Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިލެންޑް އޭވިއޭޝަން

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީއަށް މުހިއްމު ސުވާލުތަކެއް ހުށަހަޅުއްވައިފި. ކުންފުނީގެ ގްރޮސް މާރޖިން 2024 ގެ 44 ޕަސެންޓުން 2025 ގެ ދެވަނަ ކުއާޓަރގައި 24 ޕަސެންޓަށް ދަށްވެ، ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، އެއަރކްރާފްޓްތައް ގްރައުންޑްކުރުމާއި ބޭނުން ނުކުރެވުމުން ބޮޑެތި ގެއްލުންތައް ލިބެމުން ދާކަން ޝާކިރު ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 11:17
އައިލެންޑް އޭވިއޭޝަން އިން އޮޕަރޭޓް ކުރާ މޯލްޑިވިއަން ގެ ބޯޓެއް

އައިލެންޑް އޭވިއޭޝަން އިން އޮޕަރޭޓް ކުރާ މޯލްޑިވިއަން ގެ ބޯޓެއް

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވުމާއެކު އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކަކަށް ޖަވާބު ހޯއްދެވުމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އެޑްރެސްކޮށް މެމްބަރު ޝާކިރު ފޮނުއްވާފައިވާ ސިޓީ ގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް، (އައި.އޭ.އެސް) ގެ ކުއާޓަރީ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އެ ކުންފުނީގެ ގްރޮސް މާރޖިން  ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އެ ގޮތުން،

Advertisement - newsAdvertisement

• 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ: 44%؛

• 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ: 35%؛

• 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ: 32%؛ އަދި

• 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ: 24% ދަށަށް ގޮސްފައިވާ ކަން މެމްބަރު ޝާކިރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޝާކިރު ގެ ސިޓީގައި، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ގްރޮސް މާރޖިން 24% އަށް ދަށަށް ގޮސްފައިވާ ކަމާއި، އެއީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ހުރި 35% އާ އަޅާ ބަލާއިރު ވަރަށް ބޮޑު ފަރަގެއް ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ފަސް ކުއާޓަރގެ ތެރެއިން ގްރޮސް ޕްރޮފިޓް މާރޖިން އެންމެ ދަށްވެފައިވާ ކުއާޓަރަކީ ވެސް މިއީ ކަމަށް ވިދާޅުވެފައިވެ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރަކީ ފަތުރުވެރިންގެ ދަތުރުފަތުރު އެންމެ ގިނަވާ މޫސުމަށް ވާތީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 44% ގެ ގްރޮސް ޕްރޮފިޓް މާރޖިންއެއް ހުރިއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ އަދަދު 32% އަށް ވަނީ ދަށްވެފައި ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.

މެމްބަރު ޝާކިރު ވަނީ ރައްޔިތުނެގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް ގްރޮސް ޕްރޮފިޓް މާރޖިން މިހާ ބޮޑަށް ދަށްވީ ކީއްވެތޯ އާއި އެއަރކްރާފްޓްތައް ބޭނުންކުރެވެމުންދަނީ އެކަށީގެންވާ މިންވަރަށް ތޯ އާއި ލިބޭ އާމްދަނީ އިތުރުނުވެ، ހޭދަވާ ޚަރަދު އިތުރުވަމުންދާކަން ސާފުކޮށް ފެންނަން ހުރުމާއިއެކު، މިކަން ކުންފުންޏަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ކިހިނެއްތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން ޝާކިރު ވަނީ އެރޮނޯޓިކަލް އިންޖިނިއަރަކަށް ވެސް ނިސްބަތްވާ، މިވަޤުތު އައި.އޭ.އެސް ހިންގުމާއި ހަވާލުވެ ހުންނެވި، މެނޭޖިން ޑިރެކްޓަރ، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ހިނގާފައިވާ، އާދަޔާ ޚިލާފު މަތިންދާބޯޓު ގްރައުންޑްކުރުމުގެ މައްސަލަތަކާއި ބެހޭގޮތުން މުހިންމު ކަންތައްތަކެއް ސާފު ކުރައްވަން ވެސް އެދިވަޑައިގެންފަ އެވެ. އެ ގޮތުން:

އެއަރބަސް A320 ފްލައިޓް ޓްރިޕް ލޮގްތަކުން ފާހަގަ ކުރެވުނު ގޮތުގައި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުންފެށިގެން 2025 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މޯލްޑިވިއަންގެ އެއަރބަސް A320 ގްރައުންޑްކޮށްފައިވާ ކަމަށާއި މިއީ އަހަރުގެ ދެބައިކުޅަ އެއްބައި ގެ މުއްދަތެއް ގައި މަތިންދާބޯޓު ގްރައުންޑްކޮށްފައި އޮތުން ކަމަށާއި މަތިންދާބޯޓު އަލުން ޚިދުމަތަށް ނެރެން މިހާ ދިގު މުއްދަތެއް ނެގީ ކީއްވެތޯ ވަނީ އައްސަވާފަ އެވެ. އަދި މިހާ ދިގު މުއްދަތަކަށް މަތިންދާބޯޓު ގްރައުންޑްކުރުމުގެ ސަބަބުން ކިހާވަރެއްގެ އާމްދަނީއެއް ގެއްލިފައިވޭތޯ ސާފު ކުރެއްވުމަށް ވެސް ޝާކިރު ވަނީ ހުށަހަޅުއްވާފަ އެވެ.

އޭގެ އިތުރުން އެއަރބަސް A330 މަތިންދާބޯޓު ލީޒް އިންޖީނެއް ބަދަލުކުރުމަށްޓަކައި އޮގަސްޓު 10 އިން އޮގަސްޓު 11 އަށް ގްރައުންޑްކުރެވުނު ކަމަށާއި އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ސެޕްޓެމްބަރު 10 ން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައި އެ މަތިންދާބޯޓު ގްރައުންޑްކޮށްފައި އޮތް ކަމަށާއި މި މުއްދަތުގައި ކުންފުންޏަށް ކިހާވަރެއްގެ ގެއްލުމެއް ލިބިފައިވޭތޯ ސާފު ކޮށްދެއްވުމަށް ވެސް މެމްބަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޗައިނާގެ އޮޕަރޭޝަންތައް ބިނާވެފައިވަނީ ޗާޓަރު އެގްރިމެންޓްތަކެއްގެ މައްޗަށް ކަމަށާއި އެއަރކްރާފްޓް ގްރައުންޑްކުރުމަށްފަހު ޗައިނާއަށް ދަތުރުކުރުން މުޅިން ހުއްޓިފައިވާތީ، ޗާޓަރު އެގްރިމެންޓްތަކުގެ ނަތީޖާއަކީ ކޮބައިތޯ ވެސް ވަނީ އައްސަވާފަ އެވެ.

އަދި އެއަރކްރާފްޓް އަލުން ނޮވެންބަރު 18 އިން ޑިސެމްބަރު 2 އަށް ސީ-ޗެކްއަށް ނަގަނީ މަތިންދާބޯޓުގައި ސީރިއަސް މައްސަލަތަކެއް ހުރެގެންތޯ އެއްސެވުމުގެ އިތުރުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް މަތިންދާބޯޓު ގްރައުންޑްކުރަން ޖެހެނީ ކީއްވެގެންތޯ ވެސް މެމްބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

އެއަރބަސް A330 މަތިންދާބޯޓެއް އޮޕްޓިމަމް މިންވަރަށް ބޭނުންކުރުމަށްޓަކައި މަހަކު ގާތްގަނޑަކަށް 360 ގަޑިއިރު ދަތުރުކުރަން ޖެހޭ ކަމަށާއި ނަމަވެސް މޯލްޑިވިއަންގެ އެއަރބަސް A330 އިން މަހަކު އެވްރެޖްކޮށް ހާސިލުކޮށްފައިވަނީ 121 ގަޑިއިރުކަން ފާހަގަ ކުރައްވަމުން މިއީ އޮޕްޓިމަމް މިންވަރުގެ އެންމެ 34% ކަމަށް ޝާކިރު ވިދާޅުވެފައިވެ އެވެ. އަދި އޮޕްޓިމަމް މިންވަރުގެ 50% ވެސް ހާސިލުކުރެވިފައެއް ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އޮކްޓޯބަރު މަހު މަތިންދާބޯޓު ބޭނުންކޮށްފައިވަނީ އެންމެ 20 ގަޑިއިރު ކަމަށާއި މިއީ ދުވާލު ހިންގާ އާދައިގެ އާރް.ޓީ.އެލް. ފެރީ ބޯޓެއް ނުވަތަ ސްޕީޑްބޯޓެއް މަހަކު ބޭނުންކުރާ 20 ގަޑިއިރަށްވުރެ ވެސް ދަށް އަދަދެއްކަން ފާހަގަ ކުރައްވަމުން ޗައިނާ ޗާޓަރުގެ އޮޕަރޭޝަންތައް ގާތްގަނޑަކަށް ނެތުމާ އެކު، މި މައްސަލަ ހައްލުކުރުމަށް ކުންފުނިން ރާވާފައިވަނީ ކިހިނެއްތޯ ސާފުކޮށް ދެއްވުމަށް މަޖިލީހުގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ ގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރު ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.

އެއް A330 މަތިންދާބޯޓު ވެސް ބޭނުން ނުކުރެވިފައިވަނިކޮށް، ދެވަނަ A330 މަތިންދާބޯޓެއް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ގެނައުމަށް އިއުލާނުކޮށްފައިވާއިރު، މިހާ ބޮޑު ގެއްލުންތަކެއް ލިބެމުންދާ އޮޕަރޭޝަނެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ކިހިނެއްތޯ ވެސް ޝާކިރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

މިހާތަނަށް ފެނިފައިވާ ކުންފުނީގެ ހިސާބުތަކަށް ބަލާއިރު، ވައިޑް ބޮޑީ އޮޕަރޭޝަން ކާމިޔާބު ނުވާކަން ސާފުކޮށް ފެންނަން އެބަހުރި ކަމަށާއި އަދި މި އޮޕަރޭޝަން ދެމެހެއްޓުމަށް ކުންފުނިން އެއްވެސްކަމެއް ކޮށްފައިނުވުމުގެ އިތުރުން، ކަމެއް ކުރަން ރާވާފައިވާ ރޭވުމެއް ފެންނާކަށް ނެތް ކަމަށާއި މިހެން ކަމުން، ކުންފުނީގެ އަހަރީ ގެއްލުންތައް 500 މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށް ޝާކިރު ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް ކުންފުންޏަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައިވާ ކަމަށާއި، A330 ގްރައުންޑްކުރުމާއި، އަހަރުގެ ފަހުކޮޅުގައި ޗާޓަރު ދަތުރުތައް ގެއްލުމުގެ ސަބަބުން، މި އަދަދު މާ ބޮޑުވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެ، މި އަހަރުގެ ނިޔަލަށް ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުމަކީ ކިހާވަރެއްތޯ ސާފު ކުރުމަށް ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.

A330 މަތިންދާބޯޓަށް މަހަކު 350,000 އެމެރިކާ ޑޮލަރުގެ ލީޒް ހޭދައެއް ކުރަން ޖެހޭ ކަމަށާއި، މީގެ އިތުރުން މުވައްޒަފުންނާއި އޮޕަރޭޝަންތަކުގެ ހޭދަތައް ވެސް ހިމެނޭ އިރު ކުންފުނިން މިހާ ބޮޑު އަދަދެއް ފައިނޭންސް ކުރަނީ ކިހިނެއްތޯ އެއްސެވުމުގެ އިތުރުން މި އޮޕަރޭޝަން ހިފެހެއްޓުމަށް އަދިވެސް ދައުލަތުން ފައިސާ ދަނީ ހޭދަކުރަމުން ތޯ ސާފު ކޮށްދެއްވުމަށް ވެސް ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.

ކުއާޓަރީ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުނިން ވަރަށް ބޮޑު އަދަދެއް ޚަރަދުގެ ގޮތުގައި ހޭދަ ކޮށްފައިވާ ކަމަށާއި މި ހޭދަތައް މިހާ ބޮޑީ ކީއްވެތޯ އާއި އަދި މިހާ ބޮޑެތި ހޭދަތަކުގެ ނަތީޖާއެއް ނުފެންނަނީ ކީއްވެތޯ ވެސް މެމްބަރު ޝާކިރު ވަނީ އައްސަވާފަ އެވެ.

މެމްބަރު ޝާކިރު ވަނީ މި މައްސަލަތައް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހޮނިހިރު ދުވަހު ސިޓީ އަކުން ހުށަހަޅުއްވާފަ އެވެ.

އައިލެންޑް އޭވިއޭޝަން އަހުމަދު ޝާކިރުމާވަށު ދާއިރާރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

ޕީއެންސީ އިން ބޭއްވި ޖަލްސާ އަށް މީހުން ގެންނަން ޗާޓަރު ކުރި ފްލައިޓްތަކުގެ އަދަދު ހާމަ ކުރަން އައިލެންޑް އޭވިއޭޝަނުން ދެކޮޅު ހަދައިފި

20 ޑިސެމްބަރު 2025
"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު