Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ޓްރަމްޕް ވަނީ އެކި ފަހަރު މަތިން މަދޫރޯ އަށް އިންޒާރު ވެސް ދެއްވާފައި. ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހިންގަމުން އަންނަ އޮޕަރޭޝަނަކީ އެ ޤައުމުގެ ވެރިކަން ބަދަލު ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށް އެ ޤައުމުން ވަނީ ތުހުމަތު ކޮށްފައި. އެމެރިކާގެ މަޤުސަދަކީ ވެނެޒުއެލާގެ ވެރިކަން ބަދަލު ކުރުންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަން އެހެން ވެސް ވެދާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 07:31
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު، އެންމެ ބުއްދިވެރި ގޮތަކީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުވުން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އިން އަންނަނީ ވެނެޒުއެލާއާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރިއްޔާގެ ޙަރަކާތްތެރިކަން އިތުރު ކޮށްފައިވާއިރު، އެމެރިކާ އިން އަންނަނީ ވެނެޒުއެލާގެ ކައިރިން ތެޔޮ ޓޭންކަރު ތަކެއް ވެސް ހިފަހައްޓަމުންނެވެ. 

އެގޮތުން އެމެރިކާ އިން ވަނީ މިހާތަނަށް ވެނެޒުއެލާގެ ކައިރިން ތިން ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ހިފަހައްޓާފައިވާ ވެނެޒުއެލާގެ ތެޔޮ ޓޭންކަރުތައް ވިއްކާލުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ނޫން ނަމަ، އެ ޓޭންކަރުތައް ބަހައްޓާނީ އެމެރިކާގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަނަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކަމަށް ބުނެ ހިންގާ އޮޕަރޭޝަނެކެވެ. ޕެސިފިކް ކަނޑާއި، ކެރީބިއަން ކަނޑުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނެ އެމެރިކާ އިން ވަނީ މިހާތަނަށް 20 އުޅަނދަކަށް ހަމަލާ ދީފަ އެވެ. އެމެރިކާ އިން ދީފައިވާ ހަމަލާ ތަކުގައި މިހާތަނަށް 100 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އެމެރިކާގެ އެ ހަމަލާ ތަކަކީ ޤާނޫނާ ޚިލާފަށް ދެމުން އަންނަ ހަމަލާ ތަކެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

ޓްރަމްޕް ވަނީ އެކި ފަހަރު މަތިން މަދޫރޯ އަށް އިންޒާރު ވެސް ދެއްވައިފަ އެވެ. ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހިންގަމުން އަންނަ އޮޕަރޭޝަނަކީ އެ ޤައުމުގެ ވެރިކަން ބަދަލު ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޙަރަކާތެއް ކަމަށް އެ ޤައުމުން ވަނީ ތުހުމަތު ކޮށްފަ އެވެ. އެމެރިކާގެ މަޤުސަދަކީ ވެނެޒުއެލާގެ ވެރިކަން ބަދަލު ކުރުންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަން އެހެން ވެސް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް، ކަންތައް ކުރާނެ ގޮތެއް ނިންމާނީ މަދޫރޯ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ މަދޫރޯ ވެރިކަމުން ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ގޮތެއް ހޯއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވީ "ޓަފް" ގޮތެއްގައި ކަންކަން ކުރަން މަދޫރޯ ބޭނުންވާ ނަމަ، މިއީ މަދޫރޯ އަށް އެގޮތަށް ކަންތައް ކުރެވޭނެ އެންމެ ފަހު ފަހަރު ކަމަަށެވެ. 

އެ ވާހަކަތައް ދައްކަވަމުން ޓްރަމްޕް ވަނީ، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހިންގަމުން އަންނަ ކަންތައްތަކާ ގުޅޭ ގޮތުން ޕެޓްރޯ އަންނަނީ އެމެރިކާ އަށް ފާޑު ވިދާޅުވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޕެޓްރޯ އަކީ އެމެރިކާގެ ރަޙުމަތްތެރިއެއް ނޫން ކަމަށެވެ. އަދި ޕެޓްރޯ އަކީ ވަރަށް ނުބައި މީހެއް ކަމަށާއި، އޭނާ އަކީ ކޮކެއިން އުފައްދައިގެން އެމެރިކާ އަށް އެ ތަކެތި ފޮނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެހެންކަމުން އޭނާއާ މެދު އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެމެރިކާ އިން ދޭން ފެށި ހަމަލާތަކާ އެކު ޓްރަމްޕް ވަނީ، ވެނެޒުއެލާ އަށް ވަންނަ ތެޔޮ ޓޭންކަރު ތަކާއި، އެ ޤައުމުން ބޭރުވާ ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ކޯސްޓު ގާޑުން ވެނެޒުއެލާ ކައިރިން ތިން ޓޭންކަރެއް ހިފަހައްޓާފައިވާއިރު، އެމެރިކާގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ އެކަމުގެ މަންޒަރު ވެސް އާންމު ކޮށްފަ އެވެ. 

ޓްރަމްޕްގެ މި ވާހަކަތަކަ ގުޅިގެން މަދޫރޯ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް، ޓްރަމްޕް އަށް ސީދާ ގޮތެއްގައި ރައްދު ދެއްވުމުގެ ބަދަލުގައި މަދޫރޯ ވިދާޅުވެފައި ވަނީ ކޮންމެ ލީޑަރަކު ވެސް އެ މީހެއްގެ ޤައުމުގެ ކަންކަމަށް ސަމާލުކަން ދޭން ވާނެ ކަމަށެވެ. މަދޫރޯ މިހެން ވިދާޅުވެފައިވާއިރު، އޭނާ އާއި ޓްރަމްޕް ވަނީ މީގެ ކުރިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ވެސް ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯގުސްޓާވޯ ޕެޓްރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

22 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު