Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިސީސީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ގެ ދެ ފަނޑިޔާރަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

މި ފިޔަވަޅުތައް އިއުލާނު ކުރެއްވީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އެވެ. އޭނާ އިއުލާނު ކުރެއްވި ފިޔަވަޅު ތައް އަމާޒު ކުރި ފަނޑިޔާރުންނަކީ އިޒްރޭލަށް "ޣައިރު ގާނޫނީ ގޮތުން ޓާގެޓްކުރާ" ބެއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 17:25
ދަ ހޭގް ގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މައި ދޮރުން މީހަކު ވަންނަނީ

ދަ ހޭގް ގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މައި ދޮރުން މީހަކު ވަންނަނީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ދެ ފަނޑިޔާރަކަށް އެމެރިކާ އިން ފިޔަވަޅު އެޅުމުން އެކަން ވަރަށް ބޮޑަށް އެ ކޯޓުން ކުށްވެރިކޮށްފިއެވެ.

ބުރާސްފަތި ދުވަހު އައިސީސީ އިން ނެރުނު ބަޔާނެއް ގައި ބުނީ އެމެރިކާ އިން އެޅި ފިޔަވަޅުތަކަކީ، ވަކި ފަރާތަކަށް ނުޖެހޭ އަދުލު އިންސާފު ގާއިމު ކުރާ މުއައްސަސާ އަކަށް "ފާޅުގައި ދިން ހަމަލާ އެއް" ކަމަށެވެ.

އެ ބަޔާނުގައި އައިސީސީ އިން ބުނެފައި ވަނީ، ގާނޫނު ތަންފީޒުކުރާ ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑު މުޅިން ނުރައްކަލަށް ހުށަހަޅާ ކަމެއް ކަމަށެވެ.

މި ފިޔަވަޅުތައް އިއުލާނު ކުރެއްވީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އެވެ. އޭނާ އިއުލާނު ކުރެއްވި ފިޔަވަޅު ތައް އަމާޒު ކުރި ފަނޑިޔާރުންނަކީ އިޒްރޭލަށް "ޣައިރު ގާނޫނީ ގޮތުން ޓާގެޓްކުރާ" ބެއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

އިޒްރޭލުގެ ރުހުމެއް ނެތި އިޒްރޭލުގެ ރައްޔިތުންގެ ތަހުގީގު ކުރުމުގެ މަސައްކަތްތަކުގައި އެ ފަނޑިޔާރުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަރާތްތަކަކީ އިޒްރޭލުގެ ރުހުމެއް ނެތި، އިޒްރޭލުގެ ރައްޔިތުން ތަހުގީގުކުރުމަށާއި، ހައްޔަރުކުރުމަށާއި، ބަންދުކުރުމަށާއި، ނުވަތަ ދައުވާކުރުމަށް އައިސީސީ އިން ކުރާ މަސައްކަތްތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެކެވެ. އޭގެ ތެރޭގައި ޑިސެމްބަރު 15 ގައި އިޒްރޭލުން އައިސީސީ އަށް ހުށަހެޅި އިސްތިއުނާފާ ދެކޮޅަށް އައިސީސީ އިން ނެރުނު ހުކުމަށް ތާއީދުކޮށް، ވާގިވެރިވި ފަރާތްތަކާއެކު ވޯޓުދިނުން ހިމެނެއެވެ،" ރޫބިއޯ  ބަޔާނުގައި ވިދާޅުވިއެވެ.

އައިސީސީގެ މައި މަރުކަޒު ގާއިމު ކޮށްފައި ހުންނަ ގައުމު ކަމަށްވާ ނެދަލޭންޑްސް އިން ވެސް އެމެރިކާގެ މި ފިޔަވަޅުތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ކޯޓުތައް ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

125 ގައުމެއް މެމްބަރުންގެ ގޮތުގައި ހިމެނޭ އައިސީސީ އަށް މިއަހަރު ފެބްރުއަރީ މަހު ވެސް ފިއްތުންތައް އެމެރިކާ އިން ކުރިމަތިކުރުވި އެވެ. އޭރު ކޯޓާ ދެކޮޅަށް ފިޔަވަޅު އެޅީ އެމެރިކާ އަށާއި އިޒްރޭލަށް ޓާގެޓްކޮށްގެން ޣައިރު ގާނޫނީ މަސައްކަތްތައް އެ ކޯޓުން ކުރާތީ ކަމަށް ބުނެފައިވެ އެވެ.

އޮކްޓޯބަރު 2023 ގެ ފަހުން އިޒްރޭލުން ވަނީ 70،667 ފަލަސްތީނު ރައްޔިތުން މަރާލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން 171،000 މީހުން ޣައްޒާ އަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޒަޚަމްވެފައިވެ އެވެ.

ގާނޫނީ ތަޖުރިބާކާރުން ބުނަނީ އެމެރިކާގެ އެހީތެރިކަމާ އެކު އިޒްރޭލުން ޣައްޒާ ގައި އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ އެތައް ޖަރީމާ އެއް ހިންގާފައިވާ ކަމުގައެވެ.

އައިސީސީ އިން ވަނީ މި ތުހުމަތު ތަކާ ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ.

އެމެރިކާ އާއި އިޒްރޭލަކީ އައިސީސީ ބަލައިގަންނަ ގައުމުތަކެއް ނޫނެވެ.

އައިސީސީއެމެރިކާމާކޯ ރޫބިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި

ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި

19 ޑިސެމްބަރު 2025
އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

18 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު