Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

ޔުކްރެއިންގައި އެންމެ ފަހުންް އިންތިޚާބު ބާއްވާފައި ވަނީ 2019 ވަަނަ އަހަރު. އެ ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ ޒެލެންސްކީ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ރަޝިޔާ އިން ވަނީ ޔުކްރެރިންއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ. ހަނގުރާާމައިގެ ސަބަބުން ޔުކްރެއިން އިން ވަނީ އެ ޤައުމުގެ އިންތިޚާބުތައް ފަސްކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2025 | ބުދަ 10:18
ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާ އާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވުމާ އެކު، ޔުކްރެއިންގެ އިންތިޚާބު ބާއްވާނެ ކަމަށް އެ ޤައުމުގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ވަގުތެއްގަ އެވެ. 

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމަކީ އިންތިޚާބު ބޭއްވުމުގެ ކުރިން ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކަމަށެވެ. ޔުކްރެއިންގެ ޑިމޮކްރަސީގެ އުސޫލު ތަކަށް ވަފާތެރި ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ނަމަވެސް ހަނގުރާމައިގެ ޙާލަތުގައި ޤައުމު އޮއްވާ އިންތިޚާބު ނުބޭއްވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. 

ޔުކްރެއިންގައި އެންމެ ފަހުންް އިންތިޚާބު ބާއްވާފައި ވަނީ 2019 ވަަނަ އަހަރު އެވެ. އެ ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ ޒެލެންސްކީ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ރަޝިޔާ އިން ވަނީ ޔުކްރެރިންއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ. ހަނގުރާާމައިގެ ސަބަބުން ޔުކްރެއިން އިން ވަނީ އެ ޤައުމުގެ އިންތިޚާބުތައް ފަސްކޮށްފަ އެވެ. 

ޒެލެންސްކީ މިހެން ވިދާޅުވެފައިވާއިރު، ހަތަރު އަހަރުވާން ކައިރިވެފައިވާ މި ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ ރަޝިޔާ އާއި ޔުކްރެއިން ސަރުކާރުގެ އޮފިޝަލުންނާ ވެސް ވަކި ވަކިން ބައްދަލު ކޮށްފަ އެވެ. 

ޔުކްރެއިންގެ ޤާނޫނު އަސާސީގައި ބުނެފައި ވަނީ ހަނގުރާމައެއް ނުވަތަ ހަމަ ނުޖެހުމެއް ހިނގަމުން އަންނަ ދަނޑިވަޅެއްގައި އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ޔުކްރެއިންގައި އިންތިޚާބެއް ބޭއްވުމުގެ ކުރިން ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރަން ޖެހޭނެ ކަމަށް މާހިރުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަން ވާނީ އެއްވެސް ޝަރުތެއް ނެތި ކަމަށް ޒެލެންސްކީ ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، ރަޝިޔާ އިން ވަނީ ޔުކްރެއިން އިން އެ ޤައުމުގެ ބިމުން ބައި ތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ޝަރުތު ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔޫކްރެއިންވޮލޮޑިމިރް ޒެލެންސްކީސުލްޙައިގެ އެއްބަސްވުންއިންތިޚާބުތައްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
22 ޑިސެމްބަރު 2025

ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާ ގެ އިސް ޖެނެރަލަކު މަރާލައިފި، ޔޫކްރެއިން އާ ގުޅުމެއް އޮތްތޯ ތަހުގީގު ކުރަނީ

22 ޑިސެމްބަރު 2025
ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާ ގެ އިސް ޖެނެރަލަކު މަރާލައިފި، ޔޫކްރެއިން އާ ގުޅުމެއް އޮތްތޯ ތަހުގީގު ކުރަނީ
22 ޑިސެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު