Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިގްތިސާދީ ހާލަތު

ފައިސާ ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާ ނުކުރޭ، އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ލޯނު ތަކަށް އަންނަ އަހަރު 500 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ ކަމަށް. އެ ފައިސާ ދައްކާނެ ގޮތާއި ގުޅޭގޮތުން ސަރުކާރުން މަޖިލީހަށް ފުރިހަމަ މައުލޫމާތު ނުދޭ. އޭނާ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތު އޮޅުވާލާފައިވާ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2025 | ހޯމަ 08:30
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

އަންނަ އަހަރު ލޯނުތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށާއި، ވަރަށް ބޮޑަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް  ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ބޮޑެތި ލޯނު ތަކަށް އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ކަމަށާއި، 500 މިލިއަނަށްވުރެ ގިނަ ޑޮލަރު ލޯނަށް ދައްކަން ޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މިފައިސާ ދެއްކި ދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި، ފައިސާ ދައްކާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވި ނަމަވެސް އެކަން ސަރުކާރުން ހާމަ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ލޯނާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ނުދޭ ކަމަށާއި ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހަށް މައުލޫމާތު ހިއްސާ ކުރަންޖެހޭ ވަގުތުތަކުގައި އެ މައުލޫމާތުތައް ހިއްސާ ނުކުރާ ކަމަށެވެ. 

ޚާއްސަކޮށް ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ސްކޫކުތަކަށް ފައިސާ ދައްކާ އެ ލޯނަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވާ އަހަރު. ޚާއްސަކޮށް 2026 ވަނަ އަހަރުގެ އޭޕްރީލް މަސް އަންނަންވާއިރަށް މިދެންނެވި 500 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ލޯނު ސަރުކާރުން ދައްކަން ޖެހޭ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އެ ލޯނު ސަރުކާރަށް ދެއްކި ދާނެތޯ. ދައްކަން ވިސްނުން ގެންގުޅެނީ ކިހިނެތްތޯ. ފައިސާ ހޯދަނީ ކިހިނެތްތޯ. ފައިސާ އެބަހުރިތޯ. ފައިސާ ނުދެއްކިއްޖެއްޔާ ދިވެހި ރައްޔިތުންނަށް ވެގެންދާނީ ކިހިނެތްތޯ އަޅުގަނޑުމެންނަށް މިދަނީ މިއަދާ ހަމައަށް އައިރު އެއްވެސް އޭގައި ސާފު ޖަވާބެއް ނުލިބި.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތު އޮޅުވާލާފައިވާ ކަމަށާއި، މިވެރިކަމުގައި މާލީ ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑު ކުރަމުންދާ ކަމަށާއި، ރައްޔިތުން ނިކަމެތި ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައުރޫފް ޒާކިރުރައްޔިތުންގެ މަޖިލިސްލޯނުސްކޫކްއިގްތިޞާދީ ހާލަތު

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2025

ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ

29 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި އަހަރު، ބަޖެޓުން އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބިފައިވޭތޯ ރައްޔިތުން ބަލަން ޖެހޭ: އެމްޑީޕީ
27 ޑިސެމްބަރު 2025

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު
27 ޑިސެމްބަރު 2025

މި އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް 133 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އައިލެންޑް އޭވިއޭޝަން ހިންގުމާ ބެހޭ މުހިއްމު ސުވާލުތަކެއް މާވަށު ދާއިރާގެ މެމްބަރު ޝާކިރު ހުށަހަޅުއްވައިފި

25 ޑިސެމްބަރު 2025

ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ބުނެފި

25 ޑިސެމްބަރު 2025
ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ބުނެފި
25 ޑިސެމްބަރު 2025

އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

25 ޑިސެމްބަރު 2025
އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު