Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި

ސެޕްޓެމްބަރު 15 ގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިނގި ހަމަނުޖެހުމުގައި ހުސައިން އިމްރާން، ހުސައިން ސަމީރު އަދި މައުރޫފު ޒާކިރު ހިމެނޭ މައްސަލައިގައި ގެއްލުންވި މައިކްރޮފޯނުގެ އަގު 24،413 ރުފިޔާއަށް އަރާކަން ކަނޑައަޅާފައިވޭ.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 07:43
މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލް ފާސް ކުރުމަށް ސެޕްޓެމްބަރު 15، 2025 ގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.

މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލް ފާސް ކުރުމަށް ސެޕްޓެމްބަރު 15، 2025 ގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން ތިން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި އެވެ.

ޑިސެމްބަރު މަހުގެ މަޖިލިހުގެ އިދާރާ އިން ފޮނުވި މުސާރަ ސްލިޕް ގައި އެ މެމްބަރުންގެ މުސާރައިން 8،134ރ. އުނިކޮށްފައިވާކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

Advertisement - newsAdvertisement

މެމްބަރުން ޖުރިމަނާ ކުރާ ގޮތަށް ނިންމީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ކަމަށް ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކެއްގައި މައިކްރޮފޯން ސިސްޓަމަށް ގެއްލުން ދިން ވަކި ދެ މައްސަލަ އެއް ގައި މަޖިލީހުން ވަނީ އެ ކަމުގައި ޝާމިލުވި ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ އަތުން ޖުމްލަ 28,253.92 ރުފިޔާ ނެގުމަށް ނިންމާފައެވެ.

މި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ހިނގާފައިވަނީ މީޑިއާ ބިލާ ގުޅޭ ކޮމިޓީ ބައްދަލުވުމެއްގައެވެ. އަނެއް މައްސަލަ ހިނގާފައިވަނީ މަޖިލީހުގެ ޖަލްސާއެއް ގައި ހޫނު ބަހުސެއް ކުރިއަށް ދަނިކޮށެވެ.

ފުރަތަމަ މައްސަލައިގައި ހިމެނޭ މެމްބަރުންގެ މުސާރައިން ފައިސާ ކެނޑިކަން ކަށަވަރު ކުރެވިފައިވާ އިރު އެ މައްސަލަ އަކީ، ސެޕްޓެންބަރު 15 ގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިނގި ހަމަނުޖެހުމަކާ ގުޅޭ މައްސަލަ އެކެވެ. މައްސަލަ ހިނގީ ޝަކުވާ ބޮޑުވި މީޑިއާ ބިލު ފާސްކުރުމަށް އުޅުމުންނެވެ. މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކީ ކޮމިޓީން ބުނެފައިވާ ގޮތުގައި، މައިކްރޮފޯނަށް ގެއްލުންވީި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު (ޕީއެންސީ)، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު (އެމްޑީޕީ)، އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު (އެމްޑީޕީ) ގެ މެދުގައި ހިނގި ހަމަނުޖެހުމުގަ އެވެ. އަދި އެ މެމްބަރުންގެ އަތުން ބަދަލު ހޯދުމަށް ކޮމިޓީން ނިންމާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީން ވަނީ މި މައިކްރޯފޯނުގެ އަގު 24,413.92 ރުފިޔާއަށް އަރާކަން ކަނޑައަޅާފައެވެ. މި ތިން މެމްބަރުން ޖޫރިމަނާކުރުމަށް ކޮމިޓީ އަށް ހުށަހެޅީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު (ޕީއެންސީ) އެވެ. މިގޮތަށް ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު (ޕީއެންސީ) ތާއީދުކުރެއްވިއިރު، މެންބަރު ހުސައިން ނާސިހް ވެސް ހިމެނޭ ގޮތަށް ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން މި ނިންމުން ފާސްކުރިއެވެ.

ދެވަނަ މައްސަލަ ހިނގާފައިވަނީ އޮކްޓޯބަރު މަހުގެ 22 ވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މި މައްސަލާގައި ގެއްލުން ލިބިފައިވަނީ ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުގެ މޭޒުގައި ހުރި މައިކްރޯފޯނަށެވެ. މި ހާދިސާ ހިނގާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، އައްޑޫގައި ހިންގާ މަޝްރޫޢުތަކެއްގެ މަސައްކަތް ލަސްވެފައިވާ މައްސަލައާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފަލާހާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު (އެމްޑީޕީ) އާ ދެމެދު ހޫނު ބަހުސެއް ހިނގަމުން ދަނިކޮށެވެ. 

މި މައްސަލާގައި ފަލާހާއި ޝަމްހީދު އާ ދެމެދުގައި ހިނގާފައިވާ ކަންކަން ތަހުގީގުކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އާޒާން މަރުޒޫގު (ޕީއެންސީ) ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތާއީދުކުރެއްވިއިރު، މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު (އެމްޑީޕީ) ދެކޮޅު ހެއްދެވިއެވެ. ޝާކިރު ދެކޮޅު ހެއްދެވީ، މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި މިކަމުގެ ޒިންމާވާ ފަރާތް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެ މެމްބަރު ވަކި ފަރާތެއްގެ ނަން ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް ކޮމިޓީން ނިންމި ކަމަށް އެނގިފައިވަނީ މި މައްސަލައިގައި ޑރ. އަހްމަދު ޝަމްހީދު 3،000ރ. ގެ ބަދަލު ހޯދުމަށެވެ.

މި ދެވަނަ މައްސަލާގައި މައިކްރޯފޯނުގެ އަގު ކަމަށް ކަނޑައަޅާފައިވަނީ 3,840 ރުފިޔާ އެވެ. މި މައްސަލައިގައި ޝާމިލުވި މެމްބަރު ޖުރިމަނާ ކުރި ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން ތަކުގައި މައިކްރޮފޯނަށާއި މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމަކީ އައު ކަމެއް ނޫނެވެ.  2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ގެ ގެ މޭޒުކޮޅު މަތީގައި ހުރި މައިކްރޯފޯނުގެ ކޭބަލް ކަނޑާލުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކެންސަލް ކުރެވުނު ފާހަގަކުރެވެ އެވެ. މިއީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) ގެ މެންބަރުން، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމަށް ކުރި މަސައްކަތެއްގެ ތެރެއިން ހިނގާފައިވާ ކަމެކެވެ. ފަހުން ނެރެވުނު ރިޕޯޓުތަކުން ދައްކާގޮތުގައި، މި ހަމަނުޖެހުންތަކުގެ ތެރޭގައި މަޖިލީސް ތެރޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ކެމެރާތަކާއި، ކޭބަލްތައް ވެސް ވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހަލާކުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްހުސައިން އިމްރާން ލަތީފުހުސެއިން ސަމީރުމައުރޫފް ޒާކިރުއިބްރާހިމް ފަލާހްއަހްމަދު ޝަމްހީދުއިމްތިޔާޒާއި ސުލޫކު ކޮމެޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު