Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ. ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށާއި، ފާޅުކަން ބޮޑު ގޮތެއްގައި ވަޒީރުން ވެސް ދޮގު ހައްދަވާ ކަމަށް ބުނެފައިވޭ. އަދި ހަމައެކަނި މި އަހަރަށް ބެލުމަށްފަހު ވެސް މި ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނަން ޖެހޭ ކަަމަށް އެމްޑީޕީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 08:29
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި އަހަރު، ފާއިތުވެދިޔަ އިރު ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ. 

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށާއި، ފާޅުކަން ބޮޑު ގޮތެއްގައި ވަޒީރުން ވެސް ދޮގު ހައްދަވާ ކަމަށް ބުނެފައިވެ އެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭން އަދި ރައްޔިތުން މަޖިލީހުގެ ކެންޕޭންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ވެސް ގިނަ ވައުދުތައް ވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. 

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މިފަހުން ރައީސް މުއިއްޒު މާލެ ސިޓީގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ.

މި ބައްދަލު ކުރެއްވުންތަކުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. ހުރިހާ ބައްދަލު ކުރެއްވުމެއްގައި ރައީސް މުއިއްޒު ދެއްވީ ވަރަށް ޖެނަރަލް ޖަވާބެއް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހި ކަމަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަށް ރައްޔިތުން އެދުމުން އެކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެގޮތަށް އެކަން ނުކުރައްވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

މެންބަރު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށާއި، އެއީ ރައްޔިތުން މޮޔަ ހެއްދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. 

ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް ހިއްސާކުރީމަ މިދިޔަ ސަރުކާރުން  ބޯހިޔާވަހިކަމަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުމަށް އެދުމުން އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އަނެއް ދުވަހު އެކަން ކުރަން ކަނޑައަޅާފައި ހުންނަ ބިންތައް ބޮޑު އަގުގައި ބޭރުގެ ކުންފުނިތަކަށް ވިއްކާލާ މަންޒަރު އަޅުގަނޑުމެންނަށް މިފެންނަނީ. ރައީސް މުއިއްޒަކީ ހަގީގަތުގައި ރައްޔިތުންނަށް މަލާމަތް ކުރައްވާ  ރައްޔިތުންނަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅެއް ނޫނޭ. އަބަދުވެސް ރައްޔިތުންނަށް ޖޯކު ޖައްސަވަނީ. ރައީސް މުއިއްޒު ހީ ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ބޭނުންއިރަކު ބޭނުން ގޮތަކަށް މޮޔަ ހައްދައިގެން ގެންގުޅެވޭނެ ބައެއް ކަމަށް.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތައް ވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މިފަހަރު ރައްޔިތުން ވަރަށް ބޮޑަށް ހޭލަން ޖެހޭ ކަމަށާއި، އެ ދޮގު ތަކުގައި ޖެހިގެން ނުވާނެ ކަމަށެވެ. 

ހަމައެކަނި މި އަހަރަށް ބެލުމަށްފަހު ވެސް މި ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނަން ޖެހޭ ކަމަށާއި، މިއީ ބޯހިޔާވަހިކަމުގެ އަހަރަށް ވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ މިހާތަނަށް އެންމެ ގައު ބުރިއެއް ވެސް ނުބޭއްވޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. މި ސަރުކާރުގައި ރައްޔިތަކަށް ލިބުނު ބޯހިޔާވަހިކަމަކާ ގުޅޭގޮތުން ރައްޔިތުން ސުވާލު އުފައްދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުމައުރޫފް ޒާކިރުބޯހިޔާވަހިކަންއިދިކޮޅު ޕާޓީ އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

28 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

28 ޑިސެމްބަރު 2025
ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު