Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެއީ ބެއްލާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް. މިއީ އީރާން އާއި ހިޒްބުﷲ ޖަމާއަތާ ގުޅުން ހުރި ޓޭންކަރެއް ކަމަށް ނިންމައި، 2024 ވަނަ އަހަރު އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓޭންކަރެއް ކަމަށް އެމެރިކާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 08:22
މީގެ ކުރިން ހޮނިހިރު ދުވަހު އެމެރިކާ އިން ހިފެހެއްޓި ތެޔޮ ޓޭންކަރު

މީގެ ކުރިން ހޮނިހިރު ދުވަހު އެމެރިކާ އިން ހިފެހެއްޓި ތެޔޮ ޓޭންކަރު

އެމެރިކާ އިން ވެނެޒުއެލާ ކައިރިން އެ ޤައުމުގެ އިތުރު ތެޔޮ ޓޭންކަރެއް ހިފައިފި އެވެ. 

އެމެރިކާ އިން ތިން ވަނަ ޓޭންކަރެއް ހިފާފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ. އޭގެ ކުރިން ހޮނިހިރު ދުވަހު ވަނީ ދެ ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފަހައްޓައިފަ އެވެ.  

މިއީ އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ކަމެކެވެ. ވެނެޒުއެލާ އިން ތުހުމަތު ކޮށްފައި ވަނީ އެމެރިކާ އިން އެ ޤައުމުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެމެރިކާ އިން ބޭނުން ވަނީ ވެނެޒުއެލާ އަށް އަތް ގަދަ ކުރަން ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. 

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ޓްރަމްޕް ވަނީ، ވެނެޒުއެލާ އަށް ދަތުރު ކުރާ، އަދި އެ ޤައުމުން ދަތުރު ކުރާ ތެޔޮ ޓޭންކަރު ތަަކަށް ހުރަސް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ވިދާޅުވެފައިވާއިރު، އެމެރިކާ އިން ވަނީ ކެރީބިއަން ސަރަހައްދުގައި އަސްކަރީ ބާރުވެރިކަން އިތުރުކޮށްފަ އެވެ. އެއީ ވެނެޒުއެލާ އިން އެމެރިކާ އިން މަސްތުވާ ތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓުވުމުގެ މަޤުސަދުގައި ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ އޮފިޝަލުން އޭއެފްޕީ އަށް ބުނެފައި ވަނީ ޤާނޫނާ ޚިލާފަށް ޙަރަކާތްތެރި ވަމުން އައި ތެޔޮ ޓޭންކަރެއްގެ ފަހަތުން ދުއްވައި، އެ ޓޭންކަރު ހިފަހައްޓާފައިވާ ކަމަށެވެ. އެ ޓޭންކަރުގައި އޮޅުވާލުމުގެ ގޮތުން އެހެން ޤައުމެއްގެ ދިދަ ނަގާފައިވާ ކަމަށާއި، އެ ޓޭންކަރު ހިފަހައްޓާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެއީ ބެއްލާ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. މިއީ އީރާން އާއި ހިޒްބުﷲ ޖަމާއަތާ ގުޅުން ހުރި ޓޭންކަރެއް ކަމަށް ނިންމައި، 2024 ވަނަ އަހަރު އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓޭންކަރެއް ކަމަށް ވެސް ބުނެފައިވެ އެވެ. ޓޭންކާޓްރެކާސް އިން ދައްކާ ގޮތުގައި އެ ޓޭންކަރު އެންމެ ފަހުން ދަތުރު ކޮށްފައި ވަނީ ވެނެޒުއެލާ އަށެވެ. ނަމަވެސް، އެ ޓޭންކަރުގައި ތެޔޮ ނެތް ކަމަށް ބުނެފައިވެ އެވެ. 

އެކަމާ ގުޅިގެން އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ، މީގެ ކުރިން ވެސް އެމެރިކާ އިން އެ ޓޭންކަރަށް ފާރަލާފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ އެމެރިކާ އިން އެ ޓޭންކަރާ ކައިރިވެފައި ވީ ނަމަވެސް، ފަހުން ދަތުރު ކުރުމުގެ ހުއްދަ ދީ، ދޫކޮށްލާފައިވާ ކަމަށް ބުނެފައިވެ އެވެ. 

މީގެ ކުރިން ހޮނިހިރު ދުވަހު އެމެރިކާ އިން ހިފަހައްޓާފައި ވަނީ ސެންޗުރީސް ނަަމަކަށް ކިޔާ ޓޭންކަރެކެވެ. އެމެރިކާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ ބޯޓުން ވަނީ އެމެރިކާގެ ދަތި ކުރުން ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ތެލުގެ ބާވަތެއް އުފުލައިފަ އެވެ. ޓޭންކާޓްރެކާސް އިން ބުނެފައިވާ ގޮތުގައި، ސެންޗުރީސް އަކީ ޗައިނާގެ ވެރި ކަމުގެ ދަށުން ހިންގާ، ޕެނަމާގެ ދިދަ ޖަހައިގެން ދަތުރު ކުރާ ޓޭންކަރެއް ކަމަށެވެ.

މީގެ އިތުރުން މި ޓޭންކަރުން މި މަހުގެ ކުރީ ކޮޅު ވެނެޒުއެލާގެ ބަނދަރަކުން އެއް މިލިއަން ސަތޭކަ ހާސް ބެރަލްގެ ތެޔޮ އުފުލާލަފައިވާ ކަމަށާއި، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެނެޒުއެލާގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް ގެންދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވެސެލްފައިންޑާ ޑޭޓާ ބޭސްގައި ވެސް މި ޓޭންކަރުން އެންމެ ފަހުން ފެނިފައި ވަނީ ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުން ކަމަށް ބަޔާން ކޮށްފައިވެ އެވެ. 

އެމެރިކާ އިން އަންނަނީ ކެރީބިއަން ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކަށް ހަމަލާ ވެސް ދެމުންނެވެ. އެގޮތުން އެއީ މަސްތުވާ ތަކެތި އުފުލާ އުޅަނދު ތަކެއް ކަމަށް ބުނެ، މިހާތަނަށް އެމެރިކާ އިން ވަނީ ގިނަ ހަމަލާ ތަކެއް ދީފަ އެވެ. މި ހަަމަލާ ތަކުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެމެރިކާގެ މި އަމަލާ ގުޅިގެން، ގިނަ ބައެއްގެ ނުރުހުން ވެސް ވަނީ އެ ޤައުމަށް އަމާޒުވެފަ އެވެ. 

މަސްދަރު: ޕްރެސް ޓީވީ

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯތެލުގެ ޓޭންކަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

20 ޑިސެމްބަރު 2025
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު