Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

މެންބަރު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކަންކަން ކޮށްދެއްވާ ޒާތުގެ ރައީސެއް ނޫން ކަމަށާއި ވައުދުތައް ފުއްދަވާނެ ކަމަށް ރައްޔިތުން އުންމީދު ކޮށްގެން ނުވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެސިޓީގައި ރައްޔިތުންނާއެކު ބައްދަލުވުންތަކެއް ބޭއްވެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި މަގުމަތީގައި ހިނގާލާ އުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މައުރޫފް ވަނީ މިފަހުން ރައީސް މުއިއްޒު މާލެސިޓީ ގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ސިލްސިލާ ބައްދަލު ކުރެއްވުންތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.

މެންބަރު މައުރޫފް ވިދާޅުވީ އެއީ ފްރަސްޓްރޭޝަން ފިލުވާ ފޯރަމް ތަކެއް ކަމަށާއި، އެ ގޮތަށް އެ ފޯރަމްތައް ބޭއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭންއާ ގުޅިގެން ކަމަށެވެ. އަދި އެ ބައްދަލުވުންތައް ނުބާއްވާ މާލޭގެ މަގުމަތީގައި ރައީސް މުއިއްޒަށް މިނިވަންކަމާ ފަހިކަމާއެކު ހިނގާލުމުގެ ފުރުސަތު ރައްޔިތުން ނުދޭނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ފްރަސްޓްރޭޝަން ފިލުވާ ފޯރަމްތަކެއްގެ ގޮތުގައި ބޭއްވީ. އަޅުގަނޑު މިދެންނެވީ 100% އާމިރު އެއީ މި ފޯރަމްތައް ނުބޭއްވި ނަމަ މާލޭގެ މަގުމަތީގައި ރައީސް މުއިއްޒަށް އުޅޭކަށް ނުކުރޭނެ. ރައްޔިތުން ނުކުމެ އަރައިގަންނާނެ. އެހެންނަމަވެސް ފޯރަމްތަކެއް ބޭއްވީމަ ރައްޔިތުންނަށް ހީވި މިކަންތައް ކޮށްދެނީއޭ. ވަގުތުން ކަންކަން ނިންމަނީއޭ. ބޯޑުތަކާ މަޝްވަރާ ކޮށް ނުލާ ނިންމާލާ. އެމްއޭސީއެލްގެ ކްލިއަރެންސްގެ ކަންތަކުގައި 80 ގަޑިއިރަށް ކަނޑައަޅާފައި އޮންނަ ކަމެއް. ބޯޑާ މަޝްވަރާ ކޮށްނުލާ 124 ގަޑިއިރަށް ބަދަލުކޮށްލީ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް  ހުށެހެޅި ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން މީހަކު ދެއްކި ވާހަކައެއްގައި ތިޖިނާއީ މައްސަލަ މިހާރު އަޅުގަނޑަށް މައުލޫމާތު ލިބިއްޖޭ ވިދާޅުވެފައި އެއަށް ވެސް ހައްލެއް އެތަނުގައި ދެއްވައިފި. 
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މިއީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކަންކަން ކޮށްދެއްވާ ޒާތުގެ ރައީސް އެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު މައުރޫފް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި، މަޖިލިސް އިންތިޚާބަށް ވެސް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅިގެން އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ކަަމަށް ރައްޔިތުން އުންމީދު ކޮށްގެން ނުވާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުމައުރޫފް ޒާކިރުލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

23 ޑިސެމްބަރު 2025
ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައި

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައި

23 ޑިސެމްބަރު 2025
"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

23 ޑިސެމްބަރު 2025
ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު