Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފިޗް ރޭޓިންގ

ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ބުނެފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" ގައި ކަނޑައަޅައި ޖަންކް ދަރަޖައިގައި ހިމަނައިފި. 2026 އޭޕްރީލް ގައި 525 މިލިއަން ޑޮލަރުގެ ސުކޫކް ގެ މުއްދަތު ހަމަވާއިރު ރިޒާވް ގައި އެކަށީގެންވާ ފައިސާއެއް ނެތް. ފަތުރުވެރިކަމުން ގިނަ ޑޮލަރު ލިބޭ ނަމަވެސް 60 ޕަސެންޓު ބޭރަށް ދިއުމުން ޑޮލަރުގެ ދަތިކަން ދަނީ ބޮޑުވަމުން.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 18:31
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިމާރާތް

ރާއްޖެ ދަރަނިވެރިވުމުގެ ފުުރުސަތު ބޮޑު ކަމަށް ރޭޓިން އޭޖެންސީ ފިޗުން ބުނެ ޖަންކް ދަރަޖައިގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިޕޯޓު ގައި ކަނޑައަޅައިފި އެވެ.

ޑިސެމްބަރު މަހުގެ 22 ވަަނަ ދުވަހު އެ އޭޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ 'ސީސީ' ކަމަށް ކަނޑައަޅާފައިވާ އިރު، ބުނެފައިވަނީ ރޭޓިންގ އިން ދައްކާ ގޮތުގައި، ބޭރުގެ ފަރާތްތަކުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ދައުލަތުގެ މާލީ ނާޒުކުކަން ބޮޑުވުމުގެ ސަބަބުން، މި ރޭޓިންގ ގެ މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ޑިފޯލްޓް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފިޗުން ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ ބޭރު ފައިސާގެ ރިޒާވް 887 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވީ ނަމަވެސް، ރިޒާވްގެ ކަވަރޭޖް ދަށް މިންވަރެއްގައި ހުރުމުގެ ސަބަބުން، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ފިޗުން ކަނޑައެޅި "ސީސީ" ރޭޓިންގެ މާނަ އަކީ ވަރަށް ބޮޑު ކްރެޑިޓް ރިސްކް އޮތުމެވެ. މި ރޭޓިންގ އިން އަންގައިދެނީ ދަރަނި ނުދެއްކިދާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑުކަމެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި "ސީސީ" ރޭޓިން އިން އަންގައިދެނީ ދަރަނި އަދާ ކުރުމަށް  މާލީ ޒިންމާތައް އަދާކުރުމުގައި މާލީ ގޮތުން ވަރަށް ބޮޑު ބަލިކަށިކަމެއް ހުރިކަމާއި، މާލީ ފުދުންތެރިކަން ކުޑަ ކަމެވެ.

މިއީ އިންވެސްޓްމަންޓް ގްރޭޑަށް ނުފެތޭ ރޭޓިންގއެކެވެ. "ޖަންކް" (ނުވަތަ ބޭކާރު) ރޭޓިންގ ގެ ގޮތުގައި މި ރޭޓިން ބެލެއެވެ. މިއީ 'ސީ' (ދަރަނި ނުދެއްކުމާ ކައިރި) އަދި "ޑީ" (ދަރަނި ނުދެއްކުން) ރޭޓިންގތަކަށް ވުރެ ކުޑަތަންކޮޅެއް މަތީގައިވާ ރޭޓިންގއެކެވެ.

ފިޗުން ފާހަގަ ކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ރަނގަޅުވެ އަދި އިތުރުވަމުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދެ އެވެ. އެހެން ނަމަވެސް ލިބޭ ބޮޑު އާމްދަނީ އާ އެކުވެސް ބޭރު ފައިސާގެ ދަތިކަން ދެމިއޮތް ކަމަށެވެ. އެ ގޮތުން އަހަރަކު 4.2 ބިލިއަން ޑޮލަރުގެ އާމްދަނީ ފަތުރުވެރިކަމުން ރާއްޖެ އަށް ލިބޭ ކަމަށާއި އެ އާމްދަނީގެ 60 އިން ސައްތަ ރާއްޖެ އިން ބޭރުވެގެން ދާ ކަމަށެވެ. 

އޭގެ ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ޔޫއެސް ޑޮލަރު ދައުރުކުރާ މިންވަރު މަދުވެ، ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ލިބެން ހުންނަ މިންވަރު ލިބޭ އެއްޗަކާ އަޅާ ބަލާއިރު ދަށްކަން ފިޗުން ފާހަގަވެ އެވެ.

ފަތުރުވެރިކަން ވަރުގަދަ ނަމަވެސް، އަދި ގިނަ އަދަދެއްގެ ޑޮލަރު ލިބޭ ސިނާއަތެއްގެ ގޮތުގައި އޮތް ނަމަވެސް ނިޒާމު އޮތް ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ޔޫއެސް ޑޮލަރު އެކަށީގެންވާ ގޮތަކަށް ޖަމާވުމަށް ހުރަސްއަޅާކަން ފިޗުން ވަނީ ފާހަގަ ކޮށްފަ އެވެ.

އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ދިވެހިރާއްޖޭގައި ރަސްމީ ބޭރު ފައިސާގެ ރިޒާވް ހުރީ ގާތްގަނޑަށް 900 މިލިއަން ޑޮލަރުގެ މިންވަރަކަށެވެ. އެހެން ނަމަވެސް ފިޗުން ބުނީ އެމްއެމްއޭ ގެ ބޭނުން ކުރެވޭ ރިޒާވް ގައި ހުރި ކަމަށް ބެލެނީ ގާތްގަނޑަކަށް 205 މިލިއަން އެމެރިކާ ޑޮލަރެވެ. ފައިސާގެ ގޮތުގައި ބޭނުން ކުރެވޭ ރިޒާވް ގައި ހުރީ ގާތްގަނޑަކަށް 3 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރުކަން ވަނީ ފާހަގަ ކޮށްފަ އެވެ. މިއީ އައިއެމްއެފް ގެ މިންގަނޑުން ބަލާއިރު އެކަށީގެންވާ އަދަދެއްގެ ރިޒާވް އެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އަނެއްކޮޅުން ޖުމްލަ ދައުލަތުގެ ދަރަނި 8.5 އާއި 9.0 ދެމެދުގެ ބިލިއަން ޑޮލަރަށް އަރާ އިރު، ބޭރުގެ ދައުލަތުގެ ބޭރުގެ ދަރަނި 3.5 އާއި 4.0 ދެމެދުގެ ބިލިއަން ޑޮލަރަށް އަރައެވެ. ގައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުން ދަރަނި 120 އާއި 130 އިންސައްތަ އަށް ވަނީ މައްޗަށް ގޮސްފަ އެވެ. 

ދަރަނީގެ ނިސްބަތް މައްޗަށް ގޮސްފައި ވުމާއެކު ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގައި ދަރަނި އަލުން ރީސްޓްރަކްޗަރ ކުރުމުގެ ފުރުސަތު ރާއްޖެ އަށް ހަނި ކަމަށް ފިޗުން ބުނެ އެވެ. ދަރަނިތައް ދައްކަން ޖެހޭ ސުންގަނޑި ގާތްގަނޑަށް އެއް ދުވަސްވަރަކަށް ދިމާވެފައި އޮތުމަކީ ދަރަނި ދެއްކުން އަލުން އިންތިޒާމު ކުރުމަށް ދިމާވާ ގޮންޖެހުމެއް ކަން ފިޗުން ފާހަގަ ކުރެ އެވެ.

ދައުލަތުގެ ދަރަނީގެ ތެރޭގައި ހިމެނޭ ސުކޫކުގެ މުއްދަތު 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެ ކަން ފާހަގަ ކުރަމުން ފިޗުން ބުނެފައި ވަނީ ސްކޫކަށް ދައްކަން ޖެހޭ އަސްލު އަދަދަކީ 500 މިލިއަން ޑޮލަރު ކަމަށް ވިޔަސް  ކޫޕަން ރޭޓަކީ އަހަރަކު  9.875 އިންސައްތަ ކަމަށް ވުމާއެކު ޖުމްލަ ދައްކަން ޖެހޭ އަދަދު 525 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސުކޫކް ގެ މުއްދަތު ހަމަވާއިރު މިހާރު ދައުލަތުގެ ރިޒާވް ގައި ހުރި އަދަދަކީ މި ދަރަނި ދެއްކުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ފިޗުން ބުނެފައިވެއެވެ. އެހެން ކަމުން ދަރަނި ރީސްޓްރަކްޗަރ ކުރާ ނަމަވެސް އެކަން އަވަހަށް ކުރުމަކީ މުހިންމު ކަމެއްކަމަށް ފިޗުން ބުނެފައިވެ އެވެ.

ފިޗުން ބުނެފައިވަނީ ރާއްޖޭގެ މާލީ ހާލަތައް ބަލާއިރު ރާއްޖެ އަކީ ނިސްބަތުން ގިނަ އަދަދެއްގެ ޑޮލަރު ވަންނަ ގައުމެއް ކަމަށާއި އެހެން ކަމުން ހަގީގީ މައްސަލައަކީ ޑޮލަރު ނުލިބުމެއް ނޫން ކަމަށާއި އެއާ ޚިލާފަށް ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމާއި މާލީ ކަންކަން މެނޭޖު ކުރުމުގެ މައްސަލަ ކަމަށް ވަނީ ބުނެފަ އެވެ. 

ގިނަ އަދަދެއްގެ ޑޮލަރު ދަރަނި އަދާކުރުމަށް ސަރުކާރަށް ބޭނުންވާއިރު އަދި އެފަދަ ރިޒާވް އެއް ސަރުކާރަށް އުފެއްދިފައި ނުވާއިރު ކުރިއަށް އޮތް އަރަހަކީ ޑޮލަރުގެ ތާށިކަން ބޮޑުވެދާނެ އަހަރެއް ކަމަށް ވުމީ އެކަށީގެންވާ ކަމެއް ކަން ވެސް ފިޗުން ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެތެރެކުރާ މުދަލުގެ އަގު ބޮޑުވުމާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ތާށިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަނީ ބުނެފަ އެވެ.

ފިޗްކްރެޑިޓް ރޭޓިންގސަރުކާރުގެ ދަރަނިސްކޫކްބޭރު ފައިސާގެ ރިޒާވްރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިގްތިސާދީ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

25 ޑިސެމްބަރު 2025
ފިޗު ކްރެޑިޓް ރޭޓިންގ، "ޑަބަލް ސީ' އާއި 'ޓްރިޕަލް ސީ' ގެ ތަފާތު މެމްބަރު އަލީ މޫސާ އަށް ވަރަށް ބޮޑަށް އޮޅިއްޖެ!

ފިޗު ކްރެޑިޓް ރޭޓިންގ، "ޑަބަލް ސީ' އާއި 'ޓްރިޕަލް ސީ' ގެ ތަފާތު މެމްބަރު އަލީ މޫސާ އަށް ވަރަށް ބޮޑަށް އޮޅިއްޖެ!

16 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު