Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްވެރިންގެ ހައްގުތައް

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހިމެނޭހެން 8 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އެމްޑީޕީން އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހަޅައިފިއެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށާއި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ސަރުކާރަށް އެންގުމަށް ހުށަހެޅުމުގައި އެދިފައިވޭ.

ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 12:25
މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރިމިނަލް ކޯޓުގެ ކުރިމަތީގައި މަސްވެރިން ކުރި އިހުތިޖާޖު ގެ ތެރެއިން - 12 ޑިސެމްބަރު 2025

މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރިމިނަލް ކޯޓުގެ ކުރިމަތީގައި މަސްވެރިން ކުރި އިހުތިޖާޖު ގެ ތެރެއިން - 12 ޑިސެމްބަރު 2025

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހިމެނޭހެން 8 މީހަކު ޤާނޫނާ ހިލާފަށް އެ ހަރަކާތުގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިދާރާ ކަމުގައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ހޮނިހިރު ދުވަހު އެވެ.

Advertisement - newsAdvertisement

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް މި ހުށަހެޅުމުގައި އެދިފައިވެ އެވެ.

މި މައްސަލައިގައި ހުށަހެޅުމުގައި ބުނެފައި ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އެންގުމަށް ވެސް އެދިފައިވާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން ހައްގުތައް ހޯދުމަށް ޑިސެމްބަރު 10 ވަނަ ދުވަހު ކުރަންފެށި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިން އަޑުއުފުލަމުންދަނިކޮށް ހައްޔަރު ކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް އެމްޑީޕީ އިން ގޮވާލާފައިވެއެވެ. 

މެންބަރު މަޢުރޫފް ޛާކިރު އާއި އެތައް ބަޔަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އިން ވަނީ ހުކުރު ދުވަހުގެ ރޭ މާލޭ ގައި ހުންނަ އެ ޕާޓީގެ ހަރުގޭގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފަ އެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ސުލްހަވެރިކޮށް އަޑުއުފުލުމަކީ ގާނޫނު އަސާސީ އިން ލިބިދީފައިވާ އަސާސީ ހައްގެކެވެ. 

މި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުމުން، މި މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ. 

މައުރޫފް ޒާކިރުބައިނަލްއަޤުވާމީ ޚިދުމަތްތަކުގެ ޮއފީސްމަސައްކަތްތެރިންގެ ހައްގުބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

13 ޑިސެމްބަރު 2025
މެޖޯރިޓީ ލީޑަރު ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ވެސް ފެއިލް ވެއްޖެ: މެންބަރު އަމީން

މެޖޯރިޓީ ލީޑަރު ފަލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ވެސް ފެއިލް ވެއްޖެ: މެންބަރު އަމީން

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު