Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް ވިދާޅުވީ ޕުޓިން އާއި ޒެެލެންސްކީ ވެސް ހުންނެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށް

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިންމުމުގެ ފަހު މަރުޙަލާގައި ދެ ލީޑަރުންނާ ވެސް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެ ލީޑަރުން ވެސް އެކަމުގައި ސީރިއަސް ކަމެއް ގެންގުޅުއްވާ ކަމަށް. އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 07:19
އެމެރިކާގެ ރައީސް ޓްރަމްޕް، އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ފްލޮރިޑާގައި ބައްދަލު ކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް، އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ފްލޮރިޑާގައި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވެސް ހުންނެވީ ހަނގުރާމައިގެ ސުލްޙަ އަށް ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ފްލޮރިޑާގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ޓްރަމްޕް ވިދާޅުވީ ދެ ލީޑަރުން ވެސް ތިއްބެވީ ސުލްޙަ އަށް ތައްޔާރަށް ކަމަށާއި، އެކަމުގައި ދެ ބޭފުޅުން ވެސް ވަރަށް ސީރިއަސް ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ނިންމުމުގެ ފަހު މަރުޙަލާގައި ދެ ލީޑަރުންނާ ވެސް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެ ލީޑަރުން ވެސް އެކަމުގައި ސީރިއަސް ކަމެއް ގެންގުޅުއްވާ ކަމަށެވެ. އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާ އެކު އެވެ. 

އެ މަސައްކަތަށް ވަކި ވަގުތެއް ކަނޑައަޅާފައި ނެތް ނަމަވެސް، ޓްރަމްޕް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން ޑިޕްލޮމެޓިކް ސްޕްރިންޓެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ގިނަ ކަންތައްތަކަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ދެ ފަރާތުގެ ވާހަކަ ވެސް އަޑު އެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ޒެލެންސްކީ ވަނީ ޓްރަމްޕްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެފަހަރެކޭ އެއް ގޮތަށް، މި ފަހަރުގެ ބައްދަލުވުމުގައި ވެސް ޓްރަމްޕް ވަނީ ފޯނުން ޕުޓިން އަށް ގުޅުއްވައިގެން، ޒެލެންސްކީގެ ޙާޒިރުގައި ވާހަކަ ދައްކަވައިފަ އެވެ. އެއާ އެކު ޓްރަމްޕް ވަނީ ހަނގުރާމަ ނިންމުމުގައި ރަޝިޔާއާ އެކު އައު އުންމީދު ތަކެއް އޮތް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. 

ޓްރަމްޕްއާ ބައްދަލު ކުރައްވަން ޒެލެންސްކީ ފްލޮރިޑާ އަށް ދަތުރު ކުރައްވަމުން ދަނިކޮށް ވެސް، ރަޝިޔާ އިން ވަނީ ޔުކްރެއިން އަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެއާ އެކު، ހަނގުރާމަ ނިންމުމާއި، ސުލްޙަ ހޯދުމުގެ އިޚުލާސްތެރި ނިޔަތް ޕުޓިންގެ ކިބައިގައި ހުރި ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން ހުންނެވީ ވަރަށް ސީރިއަސްކޮށް ކަމަށެވެ. 

މަޝްވަރާ ތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދެއްކެވުމުގެ ކުރިން، ޓްރަމްޕްގެ އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޕުޓިން ވާހަކަ ދެއްކެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. އެއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، ހަނގުރާމަ ނިންމުމަށް އެކުލަވާލާ އެއްބަސްވުމުން ޔުކްރެއިން އަށް ބޮޑެތި ފައިދާ ތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ސެކިއުރިޓީ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށާއި، އެއީ ވަރަށް ވަރުގަދަ އެއްބަސްވުމަކަށް ވާނެ ކަމަށެވެ. އެ މަސައްކަތުގައި ޔޫރަޕުގެ ޤައުމު ތަކުން ވެސް ވަރަށް ބޮޑަށް ބައިވެރިވާނެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެ ޤައުމުތަކުގެ ބައިވެރިވުން ބޮޑު ވާނެ ކަމަށެވެ. 

ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެމެރިކާ އިން އަންނަނީ އެކަމުގައި އިސް ދައުރެއް އަދާ ކުރަމުންނެވެ. އަދި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަނގުރާމަ ނިންމަން ޖެހޭ ކަމަށް ވެސް ޓްރަމްޕް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިންސުލްޙައިގެ އެއްބަސްވުންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

28 ޑިސެމްބަރު 2025
އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު