Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޕެސިފިކްގައި ކަނޑުގައި އެމެރިކާ އިން އަނެއްކާ ވެސް ހަމަލާ އެއް ދީ އިތުރު 5 މީހަކު މަރާލައިފި

ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް ތުހުމަތު ކުރެވޭ ފަސް މީހަކު އެމެރިކާ ސިފައިން މަރާލުމުން މި އޮޕަރޭޝަނުން މަރުވި މީހުންގެ އަދަދު 104 އަށް އަރައިފި. ޓްރަމްޕް ސަރުކާރުން ސެޕްޓެމްބަރުން ފެށިގެން ކެރިބިއަން ކަނޑާއި ޕެސިފިކް ކަނޑުގައި މިފަދަ ހަމަލާތައް ދެނީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ކަމުގެ އެއްވެސް ހެކިއެއް ނެތި. ކޮންގްރެސްގެ ހުއްދަ ނެތި މި ހަމަލާތައް ދިނުމުން އޮޕަރޭޝަންގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވޭ.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 05:15
ކެރީބިއަން ކަނޑުގައި އޮތް އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ޖެރަލްޑް އާރ. ގައި ރޭގަނޑުގެ ވަގުތުގައި ހަނގުރާމަތީ މަތިންދާ ބޯޓުތައް އޮޕަރޭޓް ކުރަނީ - ޑިސެމްބަރު 7، 2025

ކެރީބިއަން ކަނޑުގައި އޮތް އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ޖެރަލްޑް އާރ. ގައި ރޭގަނޑުގެ ވަގުތުގައި ހަނގުރާމަތީ މަތިންދާ ބޯޓުތައް އޮޕަރޭޓް ކުރަނީ - ޑިސެމްބަރު 7، 2025

ބުރާސްފަތި ދުވަހު އިރުމަތީ ޕެސިފިކް ކަނޑުގައި ދެ ބޯޓެއްގައި ތިބި މަސްތުވާތަކެތީގެ ވިޔަފާރިވެރިން ކަމަށް ތުހުމަތު ކުރެވޭ އިތުރު ފަސް މީހަކު މަރާލާފައިވާ ކަމަށް އެމެރިކާ ސިފައިން ހާމަ ކޮށްފި އެވެ.

މިއާ އެކު މަސްތުވާ ތަކެއްޗާ ދެކޮޅަށް އެމެރިކާ އިން ހިންގާ ކަމަށް ބުނާ މި އޮޕަރޭޝަން ގައި ހަމަލާދީ މަރާލި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ޓްރަމްޕް ސަރުކާރުން ސެޕްޓެމްބަރު މަހުން ފެށިގެން ކެރިބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ކަނޑުގައި މިފަދަ ހަމަލާތައް ދެމުން ގެންދާ އިރު، އެ ބޯޓުތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެފައިވާކަމުގެ އެއްވެސް ހެއްކެއް ދައްކާފަ އެއް ނުވެ އެވެ. އެއާއެކު، މި އޮޕަރޭޝަންތަކުގެ ގާނޫނީ ހައިސިއްޔަތާ ބެހޭ ގޮތުން އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ފަހުގެ ހަމަލާތައް ހިންގާފައިވަނީ "މަސްތުވާތަކެތީގެ ވިޔަފާރީގެ އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ" ބައިނަލްއަގުވާމީ ކަނޑުގައި އޮތް ދެ ބޯޓަކަށް ކަމަށް އެމެރިކާގެ ސައުތު ކޮމާންޑުން އެކްސްގައި ބުނެފައިވެއެވެ.

ފުރަތަމަ ބޯޓުން ތިން މީހަކު މަރުވެފައިވާއިރު، ދެވަނަ ބޯޓުން ދެ މީހަކު މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ރަސްމީ ޑޭޓާގެ މައްޗަށް ބިނާކޮށް އޭއެފްޕީން ހަދާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ހަމަލާތަކުން މިހާތަނަށް 104 މީހަކު މަރުވެފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ކަމަށް ބުނާ އޮޕަރޭޝަނެއް ގައި ސިފައިން ބޭނުންކުރުމާއި، ވެނެޒުއެލާ އަށް އެއްގަމު މަގުން ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވުމުން، މި ހަރަކާތްތަކަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް - ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ ކަމަށް ސުވާލު އުފެދިފައިވެއެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ހަނގުރާމައިގެ އަމަލެއް ގައި އެމެރިކާ އަށް ބައިވެރިވެވޭނީ ކޮންގްރެސް އިން ފާސް ކޮށްގެންނެވެ.

އަނެއްކޮޅުން ކޮންގްރެސް ގެ ހުއްދަ ނެތި ޓްރަމްޕް ސަރުކާރުން ދެމުން މިދާ ހަމަލާތައް ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރަޓްސް އަށް ނިސްބަތްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް ބުދަ ދުވަހު ހުށަހެޅި ދެ ގަރާރެއް ޓްރަމްޕްގެ ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިހުން ބޭރު ކޮށްލާފަ އެވެ. .

އެމެރިކާރައީސް ޓްރަމްޕްޕެސިފިކް ކަނޑުމަސްތުވާތަކެތި ޓްރެފިކްކުރުންވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

18 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު