Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ ދާރުލްއާސާރު

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި އަޅައިފައިވާ ސަބަބާއި މެދު މެންބަރުން ސުވާލު ކުރުމުން ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ސީދާ ޖަވާބެއް ދެއްވާފައި ނުވޭ.. އޭރު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކޮށްފައިވަނީ ހެރިޓޭޖް މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެހެން ވުޒާރާއަކުން ނޫން ކަމަށާއި އެކަން ކުރަނީ ކޮންބައެއްކަން ބަލާލާނެ ކަމަށް. 3 މަސް ވީ އިރު ވެސް ވަޒީރަށް އެކަމަށް ސާފު ޖަވާބެއް ނުދެވުނު.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޑިސެމްބަރު 2025 | ހޮނިހިރު 14:41
ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ތަކުރާރުކޮށް، ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި އަޅައިފައިވާ ސަބަބާއި މެދު ސުވާލު ކުރައްވާފަ އެވެ.  ގިނަ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި، މިނިސްޓަރު އާދަމް ނަސީރު ވީދާޅުވެފައިވަނީ އެ މަސައްކަތް ކޮށްފައިވަނީ ހެރިޓޭޖް މިނިސްޓްރީން ނޫން ކަަމަށެވެ. 

Advertisement - newsAdvertisement

އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ އެމަސައްކަތް ކުރަނީ ކޮންބައެއްކަން މިނިސްޓަރު އާދަމް ނަސީރަށް އެނގިލައްވާތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ނަސީރު ވަނީ ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް، ކިހިނެތްތޯ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

" ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެތްތޯ އަޅުގަނޑު ޖެހޭނީ ބަލާލަން. މި ވުޒާރާއިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން އަޅުގަނޑަށް ޔަގީން އެނގޭތޯ. އެއީ ކަށަވަރު ކަމެއް. ދެން ދެވަނަ ކަމަކީ ކުރިން ވެސް އަޅުގަނޑު ދަންނަވާލިހެން މަރާމާތާ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކުރަމުންދާނެ މަސައްކަތްތަކެއް." ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު އެކަން ހިނގި ގޮތް ސާފުވެފައިވޭތޯ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން އެ ސުވާލަށް ވަޒީރު ސީދާ ޖަވާބެއް ދެއްވާފަ އެއް ނުވެ އެވެ. އަދި މިނިސްޓަރު އާދަމް ނަސީރު ވަނީ ދާރުލްއާސާރުގެ ކުރިމަތީގައި އޮތް ސަރަހައްދު އެ ނޫން ގޮތަކަށް ބޭނުން ކުރުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ސަރަހައްދު ބޭނުން ކުރަނީ ކޮން ބައެއްތޯ އަދިވެސް ސާފުވެވަޑައި ނުގަންނަވާތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވަޒީރަށް އެކަމަށް ސާފު ޖަވާބެއް ދެއްވިފަ އެއް ނުވެ އެވެ. 

" އެ މަސައްކަތް ކުރަނީ ސަރުކާރުގެ ވުޒާރާއަކުންނެއް ނޫން. އެއީ ސަރުކާރުގެ މަސައްކަތެއް ނޫން." އާދަމް ނަސީރު ވިދާޅުވި އެވެ.

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި  ސަތަރި އަޅައި ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ވަނީ އަހަރު ދުވަސްވެފަ އެވެ. 

ޤައުމީ ދާރުލްއާސާރުއާދަމް ނަސީރުރައްޔިތުންގެ މަޖިލިސްހެރިޓޭޖް މިނިސްޓްރީ

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

27 ޑިސެމްބަރު 2025
މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި
21 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!
17 ޑިސެމްބަރު 2025

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"
14 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު