Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

އިޒްރޭލުގެ އަސްކަރީ ކަންކަމާ ބެހޭ ވަޒީރު އިޒްރޭލް ކަޓްޒް ވަނީ ޣައްޒާ، ލުބްނާން، ސީރިއާ އަދި ޔަމަންގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 16:57
އިޒްރޭލުގެ އަސްކަރީ ކަންކަމާ ބެހޭ މިނިސްޓަރ، އިޒްރޭލް ކަޓްޒް

އިޒްރޭލުގެ އަސްކަރީ ކަންކަމާ ބެހޭ މިނިސްޓަރ، އިޒްރޭލް ކަޓްޒް

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ އެވެ.

އިޒްރޭލުގެ މިނިސްޓަރ އޮފް މިލިޓަރީ އެފެއަރޒް  އިޒްރޭލް ކަޓްޒް ވަނީ، ސަރަހައްދުގައި އަސްކަރީ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ހަމަލާ ދޭނެ ކަމަށް ބުނި ތަންތަނުގެ ތެރޭގައި ޣައްޒާ ވެސް ހިމެނެ އެވެ.

ޣައްޒާ އަކީ ޢާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކާނާ އަދި ބޭސް ނުލިބި އިޒްރޭލުގެ ހިސޯރު ގެ ދަށުގައި ހިތާމަވެރި އިންސާނިއްޔަތާ ޚިލާފު ކާރިސާ އެއް ކުރިމަތިވެފައިވާ ތަނެކެވެ.

ހިބްރޫ ބަހުން ނެރޭ ދުވަހު ނޫސް 'މާރީވް' އިން ކަޓްޒް އާ ހަވާލާދީ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ވައިގެ ސިފައިންގެ ޕައިލެޓުންނަށް ހިންގި ތަމްރީނު ކޯހެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ، އިޒްރޭލުން "ލުބްނާން، ސީރިއާ، ޣައްޒާ ސިޓީ އަދި ޔަމަންގައި އެމީހުންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ" ކަމަށް ބުނެފައެވެ. މި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޗީފް އޮފް ސްޓާފް ލެފްޓިނަންޓް ޖެނެރަލް އަޔާލް ޒަމީރު ވެސް ބައިވެރިވިއެވެ.

އޭނާ އިތުރަށް ބުނީ، "ލުބްނާން ގައި، ހިޒްބުﷲ އާ ދެކޮޅަށް ބާރަށް ހަރަކާތްތެރިވަމުން ގެންދާނަން؛ ކަމަށާއި ސީރިއާގައި، ޖަބަލް އަލް-ޝެއިޚް ސަރަހައްދުންނާއި ސެކިއުރިޓީ ޒޯން ކިޔާ ސަރަހައްދުން އިޒްރޭލު ފަހަތައް ނުޖެހޭނެ ކަމަށެވެ. އަދި ޣައްޒާ ސިޓީގައި، ޙަމާސް ނައްތާލައި އެ ސަރަހައްދު ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް އިޒްރޭލުން ކަނޑައަޅާފައި ކަަމަށް އޭނާ ބުންޏެވެ.

އިޒްރޭލުގެ ހަނގުރާމައިގެ ވަޒީރު ފާހަގަކުރި ގޮތުގައި، އަންސާރުﷲ ވެރިކަންކުރާ ޔަމަނުގެ ސަރުކާރުގެ ގާބިލުކަން ވަރުގަދަވިޔަ ނުދިނުމަށްޓަކައި، އިޒްރޭލު ސަރުކާރުން ޔަމަނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

ކަޓްޒް ވަނީ މިދިޔަ ޖޫން މަހު، އީރާނާ ދެކޮޅަށް 12 ދުވަހުގެ މުއްދަތެއް ގައި ދެވުނު އަނިޔާވެރި ހަމަލާތަކަށް އިޝާރާތް ކޮށް، އެމެރިކާ އާ ގުޅިގެން އިޒްރޭލުން "އީރާނުގެ ނިއުކްލިއަރ އަދި ސްޓްރެޓީޖިކް ގާބިލިއްޔަތައް އަމާޒު ކޮށް ބޮޑެތި ގެއްލުންތަކެއް ދިން" ކަމަށް ދަޢުވާކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 70,942 ފަލަސްތީނު ރައްޔިތުން މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,195 މީހުން ވަނީ ޒަޚަމްވެފަ އެވެ.

އޮކްޓޯބަރު 10 ގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުވި ނަމަވެސް، އިޒްރޭލުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. އެއްބަސްވެފައިވާ މިންވަރަށް އެހީގެ ކާނާ އާއި ބޭސް ސާމާނު ބަރުކޮށްފައިވާ އުޅަނދުތައް ޣައްޒާ އަށް ވަނުމަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުން، ޣައްޒާ ގައި ދިގުދެމިގެންދާ ނުރައްކާތެރި ސިއްޙީ ކާރިސާ" އެއްގެ ގޮތުގައި ސިފަކޮށްފައިވާ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

އިޒްރޭލް ކަޓްޒްހިޒްބުﷲހަމާސްއިޒްރޭލްޣައްޒާ ހަނގުރާމަޔަމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ހާމަ ކޮށްފި

23 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު