Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުރޫފް ޒާކިރު

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025 | އާދީއްތަ 05:02

މައުރޫފް ހައްޔަރުކުރީ ބުރާސްފަތި ދުވަހު 12:24ގައި ނަމަވެސް ކޯޓަށް ހާޒިރުކުރީ ހުކުރު ދުވަހުގެ 2 ޖެހި ފަހުންކަމަށާއި މިއީ މެންބަރުންނަށް ލިބޭ އިމްތިޔާޒްތަކާ ޚިލާފު ކަމެއް ކަމަށް ނިޝާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2025 | އާދީއްތަ 05:02
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ 14.12.2025

ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ 14.12.2025

މަސްވެރިން ގެ އިހުތިޖާޖުން ހައްޔަރު ކުރި މައުރޫފް ޒާކިރު ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް ކަމަށާއި މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާ ގެ ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނިޝާން އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ބުނާ ގޮތުން މީހަކު ހައްޔަރު ކުރާތާ 24 ގަޑި އިރު ތެރޭގައި ބަންދުގެ މުއްދަތު ޖަހަން ޖެހޭކަން ސާފުކޮށް ސުވާލެއް ނުއުފެދޭ މިންވަރަށް ބަޔާންކޮށްފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.

Advertisement - newsAdvertisement

މައުރޫފް ހައްޔަރު ކުރީ ބުރާސްފަތި ދުވަހު 12:24 ގައި ކަމަށާއި އޭނާ ގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ ހުކުރު ދުވަހުގެ 2 ޖެހި ފަހުން ކަމަށް ނިޝާން ވިދާޅުވި އެވެ. އެހެންކަމުން އޭނާ އާއި މެދު އަމަލުކުރީ ގާނޫނީ އިޖުރާއަތު ތަކާއި އެއްގޮތަށް ކަަމަށް ނުބެލެވޭ ކަމަށް ނިޝާން ވިދާޅުވި އެވެ.

ބޮޑު ކަންނެލި ޔޫނިއަން އިން ބޭއްވި އިވެންޓެއްގެ ތެރެއިން މައުރޫފް ހައްޔަރު ކުރި މައްސަލައިގައި އޭނާ ގެ މައްޗަށް ކުރާ ތުހުމަތުތަކާއި މެދު ސުވާލު އުފެދޭ ކަމަށް ނިޝާން ވިދާޅުވި އެވެ. އެގޮތުން މައުރޫފް ގެ ކުށެއް ކުރުމުގެ ނިޔަތް އޮތުމާއި، ކުށެއް ކުރުމަށް ވާގިވެރިވުމާއި، ކުށެއް ކުރުމަށް ހިތްވަރު ދިނުމަށް ރިއާޔަތްކޮށް މައުރޫފް ގެ މައްޗަށް ތުހުމަތު ކުރަމުންދާކަން ނިޝާން ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި މެންބަރު މައުރޫފް އަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކަނޑު ދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމާއި، ކޯސްޓް ގާޑް އުޅަނދަށް ގެއްލުން ދިނުމުގެ ތުހުމަތު ގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ. މައްސަލައިގައި ލިބިފައިވާ ހެކީ ގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ހަމަ އެކަނި ފުލުހުން ދީފައިވާ ބަޔާން ތަކެވެ. އިތުރު ހެއްކެއް ހުށަހަޅާފަ އެއް ނުވެ އެވެ.

ނިޝާން ވިދާޅުވީ މައުރޫފް ގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ. 

"އަޅުގަނޑު ސިފައިންނާއި ފުލުހުންނަށް ބަދު ބަހެއް ބުނަނީ އެއް ނޫން. އެ ބޭފުޅުން ކުރިކަމެއްގެ ސަބަބުން ނެރު ބަންދު ވީ. މައުރޫފް ކުރެއްވި ކަމަކުންނެއް ނޫން." ނިޝާން ވިދާޅުވި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ ސުލްހަވެރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ހައްޔަރުކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އޭނާ ހައްޔަރު ކުރީ މެމްބަރުންނަށް ލިބޭ އިމްތިޔާޒްތަކާއި ވެސް ޚިލާފަށެވެ. މައުރޫފް ދޫކޮށްލީ އޭނާ ހައްޔަރު ކުރިތާ 3 ދުވަސް ފަހުން ހޮނިހިރު ދުވަހުގެ ރޭ 09:17 ގަ އެވެ.

މައުރޫފް ޒާކިރުމުހައްމަދު ނިޝާން އިބްރާހިމްބޮޑު ކަންނެލިމަސްވެރިކަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

13 ޑިސެމްބަރު 2025
ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި

12 ޑިސެމްބަރު 2025
ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް