Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަލޮޅު ރައްޔިތުންގެ ބައްދަލުވުން

"ފަލާހު އަށް ދަންނަވާލަން މާލޭ މީހުންގެ ގޯތި ގެދޮރާ ނުބެހެން"

17 ޑިސެމްބަރު 2025 | ބުދަ 03:19

ގަލޮޅު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވި ބައްދަލުވުމެއްގައި ގަލޮޅުގެ ރައްޔިތަކު މާލެ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހަށް ވަނީ ގޮވާލާފައި. މާލޭ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ފަލާހު އަށް ގޮވާލައިފައި މިވަނީ 28 އޮކްޓޯބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޯއްޗާއި ފްލެޓާއި ބެހޭ ގޮތުން ފަލާހު ދައްކަވާފައިވާ ވަހާކަ ތަކަކާއި ގުޅިގެން ކަމަށް ބެލެވޭ.

އަލީ ޝާހީން
އަލީ ޝާހީން | 17 ޑިސެމްބަރު 2025 | ބުދަ 03:19
ގަލޮޅު ރައްޔިތުންނާ ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު އޭނާގެ ޝުޢޫރު ފާޅު ކުރަނީ، މެންބަރު ފަލާހު އަށް ގޮވާލެއްވީ މާލެ ރައްޔިތުންގެ ގޯތި ގެދޮރާ ނުބެހުމަށް

ގަލޮޅު ރައްޔިތުންނާ ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު އޭނާގެ ޝުޢޫރު ފާޅު ކުރަނީ، މެންބަރު ފަލާހު އަށް ގޮވާލެއްވީ މާލެ ރައްޔިތުންގެ ގޯތި ގެދޮރާ ނުބެހުމަށް

 މާލެ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަށް ގޮވާލައިފި އެވެ.  

ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ޒ ގަލޮޅުގެ ރައްޔިތެއް ވާހަކަ ދައްކަމުން ބުނީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ގެ ތެރެއިން ހާއްސަކޮށް އިބްރާހިމް ފަލާހް މާލެ ރައްޔިތުންގެ ގޯތި ގެދޮރާއި ނުބެހުމަށެވެ. 

Advertisement - newsAdvertisement
ދެން އަޅުގަނޑު ބޭނުން ރައްޔިތުން މަޖިލީހެ ކިޔާތީވެ އެތަނުގެ ޝަކުވާއެއް ވެސް އަޅުގަނޑު ހުށަހަޅާލަން، ރައްޔިތުން މަޖިލީހުގެ އެތިބަ ނުބައި ނުލަފާ މީހުންތައް ކައިރީ އަޅުގަނޑު ބުނަން ބޭނުމީ މާލެ މީހުންގެ ގޯތި ގެދޮރާ ނުބެހޭށެ، ހާއްސަކޮށް ފަލާހު، ރ އަތޮޅު މެންބަރު ފަލާހު.
ގަލޮޅުގެ ރައްޔިތެއް

މާލޭ މީހުންގެ ގޯތި ގެދޮރާއި ނުބެހުމަށް ފަލާހު އަށް ގޮވާލައްވާފައި މިވަނީ 28 އޮކްޓޯބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ގޯއްޗާއި ފްލެޓާއި ބެހޭ ގޮތުން ފަލާހު ދައްކަވާފައިވާ ވަހާކަ ތަކަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.

އެގޮތުން އެ ޖަލްސާގައި ފަލާހު ވިދާޅުވީ "މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކަ އެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ކަމަށެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ނިންމުމަކީ ބޭ އިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށާއި، އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް ފަލާހު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން." ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ މިވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ މާލޭ ރައްޔިތުންގެ ނުރުހުން ފަލާހު އަށް އަމާޒުވި އެވެ.

މީގެ އިތުރުން ވެސް މަޖިލީހުގައި ފަލާހު ގޯތި ގެދޮރާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ސޯޝަލް މީޑިއާ ގައި ވެސް ހާމަ ކޮށްފައި ވެ އެވެ.  މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅި އިރު، ފަލާހު ގެ މާލީ ބަޔާނު ގައި ފެންނަން ނެތް އެހެން ނަމަވެސް އިތުރު 4 ގޯއްޗެއް ގަނެފައިވާ ކަމަށް ފަލާހު އަމިއްލަފުޅަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމު ކުރެއްވުމުން އެކަމާއި ގުޅިގެން ނޫސްތަކަށް އަރާފައިވާ ސުރުހީއަކާ ގުޅިގެން، އެކަމާ ނުރުހުން ފާޅުކޮށް ފަލާހު ވަނީ ވާހަކަ ދައްކަވާފަ އެވެ. ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން ގެދޮރު ކުއްޔަށްދީގެން އަހަރެއްގެ މައްޗަށް 3 މިިލިއަނަށްވުރެ ގިނަ ރުފިޔާ އޭނާ ލިބިވަޑައިގަންނަވަ އެވެ.

އިބްރާހިމް ފަލާހްއިނގުރައިދޫ ދާއިރާރައީސް މުއިއްޒުގަލޮޅުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން
14 ޑިސެމްބަރު 2025

ޕީއެންއެފް ޖަލްސާ ބަލާފަ ފަލާހު އަދި ޝުޖާއު އަށް ނުނިދޭނެ: މަލީހު

14 ޑިސެމްބަރު 2025
ޕީއެންއެފް ޖަލްސާ ބަލާފަ ފަލާހު އަދި ޝުޖާއު އަށް ނުނިދޭނެ: މަލީހު
13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް