Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެންއެފް ގެ "ރިސެޓް" ޖަލްސާ

ޕީއެންއެފް ޖަލްސާ ބަލާފަ ފަލާހު އަދި ޝުޖާއު އަށް ނުނިދޭނެ: މަލީހު

މަލީހް ވިދާޅުވީ ޑިސެމްބަރު 17 ގައި ޕީއެންއެފް އިން ބާއްވާ "ރިސެޓް" ޖަލްސާގައި މެމްބަރު ފަލާހާއި ޝުޖާއުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާ ބަދަލުގައި ގައުމަށް ދިމާވެފައިވާ ހަގީގީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލާނެކަމަށް. މަލީހް ވަނީ ރައީސް މުއިއްޒު ގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ ރައްޔިތުންގެ މައުސޫމް ކަމުން ވައްކަން ކޮށްފި ކަމަށް ތުހުމަތު ކުރައްވާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 04:06
ޕީއެންއެފް އިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވާހަކަ ދައްކަވަނީ

ޕީއެންއެފް އިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވާހަކަ ދައްކަވަނީ

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވަން ހަމަޖެހިފައިވާ "ރިސެޓް" ޖަލްސާ ގައި އިނގުރައިދޫ ދާއިރާ ގެ މެމްބަރު އިބްރާހިމް ފަލާހު އަދި ބާރަށު ދާއިރާ ގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ ވާހަކަ ނުދެއްކިޔަސް ޖަލްސާ ބަލާފަ، އެ ރޭ އެ ދެބޭފުޅުންނަށް ނުނިދޭނެ ކަމަށް ޕީއެންއެފް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސިޔާސީ ހަރަކާތުގެ މައުލޫމާތު ހިއްސާކުރަން ޕީއެންއެފް އިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަލީހު ވަނީ މި ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފަ އެވެ.

Advertisement - newsAdvertisement

މަލީހު ވިދާޅުވީ ޕީއެންއެފް އިން ބާއްވާ "ރިސެޓް" ޖަލްސާ ގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ދެއްކުމު ގެ ބަދަލު ގައި ގައުމަށް މިވަގުތު ދިމާވެފައިވާ ހަގީގީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލާނެ ކަމަށެވެ. މި ޖަލްސާގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ނުދެއްކެވިޔަސް އެ ރޭ އެދެބޭފުޅުން ނިދި ނުކުރައްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

މި ޖަލްސާގަ ކޮންމެހެން ބޮޓޭކޯ (މެމްބަރު ފަލާހު އަށް ނިސްބަތް ކުރައްވާ ޕީއެންއެފް ގެ ޖަލްސާ ތަކުގައި އާއްމުކޮށް ކިޔުއްވާ ނަމެއް) މެނާ، އަނެއް ހެން ބާރަށު މައިކާ (މެމްބަރު ޝުޖާއު އަށް ނިސްބަތް ކުރައްވާ ޕީއެންއެފް ގެ ޖަލްސާ ތަކުގައި އާއްމުކޮށް ކިޔުއްވާ ނަމެއް) އެބޭބޭފުޅުންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. އެހެން ނަމަވެސް މި ބޭބޭފުޅުން ނިދި ނުކުރައްވާނެ އިނގޭތޯ. 
ޕީއެންއެފް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް

މަލީހް ވިދާޅުވީ "ރިސެޓް" ޖަލްސާ އަކީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި ހާއްސަކޮށް ސަރުކާރު ގެ ފަރާތްތަކަށް އޮތް ބޮޑު ސަޕްރައިޒެއް ކަމަށެވެ. އަދި މި ޖަލްސާ ގައި ބައިވެރިނުވެވޭ ސަރުކާރު ގެ ބޭފުޅުން ސިޓިންރޫމް ގައި އިންނަވާ ޗިޕްސް ޕެކެޓަކާ އެކު ޖަލްސާ ބެލުމަކީ ރަނގަޅު ގޮތެއް ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ސަރުކާރު ގެ އިސް ބޭފުޅުން ޖަލްސާ ބަލާއިރު ހަޖަމްކުރުމަށް ވެސް މަލީހު އިލްތިމާސް ކުރެއްވި އެވެ.

ނޫސްވެރިން ގެ ބައްދަލުވުމުގައި މަލީހު އިތުރަށް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތައް ރައީސް މުއިއްޒުގެ ދެކަނބަލުން ބައްލަވާ ކަމަށާއި ޖަލްސާ ގައި ރަނގަޅު ކުރަން ބުނާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ ދިވެހި ރާއްޖޭގެ ރައްޔިތުން ގެ މައުސޫމް ކަމުން ވައްކަން ކޮށްފި ކަމަށް މަލީހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގެ ސަރުކާރުން ދިވެހި ރައްޔިތުން ހުރިހާ ގޮތަކުން ވެސް ބިކަހާލުގައި ޖައްސައިފިކަމަށް ވިދާޅުވެ މަލީހް ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މީގެ ކުރިން ރަނގަޅަށް ހިނގަހިނގާ ހުރި ކިތަންމެ ވިޔަފާރި އެއް މިހާރު އިނދަޖެހިފަ އިވާކަމަށާއި މަސްވެރިން ތިބީ މަހަށް ނިކުމެވޭނެ ގޮތެއް ނެތިފަކަމަށް މަލީހު ފާހަގަކުރެއްވި އެވެ.

ޕީއެންއެފް އިން މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތު ތަކާއި ނިންމުން ތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންކަން މަލީހު ފާހަގަކުރެއްވި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓްމުޙައްމަދު މަލީހް ޖަމާލްއިބްރާހިމް ފަލާހްއިބްރާހިމް ޝުޖާއުރިސެޓް ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
އެއްވެ އުޅުމުގެ ގާނޫނު އުވާލުމުން ހުކުރު ވަގުތު ޚުތުބާ ކިޔަނިކޮށް އެމްޑީޕީ މެމްބަރުން އެއްވެދާނެ ކަމުގެ ކަންބޮޑުވުން ޕީއެންސީ ގެ ޕީޖީ ލީޑަރު ފާޅު ކުރައްވައިފި

އެއްވެ އުޅުމުގެ ގާނޫނު އުވާލުމުން ހުކުރު ވަގުތު ޚުތުބާ ކިޔަނިކޮށް އެމްޑީޕީ މެމްބަރުން އެއްވެދާނެ ކަމުގެ ކަންބޮޑުވުން ޕީއެންސީ ގެ ޕީޖީ ލީޑަރު ފާޅު ކުރައްވައިފި

19 ނޮވެމްބަރު 2025
ކުރީ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ މެންބަރު ފަލާހު ދޮގު ހަދައިފި

ކުރީ ސަރުކާރުގައި ބިންގާ އެޅުން ނޫން ކަމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ މެންބަރު ފަލާހު ދޮގު ހަދައިފި

17 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު