ވެސް ވަނީ ހާމަވެފަ އެވެ. 

1990ގެ އަހަރު ތަކުގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ޓްރަމްޕް އާއި އެޕްސްޓީން އާ ދެމެދު ދެކެވިފައިވާ ކަމަށް ބުނާ ވާހަކަ ވެސް ވަނީ އާންމު ކޮށްފަ އެވެ. އެގޮތުން 14 އަހަރުގެ އަންހެން ކުއްޖާ އަށް އިޝާރާތް ކުރުމަށް ފަހު، "މިއީ ރަނގަޅު ކަމެއް ނޫންތޯ؟" ޓްރަމްޕް ގާތު އެޕްސްޓީން ބުނާ ކަމަށް ލިޔެ ކިޔުން ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެޕްސްޓީން އެހެން ބުނުމާ އެކު، އާނއެކޭ ބުނުމުގެ ގޮތުން ހިނިތުންވެ ހުރު ޓްރަމްޕް ބޯ ޖައްސަވާފައިވާ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން އެ ލިޔެ ކިޔުން ތަކުގައި ބުނެފައި ވަނީ ޓްރަމްޕް އާއި އެޕްސްޓީން ވެސް "ހީހީފައި" ވާހަކަ ދެއްކި ކަމަށާއި، އެކަމުގެ ސަބަބުން އެ ކުއްޖާ އަށް އުނދަގޫވި ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަމެއްކަން ވިސްނޭ ވަރަށް ވުރެ، އެ ކުއްޖާ އަކީ ކުޑަ ކުއްޖެއް ކަމަށް ބުނެފައިވެ އެވެ. އެކަމުގެ ޝިކާރަ އަކަށް ވެފައިވާ މީހާ ބުނެފައިވާ ގޮތުގައި، އެތައް އަހަރު ތަކެއް ވަންދެން އެޕްސްޓީން ވަނީ އޭނާ ގްރޫމްކޮށް، އަނިޔާ ކޮށްފަ އެވެ. 

ޓްރަމްޕްގެ ސިޔާސީ ކަންކަން ހިއްސާ ކުރަމުން އަންނަ އެކްސް އެކައުންޓެއް ކަމަށްވާ، "ޓްރަމްޕް ވޯ ރޫމް" އިން ވަނީ ކްލިންޓަން ފެންނަ ފޮޓޯ ގަނޑު ހިއްސާ ކޮށްފަ އެވެ. އެއާއެކު، ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވަނީ އެ ޕޯސްޓު ރީޕޯސްޓު ވެސް ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ބީބީސީ އިން ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވަައިޓް ހައުސްގެ ކޮމެންޓެއް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. 

ޑެޕިއުޓީ އެޓާނީ ޖެނަރަލް ޓޮޑް ބްލަންޗް ވިދާޅުވެފައި ވަނީ، "އެތައް ލައްކަ" ޞަފްހާގެ ލިޔެ ކިޔުންތައް އަދި ވެސް މުރާޖައާ ކުރަމުން އަންނަ ކަމަށާއި، އަދި ވެސް އެކަމުގެ ނަތީޖާ އާންމު ނުކުރާ ކަމަށެވެ. އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ، އޭނާ އާއި އެޕްސްޓީން އާ ދެމެދު ގުޅުމެއް އޮތް ނަމަވެސް، އެޕްސްޓީން އެންމެ ފުރަތަމަ ހައްޔަރު ކުރުމުގެ ކުރިން އެ ގުޅުން ކެނޑިފައިވާ ކަމަށެވެ. އެއީ ގާތް ގަނޑަކަށް 2004 ވަނަ އަހަރުގެ ކުރީންނެވެ. 

މީގެ އިތުރުން އާންމު ކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ގިސްލޭން މެކްސްވެލް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިން ސްޓްރީޓްގެ ދޮރު މަތީގައި ހުއްޓި ހުރެ އެވެ. އެ ފޮޓޯގައި އޭނާ އެކަނި ފެންނަން ހުރިއިރު، އެ ތަނުގައި އޭނާ ހުރީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެ އެވެ. އަދި އެއީ ކޮން ދުވަސް ވަރެއްގައި ނަގާފައިވާ ފޮޓޯއެއް ކަމަށް ވެސް ބަޔާން ކޮށްފައި ނުވެ އެވެ. ހަމަ އެހެންމެ، އެ ފޮޓޯ ނަގާފައިވާ ދުވަސްވަރު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވީ ކޮން ބޭފުޅެއްކަން ބުނެފައި ނުވާއިރު، މެކްސްވެލް ޑައުނިން ސްޓްރީޓް އަށް ޒިޔާރަތް ކުރި ހައިސިއްޔަތު ވެސް ބުނެފައި ނުވެ އެވެ. 

މީގެ އިތުރުން އެ ލިޔެ ކިޔުން ތަކުގައި މައިކަލް ޖެކްސަން، ޑައިއާނާ ރޯސް، ކްރިސް ޓަކާ އަދި މިކް ޖެގާގެ ފޮޓޯތައް ވެސް ހިމެނެ އެވެ. ނަމަވެސް، އެ ފޮޓޯތައް ނަގާފައި ވަނީ ކޮން ތަނެއްގައި ކަމެއް، ނުވަތަ ކޮން ވަގުތެއްގައި ކަމެއް ސާފެއް ނުވެ އެވެ. 

މަސްދަރު: ބީބީސީ

ޖެފްރީ އެޕްސްޓީންބިލް ކްލިންޓަންރައީސް ޑޮނަލްޑް ޓްރަމްޕްގިސްލޭން މެކްސްވެލްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

20 ޑިސެމްބަރު 2025
ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ގެ ދެ ފަނޑިޔާރަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ގެ ދެ ފަނޑިޔާރަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު